ފުލުހުން ހިންގާފައިވާ ބައެއް އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ މަސްތުވާތަކެތި ނައްތާލުމުގެ ކުރިން ޓެސްޓުކޮށް، އެއީ މަސްތުވާތަކެތިކަން ކަށަވަރުކުރަނީ: ރާއްޖެ އައި އިރު އަނގައިގެ ތެރޭގައި ޑްރަގް ގެނައި މީހަކު ހައްޔަރުކޮށް ކޯޓުން ވަނީ ބަންދުގެ މުއްދަތު އިތުރުކޮށްފައި. -- ފޮޓޯ: މިހާރު
23 ސެޕްޓެމްބަރ 2025 - 15:27
ރާއްޖޭން ބޭރުން އައި އިރު އަނގައިގެ ތެރޭގައި މަސްތުވާތަކެތި ގެނައި މީހަކު ހައްޔަރުކޮށްފި އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިބްރާހީމް ދީދީ، ފުވައްމުލަކު މިސްކިތްމަގު، އަލިވާގެ އެވެ.
އުމުރުން 35 އަހަރުގެ މި މީހާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް ފަސް ދުވަސް ދީފަ އެވެ. އަމުރުގައިވާ ގޮތުން ފަސް ދުވަހުގެ މުއްދަތެއް ދިނީ، ތުހުމަތުކުރެވޭ މީހާ ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސައިދޭން އެދިފައި ވާތީ އެވެ.
މި މީހާގެ އަނގައިގެ ތެރެއިން ނެރުނު މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ކަމަށް ކޯޓު އަމުރުގައި ބުނެފައި ވިޔަސް އެއީ ކިހާ އެއްޗިއްސެއް ކަމެއް އަދި އެއީ މަސްތުވާތަކެތީގެ ކޮން ބާވަތެއް ކަމެއް ބުނެފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުލޭ
23 September 2025
ދައުލަތަށް ގެއްލުންދޭން އުޅޭ މީހާއަށް ދައުލަތުގެ ޚަރަދުގައި ވަކީލެއް. ހެހެހެހެ. މީނާގެ އަތުގައި ފައިސާ އޮންނާނެ ހެޓަކަށް. ގުޅުންހުރި މީހުންގެ އެކައުންޓްތައް ޗެކްކުރޭ. މިނުވާނެ ފުރަތަމަ ފަހަރަކަށް. ވަގަކަށް ހާސް ދުވަސް-ވެރިއަކަށް އެއްދުވަސް.
ދަގަތްފާނު
23 September 2025
ރާއްޖެއަށް އަހަރަކު ދެތިން މިލިއަންމީހުން އެތެރެވާއިރު އޭގެތެރެއިން އެކަކު އަނގައިގަ މަސްތުވާތަކެތިކޮޅެއް އެބައުޅޭކަން ދެނެގަނެފައިވާނަމަ ދެން މިކަމުގައި އަހަރެމެން ބުނާނެ ވަކިއެއްޗެއް ނެތް.