ޒުވާނުން ކުރި މުޒާހަރާގައި އިސްކޮށް އުޅުނު އަބްދުﷲ މަހްޒޫމް މާޖިދު އާއި އައިޝަތު ޝިމަން: އެ ދެ މީހުންނަށް އުފުލި ދައުވާ ކުރިއަށް ނުގެންދަން ވަނީ ނިންމާފައި
25 ނޮވެމްބަރ 2025 - 14:32
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި އިންސާފު ހޯދަން ގޮވާލައި، ޒުވާނުން ކުރި މުޒާހަރާގައި އިސްކޮށް އުޅުނު އަބްދުﷲ މަހްޒޫމް މާޖިދާއި އައިޝަތު ޝިމަންގެ މައްޗަށް އުފުލި ދައުވާ ކުރިއަށް ނުގެންދަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ނިންމައިފި އެވެ.
މިދިޔަ އޭޕްރީލް މަހު ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުންގެ އިހުމާލުތަކެއް ތަހުގީގުގައި ހުރި ކަމަށް ތުހުމަތުކޮށް ޒުވާނުންތަކެއް މާލޭގައި ކުރި އެ މުޒާހަރާ ރޫޅަލުމަށް ފަހު، މަހްޒޫމާއި ޝިމަން އޭރު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ވެސް ކޯޓުން އިތުރުކުރި އެވެ. ނަމަވެސް ފަހުން އެ މީހުން ދޫކޮށްލި އެވެ.
އެ މައްސަލާގައި މަހްޒޫމްގެ މައްޗަށް ކުރީ އަނިޔާއެއް ކުރުމުގެ ދައުވާ އެވެ. ޝިމަންގެ މައްޗަށް ކުރީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނީ އެ ދެ ދައުވާ ކުރިއަށް ނުގެންދަން ނިންމީ އެ ދެ މީހުންގެ އިތުރު ކުށުގެ ރެކޯޑެއް ނެތުމާއި އެ މީހުންގެ އަމަލުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާތީ ކަމަށެވެ.
ޒުވާނުން ކުރި މުޒާހަރާތަކާ ގުޅިގެން، ޔުމްނުގެ މައްސަލާގައި ކަން ހިނގި ގޮތް ބެލުމަށް ރިޔާސީ ކޮމިޝަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި އެވެ. އަދި އެ ކޮމިޝަންގެ ތަހުގީގުން ނިންމާފައިވަނީ ފުލުހުންގެ އިހުމާލުތަކެއް ތަހުގީގުގައި ހުރި ކަމަށެވެ.
އެ ހާދިސާ ހިނގި ރޭ ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށް، އޭނާގެ މައްޗަށް ވެސް ދައުލަތުން މިހާރު ވަނީ ދައުވާކޮށްފަ އެވެ. އޭނާ ވަނީ އެ ދައުވާއަށް އިއުތިރާފުވެފަ އެވެ.
އެ ހާދިސާގައި ޔުމްނުއަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭނާއަށް ރާއްޖެއިން ބޭރުން ފަރުވާ ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޯހަލާކުކު
25 November 2025
ހަދާނެ ނުހަދާނެ އެއް ނޭނގިގެން އުޅޭ މީހެއް ދޯ މި ޕީޖީއަކީ.
ރާއްޖެ
25 November 2025
ކޮބާހޭ ޔުމްނު؟ އޭނާ އަދިވެސް ވާހަކަ ނުދައްކާހޭ؟
ޢަރުތަ
25 November 2025
ވާހަކަ ނުދައްކާ މަތިން ބޯކޮށް ހަދިޔާ ދިނީކަމަށް ވާނީ.
ކޮރަލް
25 November 2025
ކުއްކުރި މީހުންގެ ވާހަކަ ނުދައްކަން ޝަރުތު ކޮށްފަ އެވެ.
ޢަރުތަ
25 November 2025
ޔުމްނު ވެއްޓުނު ހާދިސާގެ ތަޙުޤީޤު ނިމުނު ނަމަވެސް ތިޔައެއްޗަކީ ވަށާ ނުޖެހޭ އެއްޗެއް، މުޅި ކޭސްގެ އެއްބައި ތަހުޤީޤުކޮށް ނިންމާ ތިއޮތީ ކަފުން ކޮށްފަ، ޔުމްނު ކިޔާ އަންހެން ކުއްޖަކު އުސް އިމާރާތެއްގެ މަތިން ވެއްޓުނުކަން ފުލުހުންނަށް ސާފުވޭބާ!؟
ވޯލް
25 November 2025
ބޭނުން ވިޔަސް މިއީކީ ކުރެވޭނެ ދައުވާއެއްވެސް ނޫން.