އިމިގްރޭޝަނުން އަތުލައިގަތް ބިދޭސީން ގެއެއްގެ ފާހާނާ ތެރޭގައި ކައްކަން ބޭނުންކުރާ ސާމާނު ބަހައްޓައިފައި.-- ފޮޓޯ: އިމިގްރޭޝަން
08 ޑިސެމްބަރ 2025 - 09:32
އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް އަދި އެ ތަކެތި އާންމުންނަށް ޑެލިވަރީ ކުރަމުންދިޔަ ތަނަކާއި ބިދޭސީން ދިރިއުޅެމުންދާ ހަތަރު އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކުރުމަށް ފަހު ބިދޭސީންތަކެއް އިއްޔެ އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން ބުނީ އެމީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔައީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ފިޔަވަޅު އަޅަން ހާއްސަކޮށްފައިވާ ޓާސްކުފޯހުން ރޭ މާލޭގެ ދިލްކުޝާގޯޅީގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ކަމަށެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، އެ ތަންތަނުގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ 18 ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ރޭ ގެންދިޔަ އެވެ.
އިމިގްރޭޝަނުން އަތުލައިގަތް ބިދޭސީން ވިއްކަން ތައްޔާރުކޮށްފައި ހުރި ލުއި ކާނާ ޕެކެޓްތައް.-- ފޮޓޯ: އިމިގްރޭޝަން
ސާފުތާހިރުކަމެއް ނެތް އެތަނުގެ ތެރޭގައި އެ މީހުން ތައްޔާރު ކުރަމުން ދިޔަ ތަކެތީގެ ތެރޭގައި އާންމުކޮށް ފިހާރަތަކުން ގަންނަން ލިބެން ހުންނަ ތެލުލިފަތާއި މަސްމިރުހާއި ހިކިމަހުގެ އިތުރުން އެކި ކަހަލަ ގުޅަ އާއި ލުއިކާނާގެ ވައްތަރުތައް ހިމެނެ އެވެ.
އެ އިދާރާއިން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، "އަލިކޮ އިންވެސްމަންޓް" ބްރޭންޑުގެ ނަމުގައި މުރާލި އައި ރިހާކުރު ޗިޕްސް އާއި ގުޅަ ޕެކެޓާއި މަސް ޕެކެޓް ބަންދުކޮށްފައި ހުއްޓެވެ. އެ ބްރޭންޑުގެ ލޭބަލްގައި އާންމުކޮށް ވެސް މާލޭގެ އެކި ފިހާރަތަކުގައި އެއްޗެހި ވިއްކަ އެވެ.
އިމިގްރޭޝަނުން ރޭ އަތުލައިގަތް ބިދޭސީން.-- ފޮޓޯ: އިމިގްރޭޝަން
ބިދޭސީން އެ ތަކެތި ތައްޔާރުކޮށް ބަންދު ކުރަމުން ދިޔައީ، އެމީހުން ނިދުމަށް ބޭނުންކުރަމުން ދިޔަ ކޮޓަރީގެ ބަންކު ބެޑުތަކުގެ މަތީގަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އޭގެ ތެރެއިން ބައެއް މީހުން ކެއްކުމަށް ބޭނުން ކުރަމުން ދިޔައީ ފާހަނާއެކެވެ. އުނދުނާއި ތެލިތައް ވެސް ހުރީ ފާހާނާ ތެރޭގަ އެވެ.
ތެލުލާން ތައްޔާރުކޮށްފައި ހުރި ގުޅަ އާއި ކޮށާފައި ހުރި ފިޔާ ވެސް ހުރީ ފުއް ގޯނިތަކެެއްގެ މަތީގަ އެވެ. ތެލުލާފައި ހުރި ލުއިކާނާ އަޅާފައި ހުރީ ބޮޑެތި ތަށިތައްޓަށާއި ހުސް ފޮށިގަނޑުތަކަށެވެ.
މިގޮތަށް ބިދޭސީން އިސްވެ، ނުތާހިރުކޮށް ކާބޯތަކެތި ހަދަން ބޭނުންކުރާ ގޭގެ އާއި ފްލެޓްތައް އިމިގްރޭޝަނުން ރެއިޑްކޮށް، ބައެއް މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް މީގެ ކުރިން ވެސް ގެންގޮސްފަ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ބަޔަކު މާލޭގެ ގެއެއްގެ ތެރޭގައި ލުއި ކާނާ ތައްޔާރުކުރަން ރެޑީކޮށްފައި.- ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 8،609 މީހަކު މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޑީޕޯޓުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލޭބަލޭ
10 December 2025
ޕަބްލިކް ހެލްތް އިން ފިހާރަތަކަށް ގޮސް ރަޖިސްޓްރީ ކޮށްފައިތޯ ޕެކެޓްތައް ހުންނަނީ ބަލާނަމައޭ ހިތައްއަރާ.... އެއްކަމެއްވެސް ނުވާނެ، މުސާ ބޮޑު ނުވެގެން އުޅޭނީ......................
ސަންތޯރ
09 December 2025
ކޮންމެވެސް ރަށެއްގެ ކަށިމާގޭ އަލީ ޝަފީގެއް ތިކަމުގަ ތި އިހުމާލުވީ.. އެކަލޭގެ ހިފާ ހައްޔަރުކުރޭ! އެކަލޭގެ ދޫވެވިފަ ހުރެގެން ނުވާނެ. އަލިކޮ އިންވެސްޓޭ ކިޔާ ރަޖިސްޓާކޮށް ބިދޭންސީންތަކަކާ ހަވާލުކޮށް ހީލަތާއި މަކަރު ހެދުމުގެ މައި މޭސްތިރި އަކީ އެ އަލީ ޝަފީގު. މިކަހަލަ މީހުންނަށް ފިޔަވަޅު ނާޅާ ބިދޭސީންނައެކަނި ފިޔަވަޅު އެޅިޔަސް ހައްލެއް ނެތް.
ގަރީނު
09 December 2025
މިރާއްޖޭގައި އެއްވެސް ހުރަހެއް ނެތި ވިޔަފާރިކުރެވެނީ ބިދޭސީންނަށާ ރިސޯޓު އޯނަރުންނަށް. އާދައިގެ ދިވެއްސަކު ކޮންމެ ކަމެއް ކުރަން ބެއްޔަސް ގާނޫނާ ގަވައިދޭ ކިޔައިގެން އެތައް ހުރަހެއް ކުރިމަތިކުރުވާނެ.
ބާބާ
08 December 2025
އަލިކޮ އިންވެސްޓް މަންޓްގެ އެއްޗެހި އެވިއްކާތަންތަނުން ނުވިއްކަަން އަންގާނެ ބަޔަކުވެސްނެއްދޯ. އެޓް ލީސްޓް އެކަން ބަލާނިމެންދެން. ވަޓް އަ ޕެތެޓިކް ކަންޓްރީ.!
ބުޖަޑާ
08 December 2025
މިިގައުމުގެ ހާލާތު ބޮޑު ތަނުން ރަގަޅުވާނެ ރައީސް ނޫސްތަކުގެ ކޮމެންޓް ސެކްޝަން ވިދާޅުވާނަމަ.
ޝިޓް ހެދިކާ
08 December 2025
ސީ ހޭކިފައިހުރި ހެދިކާ ކައިގެން ގައުމަށް ހިފެހެއްޓުމެއް ނެތި ފޮޑިތެޅެމުންދާއިރުވެސް ދެރަކަމަކީ މިކަން ބަލާނެ ބައެއްނެތީމަ.
އެމްސް
09 December 2025
އެކަން ކުރާންވެސް ގެންނަން ޖެހެނީ އިތުރު ބިދޭސީންތަކެކެވެ! އެހެނީ ސިކިއުރިޓީ ގިނަ ވަޒީފާތައްވެސް އޮތީ ބިދޭސީންނަށެވެ! ޑްރަގް ވިޔަފާރިތަކުގަވެސް ބިދޭސީންގެ ޙިއްސާ އޮންނަތަން ފަހަކަށް އައިސް ދަނީ ފެންނަމުންނެވެ!
ޑރ ވާންޗޯ
08 December 2025
އަދިވެސް ތިޔަމީހުނަށް އޮންއަރައިވަލް ވިސާދިނުން ހުއްޓާލާކަށްނުވޭތަ؟. 8000 މީހުން ޑިޕޯޓުކުރެވިގެން އުޅޭއިރު އަހަރަކު 20000 އެބަ އެތެރެވޭ.
ޗަކޮއި
08 December 2025
މިރާއްޖޭގައި އަހަރުމެން ދިވެހިން ރަގަޅަށް އުޅެން އުޅޭހާހިދަކު މުއައްސަސާތަކުން ފާޑުފާޑު ޖެއްސުންކޮށް ވިޔަނުދޭނ އުޅެނީ... ބެލެވެނީ ރޭވި ގެން ކުރާކަމެއްގޮތުގައި
ފާތުމާ
08 December 2025
ބަޔަކު ގަންނާތީ ދޯ ތިހަދަނީ. މާކެޓް ނެތްނަމަ ތިމީހުން ތިއެއް ނަހަދާނެ. ދިވެހިން އަތުން މަސައްކަތެއް ނުކޮށް ކަންނެތް ވީމަ ވާނީ ތިހެން. އަހަރުމެން ތި އެއް ނުކަން.
އެމްސް
08 December 2025
އެމީހުން މިތާ ނެތްނަމަ އެޑޮލަރުކޮޅުވެސް ރައްކާވީސްތާއެވެ!
ޔަޒީދުގެ ކޮއްކޮ
08 December 2025
ތީ ކޮން ބުރޭންޑެއްތަ؟