ނިލަންދޫ ކައުންސިލްގެ އިދާރާ: ނިލަންދޫން ގެއްލުނު ކުއްޖާ ހޯދަން ރަށު ކައުންސިލާއި ފުލުހުންނާއި ރައްޔިތުން ނުކުމެ މިހާރު އަންނަނީ މަސައްކަތް ކުރަމުން.
15 ސެޕްޓެމްބަރ 2025 - 00:32
ކުއްޖާ ފެނުނީ ކޮންތާކުން ކަމެއް އަދި އެ ކަމާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން ނުދޭ.
ގެއްލުނު ކުއްޖޭ ރޭ ދަންވަރު ފެނިފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށް ފުލުހުން ދެންމެ ބުނެފި. ފުލުހުން ބުނިގޮތުގައި އެ ކުއްޖާ ފެނުނީ ރޭގެ ދަންވަރު 2:40 ހާއިރު.
ފ. ނިލަންދޫގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ރޭ ހޯދަން ފަށައިފި އެވެ.
ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ ކުއްޖާ ގެއްލިފައިވާ މައްސަލައިގެ ރިޕޯޓު ލިބުނީ ރޭގެ 10:15 ހާއިރު ކަމަށެވެ.
އާއިލާއާ ހަވާލާދީ، ފުލުހުން ބުނިގޮތުގައި އިއްޔެ ހަވީރު ގެއިން ނުކުމެގެން ދިޔަ ގޮތަށް އެ ކުއްޖާގެ ޚަބަރެއް ނުވެ އެވެ.
"އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ދަނީ ކުރަމުން،" ފުލުހުންގެ މެސެޖުގައި ވެ އެވެ.
ނިލަންދޫން ވާހަކަ ދެއްކި މީހަކު ބުނީ، އެ ރަށުގައި ހުންނަ ފ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުން އަންނަ އެ ކުއްޖާ ގެއްލުމާ ގުޅިގެން، ނިލަންދޫން އިއްޔެ ހަވީރާއި ރޭގައި ފުރާފައިވާ އުޅަނދުތަކުގެ މައުލޫމާތު ވެސް ފުލުހުންނާއި ކައުންސިލް ގުޅިގެން ހޯދަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުކުޅުމުދި
15 September 2025
ޓެގްއަޅުވަންވީ.
ހާލުކުރަނޑި
15 September 2025
ޓެގްއަޅުވަންވީ ކޮންތާކު
ދޮހޮއްތުބެ
15 September 2025
ތިޔަ ކުއްޖާ ވަންވަލެއް ހޯދަން ޖެހޭ .. ފެނުނިއްޔޭ ކިޔާފާ ދޯކޮއްލެވިގެން ނުވާނެ
ދޫކޮއްނުލާނެ
15 September 2025
ދޮހޮއްތުބޭ މިކަން ދޫކޮށެއްނުލާނެއޭ. ދެން މިކަން ހަވާލުކުރާނީ ބިންމާއާ އޭރުން ހަގީގަތަކައް ބިނާކޮއް ވާހަކައެއް ލިޔެލާނެ.