ގުރައިދޫ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އާ އިމާރާތް އެޅުމުގެ އެގްރިމެންޓުގައި، ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަދި ވެމްކޯގެ ޖެނެރަލް މެނޭޖަރު އިސްމާއިލް އުބެއިދު ސޮއިކުރައްވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
21 ސެޕްޓެމްބަރ 2025 - 15:52
ފަސް ރަށެއްގައި ސިއްހީ މަރުކަޒާއި ހެލްތު ސެންޓަރުގެ އާ އިމާރާތް އެޅުމަށް ވެމްކޯ އަދި އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ތ. ގުރައިދޫ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތާއި އެ އަތޮޅު މަޑިފުށި ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތް އަދި ގާދިއްފުށީ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރަން ބޭނުންވާ އިމާރާތް އަޅަން ހަވާލުކުރީ، ކުނި މެނޭޖުކުރުމަށް ހާއްސަ ކުންފުނި، ވެމްކޯއަށެވެ.
އެ އެއްބަސްވުންތަކުގައި ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އަދި ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑު މާކެޓިންގެ ޖެނެރަލް މެނޭޖަރު، އިސްމާއިލް އުބެއިދު ވަނީ ސޮއިކުރައްވައިފަ އެވެ.
އދ. ކުނބުރުދޫ އަދި ފ.ފީއަލި ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި @MTCCPlc އާއެކު މިއަދު ވަނީ ސޮއިކުރެވިފަ. pic.twitter.com/fFCPDIVpaC
— Ministry of Health (@MoHmv) September 21, 2025
އެ ތިން ރަށުގައި ވެސް ސިއްހީ ހިދުމަތް ދޭ އާ މަރުކަޒުތައް އަޅަން ދިނީ 325 ދުވަހެވެ. ގުރައިދޫގައި ހޮސްޕިޓަލްގެ އާ އިމާރަތް އަޅަން ހަވާލުކުރީ 32.8 މިލިއަން ރުފިޔާއަށެވެ. މަޑިފުށީ އަދި ގާދިއްފުށީގެ މަސައްކަތް ހަވާލުކުރީ 12.8 މިލިއަން ރުފިޔާއަށެވެ.
އެމްޓީސީސީއާ ހަވާލުކުރީ އދ. ކުނބުރުދޫ ސިއްހީ މަރުކަޒުގައި އަލަށް އިތުރުކުރާ އިމާރާތާއި ފ. ފީއަލީ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް އަޅާށެވެ.
އެ ދެ ރަށުގެ އާ އިމާރާތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް އަދި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.
ކުނބުރުދޫ ސިއްހީ މަރުކަޒުގެ މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރީ 8.2 މިލިއަން ރުފިޔާއަށެވެ. ފީއަލީގެ މަސައްކަތް ނިންމަން ދީފައިވަނީ 360 ދުވަހެވެ. އެއީ 21.6 މިލިއަން ރުފިޔާއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހާސަރު
21 September 2025
މުއިއްޒު ވެރިކަން ކުރަންމިއުޅެނީ އަރި ހުރަހަށް! މިވަރުންދާނަމަ އަދި ކޯޓްތަކަށް އެއަރޕޯޓް އަޅަން ވެސް ހަވާލުކޮށްފާނެ!
މިއޮތީ
21 September 2025
މިއީ އަޅެ ބަހާ ކަންކަންތަ؟؟ ސްޓެލްކޯއާވެސް ހަވާލު ކުރިނަމަ ދެތިން ރަށެއްގެ ފަޅު ފުންކުރަން. މީހަކު އަންތަރީހެއް ނުވާނެ؟؟؟
1828
21 September 2025
ވެމްކޯއާއި އެމްޓީސީސީއަށް ހެލްތްސެންޓަރު އަޅަން؟ މާތްކަލާކޯ. ދެން ނެތް ބުނާނެ އެއްޗެއް. ތިވަރުންދާކަމަށްވަނީ ނަމަ ފުލުހުންނާއި ދަނޑު ހައްދަން ހަވުކޮށްފައި ސިފައިނުންނާއި ބިންހިއްކަންވެސް ހަވާލުކޮށްފާނެ.
ހަންނާންބެ
21 September 2025
އަހަރަމެން ރަށް ބޭރު ތޮށިލާން, އައިޖީ އެމް އެޗް ފާމަސީއާއި ހަވާލުކުރުމަށް ފެނޭ, އެއީ އެއްމެ ސްލޯ ފާމަސިސްޓުންތިބި ފާމަސީ އަށް ވާތީ.
ޑެބީ
21 September 2025
ވެމްކޯއަކީ ކޮންސްޓްރަކްޝަން ކޮމްޕެނީއެއްތަ؟ އޮޅިއްޖެ މަށަށް
ދިއްދޫމީހާ
21 September 2025
އަހުން ހަމަކޮސްވެެއްޖެ އެހެންވީމާ އަހުން ރަށު ގިރާ ސަރަހައްދުގައި ތޮށިޖަހަން ދަރުމަވަންތައް ހޮސްޕިޓަލްއާ ހަވާލް ކުރާނެތާދޯ؟
1828
21 September 2025
ނުކުރާނެއެކޭ ބުނާކަަަަށް ނުކެރޭނެ މިދާވަރުން ދާކަމަަަަަަށްވަނީ ނަމަ
123321
21 September 2025
ޕްރޮޖެކްޓް ތައް ޕްރައިވެޓް ތަންތަނައްދިނީމަ ކަޓް ގެ ބައި ޖައްސަން ޖެހިލުންވާތީ
ޑޮކްޓާރ. ބަނާނާ
21 September 2025
ސަރުކާރު ހުރިހާ މިނިސްޓުރީ ތަކާއި އަދި ކުންފުނިތަކަކީ ވަކި ގަވާއިދެއްގެ ތެރެއިން ވަކި ޒިއްމާ ތަކެއް އޮވެގެން މަސައްކަތް ކުރާ ތަންތަން. ވެމްކޯ އިން މިހާރުވެސް އެކަށީގެންވާ ގޮތަކަށް ކުނިމެނޭޖް ނުކުރެވޭއިރު ހޮސްޕިޓަލް ތައް އިމާރާތް ކުރަންޖެހޭ ސަބަބެއް ހަމަ ނޭގެތީ އަހާލީ. ޥ ސަލާމް.
ކަޓޭ
21 September 2025
ބަނާނާ ތިބުނީ ތެދެއް.