ރައީސް ޑރ. މުހައްމަދު މުއިއްޒު ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
08 ޑިސެމްބަރ 2025 - 00:25
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި، މާލެ ރަށްވެހިންގެ ތެރެއިން ގޯތި ސްކީމަށް އެދެވޭނީ މާލޭގެ ރަށްވެއްސަކަށްވެ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށް ކަމަށް ކަނޑައަޅާފައި އޮތް ޝަރުތު މުރާޖައާ ކުރުމާ މެދުގައި ވިސްނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކަލާފާން ސްކޫލް ހޯލުގައި ރޭ ބޭއްވި ޖަލްސާގައި އާންމުންގެ މީހަކު ވަނީ މާލެ ރަށްވެހިންނަށް ގޯތި ދިނުމުގައި، މާލޭގެ ރަށްވެސަކަށްވެ ފަސް އަހަރުވެފައިވާ މީހަކަށް ވުން ޝަރުތުކޮށްފައި އޮތުމުން އެކަމާ ގުޅޭ ގޮތުން އޮތް ކަންބޮޑުވުމެއް ހިއްސާކޮށްފަ އެވެ.
އޭނާ ބުނީ އޭނާގެ އެއްބަނޑުއެއްބަފާ ހަ ބެއިން ފެށުނީއްސުރެ ދިރިއުޅެމުން އައީ މާލޭގައި އެ ކުދިންގެ މަންމަގެ އާއިލީ ގޯތީގައި ކަމަށެވެ. ނަމަވެސް، އެ ގެ ބަހައިގެން އެއްވެސް ތަންކޮޅެއް މަންމައަށް ނުލިބުމުން ހުރިހާ ކުދިންގެ ރަށްވެހިކަން އައްޑުއަށް ބަދަލުކުރި ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް، އައްޑޫގައި ރަށްވެހިކަން އޮތުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުން އެއްވެސް ކުއްޖަކަށް ގޯއްޗަށް ކުރިމަތިނުލެވުމުން 2022 ވަނަ އަހަރު މާލެއަށް އަލުން ރަށްވެހިކަން ބަދަލުކުރި ކަމަށް އޭނާ ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އޭގެ ފަހުން، މި ސަރުކާރުން މިދިޔަ މަހު އިއުލާންކުރި ގޯތި ސްކީމަށް ޝަރުތު ކަނޑައެޅި އިރު ވެސް، މާލޭގައި ރަށްވެހިވެފައިވާތާ ފަސް އަހަރު ވެފައިވާން ޖެހޭ ކަމަށް އޮތުމުން ދެން ވެސް އެ މީހުންނަށް ގޯއްޗަށް ކުރިމަތިނުލެވޭ ކަމަށް އޭނާ ބުންޏެވެ.
"މިހާރު މި އޮތް އުސޫލުގެ ސަބަބުން ބޯހިޔާވަހިކަމަށް ޝަރުތު ހަމަ ނުވާ ވަރަށް ބޮޑު ގެޕެއް އުފެދޭ. އެ ގެޕަކީ މާލެ ރަށްވެހިންނަށް ބަދަލުކުރިތާ ފަސް އަހަރު ނުވާ، ނަމަވެސް މާލޭގައި މުޅި އުމުރު ދުވަހު ދިރިއުޅެމުންދާ މީހުން ބާކީވޭ،" އުސޫލު އިސްލާހުކޮށްދޭން އެދި އޭނާ ބުންޏެވެ.
އެ ކަންބޮޑުވުމާ ގުޅިގެން ރައީސް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް އެކަމާ މެދުގައި އީޖާބީ ގޮތެއްގައި "ޕޮޒިޓިވް ނޯޓެއް"ގައި ސަރުކާރުން ވިސްނާނެ ކަމަށެވެ.
"ވިސްނާފައި އެއަށް ގެނެވޭނެ އެންމެ ބޮޑު ލުޔެއް ގެނެސްދީ، އެ މުއްދަތު ކުރުކޮށްދެވޭނެ އެންމެ ބޮޑަކަށް. އެ ހަމަ އެއްކޮށް އުވާ ވެސް ލެވިދާނެ. އެހެންވީމަ، އަޅުގަނޑުމެން ބަލާނަން އެއަށް ގެނެވޭނެ ބަދަލަކީ ކޮބައިތޯ. ބަލައިފައި އަޅުގަނޑުމެން ބޭނުންވަނީ އެންމެ ގިނަ ރައްޔިތުންނަށް ފުރުސަތު ދޭން،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި ގޯތި ދިނުމަށް ދެ ކެޓަގަރީއެއް ކަނޑައަޅާފައިވެ އެވެ. އެއީ މާލޭ ރަށްވެހިންގެ ކެޓަގަރީ އާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީ އެވެ.
މާލެ ރަށްވެހިންގެ ކެޓަގަރީގެ ޝަރުތުތަކަކީ އުފަންވީއްސުރެ މާލޭގެ ރަޖިސްޓަރީގައި ޖެހިފައިވުން ނުވަތަ މާލޭ ރަށްވެހިންގެ ދަފުތަރުގައި ޖެހިފައިވުން ނުވަތަ ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓަރީގައި ޖެހިފައިވުން ނުވަތަ މާލޭގެ ރަށްވެއްސަކަށްވެ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވުމެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ޝަރުތަކީ މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލީނާ އަލީ
08 December 2025
ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ތިޔަ ބަދަލު ގެންނެވީތީ ރައީސަށް ޝުކުރު ދަންނަވަން
ބޯހިޔާވަހިކަން
08 December 2025
ވަކި ބަޔަކަށް މަލްޓިމިލިއަން ރުފިޔާގެ ބިން ލިބެން އޮތުމަކީ ނާއިންސާފު...
ބޯހިޔާވަހިކަން
08 December 2025
މިއެންމެން ރަނގަޅު ވާނީ ހުރިހާ އެއްމެންނަށް ވެސް ކުރިމަތި ލެވޭ ގޮތައް އޮތީމަ
ބުރަތޭރީ
08 December 2025
މާލޭގެ ރައްވެއްސެއްގެ ގޮތުގައި ، މާލޭ އޭރިޔާއިން ބިމާ ގޯތިދިނުމުގައި މަދުވެގެން، މާލާގެ ރައްވެހިކަމަށް ބަދަލުވިތާ 5 އަހަރު އޮތުންމުހިއްމު..
އައްމި
08 December 2025
ނޫން، މީ ވަކި ވަޔަކަށް ގޯތި ހޯދަދޭންތޯ ތިގޮތަށް އަހަރު ކުރުކުރަން ވީ
ސިދްގީ
08 December 2025
ކޮންމެ ގައުމެއްގަ ވެސް ކެޕިޓަލް ސިޓީ ނުވަތަ މައިސިޓީ ތަފާތު ތަކެއް ހުންނާނެ. ޢެހެނެކޭ ކިޔާފާ ދުރުތަން ތަނުން އަންނަ ބަޔަކަށް ގޯތި ހައްގެއްނޫން. ޢެމީހުންށް ދޭކަށް ޢެއްވެސް ގާނޫނީ ހައްގެއްނެއް. ޏޯރައިޓް. ޢެއްވެސް ފެއާ އެއްނޫން. ރޫޓް ކޯސް އަށް ހައްލުހޯދާ.
ބަރަކޫޑާ
08 December 2025
"މާލޭން ގޯތިދިނުމަށް" ކޮންމެ އެއްޗެއް ކުރުކޮށްފަ ދިގުކުރިއަސް އަހަރެމެން ބުނާނެއެއްޗެއްނެތް. އެކަމަކު ދުރުހިސާބު ފަޅުފަޅު ހިއްކާފަ ދައުލަތް ދަރަނިކޮށްގެން ސިންގަޕޫރުހަދާފަ މާލޭގެ ގަބީލާތަކަށް އެކަނި ބަހާގޮތަށް ކުރުކޮށްފަ ދިގުކުރެވިގެންނުވާނެ. ކ.އަތޮޅު ދެކުނުބުރީގަ ގުޅިއާ ޖެހިގެންއޮތް ފަޅެއްގެ ފަހަތަށް މާލެލާފަ ގުޅީމީހާ ބާކީކޮށްފަ މާލޭމީހާއަށް ދޭނަމަ އެއީ ހަމަނުޖެހޭ އުސޫލު.
މާލެ މާލެ
08 December 2025
ތިމީހުން އެދެންވީނު ތިއަތޮޅުން ރަށެއް އެއްފަސްކޮއްފަ ބޮޑު ސިޓީއެއް ހަދާފަ އެތަން ތަރަށްގީ ކުރަން. އޭރުން ހުރިހާ ކަމެއް ރަށުގަ ތިބެގެން ވާނެނު. މާލެ މާލެ ކިޔުން ހުއްޓާލަން ވެއްޖެއެއްނު. ޙަމަ މާލެއަށްތަ އަންނަންޖެހެނީ.
މުއްދަތު
08 December 2025
މުއްދަތު ކުރުކުރުމަކީ ބޮޑެތި ގޯސްތައް ހިނގާނެ ކަމެއް. ގޯތި ހޯދުމުގެ ބޭނުމުގައި މާލޭގައި ރަޖިސްޓަރީ ވުމާއެކު ގިނަ ދަރިންނާއި ގިނަ އަނބިންނާއި މައިންބަފައިން ބަލާ ކަމަށް ހުށަހަޅާނެ. ނަތީޖާއަކަށްވާނީ މާލޭގައި އުޅޭތާ އެތައް އަހަރެއްވީ މައިކްރޯ ފެމިލީތައް ބާކީވެ އިއްޔެ މެންދުރު ޖެހުނު މީހުންނަށް ފުރުޞަތު ލިބުން. ގިނަ މީހުންގެ ޝަކުވާއަކީ މާލޭގައި އުޅޭތާ އެތައް އަހަރެއްވީއިރު ބޯހިޔާވަހިކަމެއް ނެތުން. މުއްދަތު ކުރުކުރުމުން އަނެއްކާވެސް މިކަން އިތުރުވާނެ.
ސިބާ
08 December 2025
ކޮންމެ ވެރިޔަކުވެސް ކަރާފަޅާފަ ފައިބައިގެން ދަނީ ބޯހިޔާވަހިކަމެއް ނެތި ރައްޔިތުން ބޮޑުކުލީގަ ހަނާވަނީ