ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިން: ކްރައިމް ސީނެއްގައި ފުލުހުން ހަރަކާތްތެރިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައި --- ފޮޓޯ/މިހާރު
12 އޮކްޓޯބަރ 2025 - 19:33
ކުޑަކުދިންތަކެއް ތިބި ކްރައިމް ސީންއެއްގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ރެކޯޑްކޮށް، ވީޑިއޯ އާންމުކުރީ ފުލުހުން ނޫން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ ވީޑިއޯއަކީ ކުޑަކުދިންތަކެއް އެކްސްޕްލޮއިޓް ކުރުމުގެ ތުހުމަތުގައި ދާދިފަހުން ބަޔަކު ހައްޔަރުކުރި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަންގައި އެ މީހުން ތިބި ތަނަށް ފުލުހުން ވަދެ، ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯގައި، އެ މައްސަލާގައި ހައްޔަރުކުރި ބައެއް މީހުންގެ އިތުރުން ދެ ކުޑަކުއްޖަކު ވެސް ފެނެ އެވެ. އަދި ބައެއް މީހުން ވާހަކަ ދައްކާ އަޑު ވެސް އެ ވީޑިއޯއިން އިވެ އެވެ.
އެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ފުލުހުން ބުނީ އެ ވީޑިއޯއަކީ އެތަނުގައި ހަރަކާތްތެރިވި ފުލުހަކު ރިކޯޑު ކޮށްފައިވާ ވީޑިއޯއެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ކާކު ރިކޯޑްކުރި ވީޑިއޯއެއް ކަމެއް ފުލުހުން ނުބުނެ އެވެ.
"ފުލުހުން ކުށުގެ ވެށްޓެއްގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއަކީ އެ ކުށުގެ ވެށީގައި ހަރަކާތްތެރިވި ފުލުހަކު ރިކޯޑު ކޮށްފައިވާ ވީޑިއޯއެއް ނޫންކަން މައުލޫމާތަށްޓަކައި ދަންނަވަން،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.
ކްރައިމް ސީނެއްގައި ފުލުހުން ހަރަކާތްތެރި ވާއިރު، ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ އެއްވެސް ބަޔަކަށް އެތަނަށް ނުވަދެވޭނެ އެވެ.
އެ މައްސަލާގައި އޭރު ހައްޔަރުކުރީ ދައުލަތުގެ މީޑިއާ ޕީއެސްއެމާއި ވީޓީވީގައި ވެސް ކުރިން މަސައްކަތް ކޮށްފައިވާ ޕްރެޒެންޓަރު އަދި ކުޅިވަރުގެ އެކި އިވެންޓްތައް ހޮސްޓް ކޮށްފައިވާ ނާފިއު ރަޝީދާއި މ. އެތުމާ، އަލީ އަޝްރަފާއި ހ. ފިނިކުރި، އިބްރާހިމް ޝިނާން އަހުމަދާއި ގދ. ވާދޫ، ޕެރިސް، ލުހާން ސައީދެވެ.
ފުލުހުން އޭރު ބުނެފައިވަނީ އެ މައްސަލާގައި ހިމެނެނީ 17 އަހަރުގެ ދެ އަންހެން ކުދިންނާއި 16 އަހަރުގެ ފިރިހެން ކުއްޖަކާއި 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަނަމަވެސް
13 October 2025
ކާކު ކުށެއް ކޮއްފަ އެއްބަސް ވާނީ
ލާހޫރު
13 October 2025
ހަމަ އަބަދުވެސް ތިވަރެއްގެ. މީހުންގެ ފޯނުތައް ހިފަހައްޓާފަ އޭގަ ހުންނަ ފޮޓޯތަކާ ވީޑިއޯތައް ލީކް ކުރަނީ. މިހާރު ރާއްޖޭގެ ޕޮލިހުންނެކޭ ކަންމަތީ ގޭންގެކޭ ތަފާތެއް ނެތް.
ކަންޓްރީ ބޯއީ
13 October 2025
ހަމަ އެއްކަހަލަ ލާހޫރޭ މީހުން މިއުޅެނީ ނިކުމެ ކަންކަން ރަނގަޅު ކުރަން ފާޑު ކިޔަން
މަ ބުނީ
13 October 2025
މަ ބުނީ ޑިފެންސަށް ކުޅެފަ ގޯލެއްޖަހަން ކަމެއް ކުރާނެ ވަގުތެއްނުވޭދޯ. ރަގަޅު ކުރެވޭތޯ އެންމެންވެގެން އުޅެބަލަ
ޔޫ ހޭވް ލޮސްޓް އޯލް ކްރެޑިބިލިޓީ
13 October 2025
ތީ ހަމަ އަރަތެއް. ތިމީހުން ސީންއަށް ދަނީ، ގާތް ރައްޓެހން ގޮވައިގެންތަ. އެހެންބަޔަކަށް ތިކަމުގަ ޙަރަކާތްތެރިވާން އެތަނަށް ނުވަދެވޭއިރު ދެން ކާކު ތިކަން ވީޑިއޯ ކުރަން ހުންނާނީ. އެހެންނޫނަށް ތިތަނުން އެއްޗެހި ލީކްވުން ނުވަތަ ލީކް ކޮށްލުމަކީ އާއްމު ކަމެއް. އަދީބް ފައިލްސް. ސަރފަރ ގެ ގާރލްފްރެންޑް މަރާލާފައޮތް އިރުގެ މަނަޒަރުތަށް. ވިޔަފާރިވެރިޔާ ބްރިޖް ޖަންކްޝަން ގަ ސައިކަލުގޮސް ވެހިކަލެއްގަ ޖެހި މަރުވާ މަންޒަރު....ގެއްލުނު އިތުބާރު އަލުން ނުހޯދޭނެ
އަބްޑޫޅް +
13 October 2025
އާނ، އެ ބައިގަނޑު އެހެން ބުނާނެ ނުން، ދޯވ؟
އަބްޑޫޅް +
13 October 2025
ހެއް. ކޮން ދޮގެއް ހަދާކަށް؟
ޙަޑަ
12 October 2025
ކަލޭމެން ތެދެއް ހަދާނެކަމަކަށް މިހާރު ގަބޫލުކުރަންދަތި
އަފްރާސިޔާބު
13 October 2025
ތިޔަބުނަނީ ދެން ފުލުހުންނޭ ވީޑިއޯ ލީކުކުރީ. އެހެނެއްނުވާނެ ފުލުހުންނަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ތިބޭ ބައެއް. އެމީހުންނުކުރާނެ ތިޔަކަލަ ކަމެއް. ރައްޔިތުންނަށް ގެއްލުމެއްވެދާނެ އެއްވެސްކަމެއް އެމީހުން މިސަރުކާރުގައި ނުކުރާނެ. ކުރާ ކޮންމެކަމެއް ކުރާނީ ރައްޔިތުންނާ ޚިލާފަށްވާގޮތަށް.
ސަސި
12 October 2025
ބަންދު ތަނެއްގަ، ޕޮލިހުން އެތަނުގައި ތިއްބާ އެހެންމީހަކު ވީޑިއޯ ކުރަން ފުރުސަތު ލިބުމަކީ ދެރަވަރު ކަމެއްދޯ. ހަމަ ސަލާމަތް އެއްކަމެއްވެސް ނެތީއޭ
ހަނަފަސް
12 October 2025
އަހަރެމެންނަށް އިގޭ ތިކަން މާކުރިންވެސް. ފުލުހުންގެ އަގުވައްޓާލަން މިއުޅޭ ލދނނ ގުރޫޕް އަބަދުވެސް ހިންގާ ޖަރީމާއެއް ތީ
އުއްތަމަ އުސްތާޛް
12 October 2025
މިހާރު ނޫކުލައިގެ ޔުނީފޯމަކަށް އިތުބާރެއް ނެތް