ހުޅުމާލޭގައި ޓްރެފިކް ބަލަހައްޓަން ފުލުހަކު ހަރަކާތްތެރިވަނީ --- ފޮޓޯ/ޕޮލިސް
09 އޮކްޓޯބަރ 2025 - 14:06
ކާރުން ސައިކަލެއްގައި ޖެހި އެކްސިޑެންޓުވުމުން އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންގޮސްދިނުމަށް ފަހު އެކްސިޑެންޓް ރިޕޯޓު ނުކޮށް ދިޔަ ފުލުހަކު ހައްޔަރުކުރުމުން ކޯޓުން އެ މީހާ ދޫކޮށްލައިފި އެވެ.
މިދިޔަ މަހު 12 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 ހާއިރު ހިނގި އެ އެކްސިޑެންޓުގައި ހައްޔަރުކުރީ މުހައްމަދު ހަސަން، 33، މއ. ސައީދުވާދީ އެވެ.
މި އެކްސިޑެންޓު ހިނގީ ހުޅުމާލޭ ފިތުރޯނު މަގުން ވެމްކޯ ކައިރިން ކަމަށް، މުހައްމަދު ހަސަން ބަންދުން ދޫކޮށްލި އަމުރުގައި ބުނެފައިވެ އެވެ.
އެ އަމުރުގައިވާ ގޮތުން، އެކްސިޑެންޓު ހިނގުމުން ޕޮލިސް މީހާ ވަނީ އަނިޔާވި މީހާ ފުލުސް މީހާގެ ކާރުގައި ހޮސްޕިޓަލަށް ގެންގޮސްދީފަ އެވެ. ނަމަވެސް އެކްސިޑެންޓުވި މައްސަލަ ފުލުހުންނަށް ރިޕޯޓެއް ނުކުރެ އެވެ.
ކޯޓުގައި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ބުނެފައިވާ ގޮތުގައި، އެ ފުލުސް މީހާ ހައްޔަރުކުރީ އެކްސިޑެންޓު ރިޕޯޓު ނުކޮށް ފިލާފައި ވާތީ އެވެ.
އެކަމަކު އެ ފުލުސް މީހާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރުތުތަކެއް ކުރުމަށް ފަހު ދޫކޮށްލައިފަ އެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ، ތުހުމަތުކުރެވޭ މީހާ އަކީ މިހާރުވެސް ފުލުހުންގެ ވަޒީފާގައި ހުރި މީހެއް ކަމަށް ވުމާއި އިތުރަށް ބަންދުގައި ބަހައްޓައިގެން ތަހުގީގުކުރަންޖެހޭ ހާލަތެއް ނެތުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާދަނު33
09 October 2025
އެފުލުސްމީހާ ހުރީ ހުވާ ކޮށްގެންތޯ؟
އަޅި އަލީ
09 October 2025
ދިވެހި ފުލުހަކުޔ ކުށެއް ނުވަތަ ނުގަވާއިދުން އެއްކަމެއްވެސް ނުކުރާނެ! އެއީ ހަމަ ހުދު ފޮތި!
ޕޮލިހުން
09 October 2025
ސާބަހޭ. ގައިމެއްނެއް
މުޅި ގައުމު އެފުށްނިފުަށް
09 October 2025
މުޒާހަރާ ގައި އެބަހުރި ކައުންސިލަރުން. މިހާރުވެސް މަގާމުގައި ހުރި. ކޮބާ އިންސާފު؟
ރާވެރިބެ
09 October 2025
ކުރީދުވަހު ދައުލަތުގެ ބަކީލަކު ހައްޔަރު ކުރީ މަސްތުވާތަކެތީގެ މައްސަލައެއްގަ. މިއަދު ފުލުހަކު ކޯޓަށް ހާޒިރު ކުރީ އެކްސިޑެންޓްވީމަ ފުލުހުންނަށް ރިޕޯޓުނުކޮށް ދިޔައިމަ. މިހިރީ ގާނޫނުތަށް ނަގަހައްޓަން ތިބި ބައެއް މީހުންގެ އަމަލުތަށް ހުރިގޮތަކީ. ގޯސްވާނީ މުޒާހަރާ ކުރާ މީހުން.