ހުޅުމާލޭގައި ގާއިމުކުރި އާ ޕާކިން ޒޯން --ފޮޓޯ: އެޗްޑީސީ
07 ޑިސެމްބަރ 2025 - 19:18
މާލޭ ސަރަހައްދުގައި ރަޖިސްޓަރީ ކޮށްފައިވާ ވެހިކަލްތަކަށް ޕާކު ކުރެވޭނެ، ޕާކިން ޒޯނުތަކެއް ގާއިމުކޮށް، އާންމުންނަށް ހުޅުވާލައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެޗްޑީސީ ގުޅިގެން، ހުޅުމާލެ 2 ގައި ގާއިމުކޮށްފައިވާ ހަތަރު ޒޯނުގައި، ޖުމްލަ 1،200 ވެހިކަލް ޕާކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
މިއީ ހުޅުމާލޭގައި ވެހިކަލް ތޮއްޖެހުން ކުޑަކުރުމަށް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ވަގުތީ ޕާކިން ޒޯނުތަކެއް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ހިޔާ ޓަވަރު 16 ކުރިމަތީގައި ހެދި ޕާކިން ޒޯން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ މަގުމަތީގައި ޕާކުކުރުމުގެ ބަދަލުގައި، މި ޒޯނުގެ ބޭނުން ހިފުމަށް އެދިވަޑައިގެންފަ އެވެ.
ހުޅުމާލޭގައި ގާއިމުކުރި އާ ޕާކިން ޒޯން ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން އާއި އެޗްޑީސީގެ އެމްޑީ އަލީ ޒުހައިރު. --ފޮޓޯ: އެޗްޑީސީ
މިއީ ވަގުތީ ހައްލެއް ކަން ފާހަގަކުރައްވައި، އަމީން ވަނީ އެޗްޑީސީއާ ގުޅިގެން ހުޅުމާލޭގައި ޕާކިން ބިލްޑިންތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
އަދި އެ ބިލްޑިންތައް ނިމުމުން، ޕާކިންގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގައި މި އާ ޕާކިން ޒޯނު ހުޅުވާފައިމިވަނީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށުޖާބެ
08 December 2025
ޢެއްގޮތަކަށްވެސް ދެކޮޅުޖެހޭ ސިޔާސަތެއް ނެތް.
އިނާމު
08 December 2025
ގަވާއިދާ ޚިލާފަށް އުޅޭ މީހުންނަށް ތިޔަ ދެވެނީ ބޮޑެތި އިނާމު. ތިހެން އިނާމު ދޭހައި ދުވަހަކު ގާނޫނާއި ގަވާއިދުގެ ބޭނުމެއް ނެތް.
ސަރަހައްދު
08 December 2025
މާލެ ސަރަހައްދަށް ނޫން ތަންތަނަށް ރަޖިސްޓަރީކޮށްފައިވާ އުޅަނދުތައް މާލެއަށް ގެނެސް ނަންބޯޑު ބަދަލުކޮށްގެން އެބަ ދުއްވާ. ޓެކްސީއަށް ރަޖިސްޓަރީކޮށްގެން ޕްރައިވެޓް ބޯޑު ޖަހައިގެންވެސް ދުއްވާ. ތިޔަ ތަނަށް ވައްދަންވާނީ މާލެ ސަރަޙައްދަށް ރަޖިސްޓަރީވެފައިވާ އަދި ރަޖިސްޓަރީކުރި ގޮތަށް ނަންބަރު ބޯޑު ހުރި އުޅަނދުތައް އެކަނި. އެހެން ނޫނީ އަނެއްކާވެސް އަނެއް ސްކޭމެއް ފެށޭނީ. ވެއްދުމުގެ ކުރިން މިކަން ބެލޭނެ އިންތިޒުމު ހަމަޖައްސަވައިދެއްވާ.
ކޮރަލް
08 December 2025
ކޮންމެ ވެހިކަލެއްވެސް އެތެރެ ކުރަނީ ލިޔެކިއުމުން ޕާކް ކުރާނެ ޖާގަ އެއް ދައްކާފަ އެވެ. ވީމާ ސަރުކާރުން ޕާކް ކުރާނެ ޖާގަ ދެއްކުމުގެ ބޭނުމެއްނެތެވެ. ތިޔަ ހެން ހެދީ ހިލޭ ބިންތަކެއް ތިޔަ ދެވެނީ އެވެ.
ޕަރުވާނާ
08 December 2025
ތިތަނުގެ ފުރިހަމަކަމުން ހަވާއަރުވަންޖެހޭވަރުގެކަމެއްތިއީ
ވިސްނާލުމަށް
08 December 2025
ޕާކުކުރުމާއި ގަރާޖުކުރުމަކީ ދެކަމެއް. ދިވެހިން އާންމުކޮށް މަގުމަތީގައި ވެހިކަލުތައް ގަރާޖުކުރަނީ. ވެހިކަލެއް ގަންނަންވާނީ އެގަރާޖުކުރެވޭނެފަދަ މުއްސަނދިން. ގަރާޖުކުރުމަށް މަގުތައް ބޭނުންކުރުމަކީ އެހެންމީހުންގެ ހައްގުތައް ގެއްލޭކަމެއް. ސަރުކާރުންވެސް ނުޖެހޭ މަގުތައް ގަރާޖުގެ ގޮތުގައި ހަމަޖައްސަދޭން. ކޮންމެ ގެއެއްގެ ބޭސްމަންޓު ނޫނީ ގުރައުންޑު ފުލޯގައި ގަރާޖުހެދުން ލާޒިމުކުރޭ. އޭރުން މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ
އޮނަރަބްލް އަފީފު ދީދީ
07 December 2025
އެތައް ބިލިޔަން ޑޮލަރަށް ދައުލަތް ދަރަނިވެރި ވެފައި އޮތް އިރު ކުރިއަށް އޮތް 2026 ވަނަ އަހަބު 2 ބިލިޔަން ޑޮލަރާއި 26 މިލިޔަން ރުފިޔާގެ ދަރަނި އަދާކުރާން ޖެހޭއިރު 300 މިލިޔަން ޑޮލަރުގެ ބުރިޖުން ޓޯލް ފީ އެއް ނެގުމެއްނެތި "ހިލޭ" ދަތުރު ކުރެވޭގޮތް ހަދާފައި އަނެއްކާ މިދެންނެވި ލޯނު ފައިސާ އިން ހިއްކި އަގު ބޮޑު ބިމުގައި "ހިލޭ" ޕާކު ކުރެވޭގޮތް ސަރުކާރުން ހަދަނީ ދައުލަތް ބަޤުރޫޓް ކޮށްފައިވެސް ތިރަށު މީހުން ރުއްސަން ޖެހޭތީ ތޯ؟!
ތަމެންދޯ
07 December 2025
ދުބާއީ ތަރައްގީ ވަމުންދަނީ ނުބައި މަގުންނޭ އެމަގުންނޭ ހުޅުމާލެ ވެސް ތަރައްގީ ވަމުންދަނީ ހުޅުމާލޭ 1 ގެ އިންފްރާ ލައިންސް ތައް ގެންދަން ބަހައްޓާފައިވާ މޭންހޯލް ތަކުގައި ނެތޭ 450 އެމްއެމް އެފުރިފައި އަދާއި ހަމައަށް އައިއިރު ހުޅުމާލޭގެ ޓްރެފިކް މެނޭޖްކުރާނެ ގޮތާއި ދިވެހި ޑްރަގް ކާރޓެލްސް އިން އިޓަލީ މާފިޔާ ކާރޓެލްސް ކޮޕީ ކޮށްގެން އެމެން އަގުބޮޑެތި ރޭސްކާރު ގެނައުމުން އެ އެެތެރެކުރަން ސަރުކާރުން ހުއްދަދެނީ އެއީ ކިއެއްވެތޭ ކާރުނުޖެހޭ އެތެރެކުރަން
م.ز.
07 December 2025
މައުމޫނުގެ ވެރިކަމުން ފެށިގެން ކޮންމެ ވެރިކަމެއްގައި ވެސް ތިޔަ ޕާކިންގ ބިލްޑިންގ އަޅާ ވާހަކަ އަޑު އިވެއެވެ. އެހެނަސް ތިޔަ ޕާކިންގ ބިލްޑިންގު ލޮލަށް ފެންނަ ވަރު ނުވެއެވެ. އެހެނަސް ހުޅުމާލެ ދެފިޔަވަހީގައި ލައްކައަކަށް ވުރެ ގިނަ މީހުން އާބާދު ވީއެވެ. އެއަށްފަހު ވިދާޅުވާ އަޑު އިވެނީ ގަވާޢިދާއި ޚިލާފަށް ޕާކު ކުރާ ވާހަކައެވެ. ގަވާއިދަށް ޕާކު ކުރަށް ޕާކިން ހޯދުމަކީ ހުޅުމާލެއިން ފުލެޓު ހޯދުމަށް ވުރެ އުނދަގޫ ކަމެކެވެ. ފުލެޓް ދޫކުރަނީ ބީލަމުން ނޫނެވެ.
ނަންބޯޑު ސަރުކާރު
07 December 2025
މާތްކަލާކޯ ފޮޓޯއިން އެފެންނަ އާޕާކިންޒޯން ހުޅުވަން ގޮސްތިބި މިނިސްޓަރުންމީ....