ސެލޫނަކަށް ވަދެ މާރާމާރީ ހިންގި ސ. ހިތަދޫ / އަސަރީވިލާ، އަލީ މަނިކު (43): އޭނާ އަކީ ފުލުހުންގެ ވަޒީފާގައި މަސައްކަތް ކުރާ މީހެއް.-- ފޮޓޯ: ޕޮލިސް
08 ޑިސެމްބަރ 2025 - 09:20
ސެލޫނަކަށް ވަދެ މާރާމާރީ ހިންގި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ފުލުސް މީހާ އެކަން ކުރި އިރު ހުރީ "ހަމަޔަކު ނޫން" ކަމަށާއި އެހެން ދިމާވީ ނުނިދާ އެތައް ދުވަހެއް ވުމުން ކަމަށް ކޯޓުގައި ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރި އަލީ މަނިކު، 43، ގެ ބަންދަށް ފަސް ދުވަސް ދީފައި ވަނިކޮށް އިއްޔެ އަލުން ކޯޓަށް ގެންދިޔަ އެވެ. އެއީ އޭނާގެ ބަންދުގެ މުއްދަތު އެންމެ ފުރަތަމަ ދިނީ ވެސް ހައްޔަރުކޮށްފައި ހުއްޓާ ކަސްޓޯޑިއަލް ތެރެއަށް ވެއްޓި ހަރަކާތް މަދުވާން ފެށުމުން ހޮސްޕިޓަލަށް ގެންގެންގޮސް އެޑްމިޓުރަން ޖެހުމުންނެވެ. އެ ދުވަހު ގާޒީ އަންގަވާފައި އޮތީ ހޮސްޕިޓަލުން ދޫކޮށްލާތާ ގިނަވެގެން 24 ގަޑިއިރު ތެރޭ އަލުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރުމަށެވެ.
މުސާރަ ނުލިބޭ ގޮތަށް މިހާރު ސަސްޕެންޑްކޮށްފައިވާ އަލީ މަނިކު އިއްޔެ ކޯޓުގައި ބުނީ އޭނާ ހަމަނުޖެހުން ހިންގި ސެލޫނަކީ އޭނާ ކުރިން ވެސް ގޮސް އުޅޭ ތަނެއް ކަމަށެވެ. އެ ދުވަހު ދިޔައިރު ހުރީ ނުނިދާ އެތައް ދުވަހެއް ވެފައި ކަމަށާއި އެހެންވެ ހުރީ ހަމަޔަކު ނޫން ކަމަށް ބުންޏެވެ.
މީގެ ކުރިން ކުށުގެ އެއްވެސް ރެކޯޑެއް ނެތް އަލީ މަނިކު މި މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލެއްގެ އެހީތެރިކަމާ އެކުގައި ކަމަށް އިއްޔެ ބުންޏެވެ. އެހެންވެ ގާޒީ ނިންމެވީ ބަންދަށް ކުރު މުއްދަތެއްގެ ގޮތުގައި އިތުރު ފަސް ދުވަސް ދިނުމަށެވެ.
ފުލުހުން ކޯޓުގައި ބުނި ގޮތުގައި އަލީ މަނިކު ވަނީ ސެލޫން ތެރޭ ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުން ދީ އަދި އެކަން ހުއްޓުވަން ދިޔަ ފުލުހަކަށް ވެސް ހަމަލާދީފަ އެވެ. އެ ފުލުސް މީހާއަށް ވެސް އަނިޔާވެފައިވާ ކަމަށް ކޯޓުގައި ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޙްލާޤު
09 December 2025
ރަނގަޅަށް ސްކްރީން ނުކޮށް ސިޔާސީ މީހުން ބުނެގެން ވަޒީފާ ދޭތީ ވާ ގޮތް މީ. ޕޮލިސް އަދި ސިފަެިންގެ އަށް މީހުން ވަށްދަން ވާނި ހުރިހާ ސްކްރީންއެއް ހަދާފަ. ދެންވެސް ކޮންމެ ކޮންމެ މީހަކު ތިތަން ތަނަށް ނުވައްދާ. މީހާގެ އަޙްލާޤު މިހެން ގޮސް އެތަށް ކަމެއް ބަލަން ޖެހޭ.
ފަނޑިޔާރު
09 December 2025
ބަލަ މި އިހްސާން ހަވާލުވިފަހުން މި ތަންތަން ހާދަހާ ކަދަ ވެއްޖޭދޯ
އަލިފުހާ
09 December 2025
އިސްކަންދަރު ކޮށީގައި ޔޯލަ އެސޮރު އުޅެނީ. ދެން އެތާ ތެރެ ދަންވަރު ނާޗަރަނއގީ ކުޅެނީތަ ނިދަން އުނދަގޫ ވަނީ؟
ޒިޔާ ޒ
08 December 2025
ބަލަގަ،،،،؟؟ ދައުލަތުން ކައެމެންގެ ކެޔުމާ އެކޮމަޑޭސަނަށް ދާންދެން ދީފަ ނޫސަންދަ ކިޔާފަ ކުލިނިކު ހަދާފަ ފުރީ ޕުރައިވެޓު މެޑިކަލަށް ދަންދެން ދީފަ ހުންނައިރު ނުނިދެންޔާ ޑޮކްޓަރަށް ދައްކާނީ. އާއްމު ރައްޔިތުންގެ މުދަލަކަށަ ނޫން ގެއްލުން ދޭނީ. މަ ހިތަށް އަރާ ކިހިނެތް ވެފަ ތިބޭ ބައެއް ބާއޭ މީ. މާދަމާ ކުށް ކުރާފުލުސްމީހަ ބުނާނެ ތިމަންނާ ޔާ ޖިންނި އަވަލާފައޭ ކަންނޭގެ.
ހެލޮ
09 December 2025
ގޮތެއްފޮތެއް ނެތީ. ކުރުކޮށް ބުނެވޭނީ އެހެން
ހާމުދުރު
08 December 2025
ޖަރީމާ ހިންގާފަ ކުށްކޮއްފަ ބޮލުން ރެކޭން ނުތެޅޭ. މިހަފުތާގެ ޕޮލިސް ޖަރީމާ ސީރީޒް މީ!!! އަދިވެސް އިހުސާނު ބުނާނެ ރީސެޓުކުރަނީއޭ ބަދަލު ފެންނާނޭ. މިކަހަލަ ބަދަލު ބޭނުމެއް ނުވޭ. އެހެންވެ އަހުން މިބުނަނީ މިލިޓަރީއާ އެއްވަރުގެ މުސާރައާ އިނާޔަތާ މުޅި އައުލާދަށް ފުރީ ޕުރައިވެޓް މެޑިކަލް ދޭ ވަރުގެ އަހުލާގެއް ސްޓޭންޑޭޑަޑެއް ނެތޭ ގިނަ ފުލުހުންގެ. ސިވިލްސާވެންޓު ލެވަލުއަށް އެބައިތައް ބަދަލުކުރުން ބުއްދިވެރި. އެހެންނޫނަސް ފުލުހުންނަކީ ސިވިލްބައެއް!
ރުމޭ
08 December 2025
ގިނަ ފުލުހުން ހަމައިގަ ނުތިބޭކަން އިގޭނެ މުޒާހަރާތަކުން. ނުނިދަނީކަމެއް ފަންޑިތަވެރިކަމެއް ކަމެއް ކެވޭ ބޮވޭ އެއްޗެއްގެ އަސަރު ކަމެއް ނޭގެ. އިގޭކަމަކީ ގިނަ ފުލުހުންނަކީ ނިކަން ފަސޭހައިން ރޮދި ކެނޑޭ އާސްމާނުގައި ޖެހޭ ބައެއްކަން އާއްމު ދިތިއުޅުމުގައިވެސް.
ރިސެޓު 2.0
08 December 2025
އަނެއްކާ ދެން ތިބި ފުލުހުން ނިދާތޯ ބަލާބަލަ. މާދަމާ ދެން ތިބި މީހުން ޖަރީމާ ހިންގާފަ ނުނިދޭ ފެންނުވެރޭ ބުނީމަ ނާކަ ތާހިރެއް ނުވާނެ
ތަރައްޕަނަ
08 December 2025
އަސްތަގުފިރުﷲ. ތީނަ ވެސް ނަފުސާނީކަމަށް ނިންމާފަ ދޫކޮއްލަަ. ފުލުހުން އަނިޔާވެރިވެސް ވަނީ އެހެންވީމަ ނުނިދާތީ އުތަ؟ ފަޅޮލޭ ކިޔާންދެ. ހަމަ ޖައްބާރުވެފަ ގޮތްކުޑައީ.
އިންސޯމނިއާ
08 December 2025
ތިކަލޭގެ 10 ވަރަކަށް އަހަރަށް ގުރައިދޫއަށް ބަދަލުކޮށްލަން ހުކުމެއްޖަހާލަނިކޮށް ނިދި ރަނގަޅުވެދާނެކަމަށްފެނޭ..
ދެން ހުސް ފޭކް
08 December 2025
ނުނިދާ ގިނަދުވަސް ވެގެން މާރާމާރީ ހިންގުމަކީ ތަބައީ ކަމެއްނޫން. ކޮންމެސް އެހެން ކަމެއްގެ އަސަރު ކަމަށް ވެދާނެ