ގދ. ވާދޫ: ޖެހިޖެހިގެން ދެ ދުވަހު ގެއަކަށް ވަދެ ރިހާކުރު ޓައްޕު ވަގަށް ނެގި މީހަކު ޖަލަށް ވަނީ ލާފައި.
22 ސެޕްޓެމްބަރ 2025 - 14:50
ޅ. ނައިފަރުގެ ގެއަކަށް ޖެހިޖެހިގެން ދެ ރޭ ވަދެ، ރިހާކުރު ޓައްޕެއް ވަގަށް ނަގަން އުޅުނު މައްސަލައެއްގައި ގދ. ވާދޫގެ މީހަކު ޖަލަށްލާން ވާދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
އެ ހުކުމްގައި ބުނީ މިދިޔަ އޭޕްރީލް މަހުގެ 21 އާއި 22 ވަނަ ދުވަހުގެ 2:45 ހާއިރު އެ މީހާ ނައިފަރުގެ ގެއަކަށް ވަގަށް ވަދެ، އެ ގޭގެ ބަދިގެ ތެރޭގައި ހުރި ރިހާކުރު ޓައްޕެއް ވަގަށް ގެންގޮސްފައި ކަމަށެވެ.
އެހެންވެ އެ ދެ ރޭ ވައްކަން ކުރަން ވަނުމުން، އެ ކުށުގެ ދެ ދައުވާ އާއި އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދެ ދައުވާ އޭނާގެ މައްޗަށް ދައުލަތުން ކުރި އެވެ.
އެ މީހާ ވަގަށް ނެގި ރިހާކުރުގެ އަގު 4،500ރ. އަށް އަރާނެ ކަމަށް އެ ގޭގެ ވެރިފަރާތުން ފުލުހުންނަށް ދިން ބަޔާނުގައި ވެ އެވެ.
ދައުވާ އަށް ޖަވާބުދާރީވަމުން އޭނާ ވަނީ އެ ކުށްތަކަށް އިއުތިރާފުވެފަ އެވެ. ވައްކަން ކުރި މީހާ މިހާރު ދިރިއުޅެމުން އަންނަނީ ވާދޫގައި ކަމަށް ވެފައި އޭނާ ހުރި ރަށުގެ ކޯޓަށް ހުށަހަޅައިގެން އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭތީ ދައުލަތުގެ ފަރާތުން އެ މައްސަލަ ވާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ އެވެ.
ވައްކަމުގެ އެއް މައްސަަލައަކަށް އޭނާގެ މައްޗަށް ހުކުމް ކުރީ 11 މަހާއި 19 ދުވަހަށް ޖަލަށް ލުމަށެވެ. އަދި ވައްކަމުގެ ދެވަނަ މައްސަލާގައި ހުކުމްކުރީ 3 މަހަށް ޖަލަށްލާށެވެ. އެނގި ހުރެ ހުއްދަ ނޫން ތަނަކަަށް ވަތް މައްސަލާގައި 22 ދުވަހުގެ ޖަލު ހުކުމަކާއި 1 މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް ވެސް އޭނާގެ މައްޗަށް އިއްވި އެވެ.
އެ މީހާގެ މައްޗަށް އެ ބާވަތުގެ ކުށެއް 2023 ގައި ސާބިތުވެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަތްދައްތަ
23 September 2025
ޢަދުލު އިންސޯފް
ބައިޓަނު
23 September 2025
ހީވާ ގޮތުގައި އޭނާ ނެގި ރިހާކުރުޓައްފު އޭގެ ވެރިފަރާތަށް ދީފައިވާތީ ހުކުމުގައި ވެރިފަރާތަށް އެއްވެސް އެއްޗެއް އޭނާގެ ފަރާތުންދޭން ހުކުމް ކުރިކަމަށް މިލިޔުމުން އެނގޭކަށްނެތް.
އިގުބިލާލު
23 September 2025
ރިހާކުރު ވަގަށް ނަގައިފިއްޔާ ވާނެ ހޭއަރވލން އިންގޭ! ސަރުކާރުން، ސަރުކާރު ކުންފުނިތަކުން ޓައީ އަޅައިގން ތިބެ ރެޔާ ދުވާލު ވއކން ކުރިޔަސް އޯކޭ!
ބޮޑުހަސަންބޭ
23 September 2025
ކީއްކުރަންތަ ކުދިކުދި އެއްޗެހި ނަގަނީ. ބޮޑުއަދަބު ލިބެނީ އެހެންވެގެންނޭ. އަމުދުން ރިހާކުރު. ތަންކޮޅެއް ބޮޑު އެއްޗެއް، މިލިއަނުގެ ކުންފުނިތައް ޖީބަށް އަޅާބަލަ ކަމެއްވޭތޯ. އެންއެންއޭ ފައުންޑޭސަނުން ނައްޓާލައިގެން ގެންދަބަލަ. ގައުމީ ސަރަފުވެސް ދީފާނެ.
ފޮނިޓައްޕު ހަސަނު
22 September 2025
ދެރަކަމަކީ ދައުލަތުން އެތަކެއް ސަތޭކަ މިލިއަނުން ވައްކަން ކުރާ މީހުންނަށް އަދަބު ނުދެވޭތީ. އެފް.ޕީއައި.ޑީ.ގެ ބޮޑު ހިޔާނަތުގައި ޝާމީލުވި އެކަކަށް ވެސް އަދަބެއް ދެވިފައި ނެތް. އެމް.އެމް.ޕީ.އާރުސީގެ ބޮޑު ހިޔާނާތުގެ އެކަކަށް ވެސް އަދަބު ދެވިފައި ނެތް. އަދަބު ދެވެނީ 100 ރުފިޔާގެ ލޯޝަން ފުޅި ވަގަށް ނަގާ މީހާއަށް ނުވަތަ 1000ރ ރިހާކުރު ޓައްޕު ވަގަށް ނަގާ މީހާއަށް.
ޕަކާސް
22 September 2025
ތީ އަދީބުފައިލްސް ގާ އޮތްވާހަކައެއްނަމަ ޖަލައްދާން ނުޖެހުނީސް. ނެކްސްޓައިމް ބްރޯ ބައި އަޅާތި މަތީ ފަޑީގާ ތިބި ބޭފުންނަ!
ސޮމްބަރ
22 September 2025
އަޅެ އޭނަ ރިހާކުރު ދޮލަނގެއް ހަދަން ބޭނުންވީ ކަންނޭގެ އެންނު؟ އަހަން މިއަދު މަގޭ މަންމަ ތައްޓަކަށް އަޅާފަ ހުރި ރިހާކުރުގައި އިނގިލި ޖައްސާފަ ރަހަ ބަލައިލިން، ބިރު ގަނެއްޖެ މިހާރު.
ކައުންސެލަރު....
22 September 2025
ޖެހިޖެހިގެންވެސް ނުޖެހިވެސް ދައުލަތުގެ ލާރިގަނޑެއްކާލައިފިއްޔާ ނިޔާމައިގަ އުޅެވޭނެ. ޖަލަކަށްނުލާނެ، ލިޔަސް އަނެއްދޮރުން ނެއްލާނެ. އަނެއްކާ ކޮޅުވެއްޓީގަ ދުނިޔެބަލައިލަން ބުރު ޖަހާލެވޭނެ
ޙަސީ
22 September 2025
ޜިހާކުރު ވަގަށް ނެގުމަކީ ވަރަށް ފަސޭހައިން ކުށްވެރިވެ ހުކުމް އަންނަ ކަމެއް. ކޮންމެ އެއްޗެއް ވަގަށް ނެގިޔަސް ވާނީ ވައްކަމަކަށް، ހަރާމް ކަމަކަށް. ޢެކަމަކު ރިހާކުރު ވަގަށް ނަގާއިރު ވަގުން ވިސްނަން އެބަޖެހޭ ހުކުމް އަވަސްވާނެ ކަމާމެދު.
މިސްރާބު
22 September 2025
އެކަކުންޏެއް ހަރު ކޮންނާނީ އެކަނުންޏެއްގެ ވަރުން. ނިކަމެތިންނަށް ވަގަށްނެގޭނީ ރިހާކުރުކޮޅެއްކަހަލަ އެއްޗެއް އެމީހުންނަށް ތިޖޫރީއެއް ކޮނޑަށްލައިގެން ނުގެންދެވޭނެ. އެއީ އެމީހުންގެ ފެންވަރެއްނުން.
މިސްރާބު ހަމަމަގަށް
22 September 2025
މުއްސަންޖަކަށް ވިޔަސް، ނިކަމެެއްޗަކަށް ވިޔަސް ވައްކަން ކޮށްގެން ނުވާނެ އެވެ!