ސެލޫނަކަށް ވަދެ މާރާމާރީ ހިންގި ސ. ހިތަދޫ / އަސަރީވިލާ، އަލީ މަނިކު (43): އޭނާ އަކީ ފުލުހުންގެ ވަޒީފާގައި މަސައްކަތް ކުރާ މީހެއް.-- ފޮޓޯ: ޕޮލިސް
07 ޑިސެމްބަރ 2025 - 15:35
މާލޭގައި ސެލޫނަކަށް ވަދެ އެތަނުގައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށް ސަސްޕެންޑްކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު ހިންގި އެ މާރާމާރީގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އަލީ މަނިކު، 43، ސ. ހިތަދޫ / އަސަރީވިލާ އެވެ.
ފުލުހުން ބުނީ އަލީ މަނިކު ޖިނާއީ ތުހުމަތެއްގައި ހައްޔަރުކުރުމާ އެކު އިއްޔެއިން ފެށިގެން ވަނީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކޮށްފައި ކަމަށެވެ. އަދި މައްސަލައާ ގުޅިގެން އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކުށުގެ ތުހުމަތަށް އަލީ މަނިކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ވަނީ ބަންދަށް ފަސް ދުވަސް ދީފަ އެވެ.
އެ އަމުރުގައިވާ ބުނެފައިވާ ގޮތުގައި މާރާމާރީގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓާ އަލީ މަނިކު ކަސްޓޯޑިއަލް ތެރެއަށް ވެއްޓި ހަރަކާތް ދަށްވަމުން ދިއުމުން ބަންދުގެ މުއްދަތު އިތުރުކުރީ ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދެމުން ދަނިކޮށެވެ. އެހެންވެ އޭނާ ހޮސްޕިޓަލުން ދޫކޮށްލާތާ 24 ގަޑިއިރު ތެރޭ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިކުރަން ގާޒީ ވަނީ އަންގަވައިފަ އެވެ.
އެ އަމުރުގައި މި ފުލުހުން މީހާ މިހާރު އުޅޭ އެޑްރެހެއް ކަމަށް ވެސް އޮތީ ފުލުހުންގެ މަރުކަޒު އިސްކަންދަރުކޮށި 20 އެވެ. އަދި އޭނާ ހައްޔަރުކުރީ ހަމަނުޖެހުން ހިންގި ސެލޫނުން ކަމަށް ވެސް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މހއމދ ފޅ
08 December 2025
“ފުލުހުން ބުނީ އަލީ މަނިކު ޖިނާއީ ތުހުމަތެއްގައި ހައްޔަރުކުރުމާ އެކު އިއްޔެއިން ފެށިގެން ވަނީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކޮށްފައި ކަމަށެވެ.” މިއީ މަ މިދައްކާ ވާހަކަ.. މިމީހުން ފ... އޮއްވާ ހައްޔަރު ކުރިޔަސް ސަސްޕެންޑު.. މިކަހަލަ މީހުން ވަކި ނުކޮށް ކިހިނެއްތޯ ފުލުހުންގެ އިދާރާ ރަނގަޅު ވާނީ.. ވަގުތުން ވަގުތަށް ވަކިކުރަން ޖެހޭ..…!!!
މާތްކަމޯ
07 December 2025
ސާބަހޭ. މިފަދަ ކޮންމެ 10 ފަލަސުރުޚީއަކުން 1 ސުރުޚީ ޚާއްސަވަނީ ފުލުހުންނަށް.
ޗޯރޭ
07 December 2025
“ އެ އަމުރުގައި މި ފުލުހުން މީހާ މިހާރު އުޅޭ އެޑްރެހެއް ކަމަށް ވެސް އޮތީ ފުލުހުންގެ މަރުކަޒު އިސްކަންދަރުކޮށި 20 އެވެ.” ކަލޭނޭ އެވެރިން ނުވާނެ ރަގަޅެއް
ގެދޮރޭ
07 December 2025
ފުލުހުންނަކީވެސް އިންސާނުންކަން ގަބޫލު ކުރަން. އެކަމަކު "ޕްރޮޓެކްޓް އެންޑް ސާރވް" ގެ ސްލޯގަންގެ ދަށުން ގޮސް "އެޓެކް އެންޑް ކިލް" ގެ ސްލޯގަންއަކަށް ގޮސްގެންވެސް ނުވާނެ ދޯ?
ޕާޓޭބޮސް
07 December 2025
ބްރޯ ފޭސްބުކްގަ ސަޅިއަންހެން ބިޓެއްގެ ފޮޓޯޖަހާފައިނީމަ ފުލްބޮޑީ މަސާޖަކަށް ދިޔައިރު އެވަގުތު މަސާޖުކުރަން ފިރިހެނަކުހުރީމަ މަނަމަވެސް ރަތަށްއަރާނެދޯ؟.
ރީސެޓު ފެއިލް
07 December 2025
ރިސެޓުގެ އިފެކްޓުސް މީ ކަލޭނޭ. ރިސެޓު ވާނެތަ ސިކުނޑިއާ ނަފުސްގައި ދަބަރުޖަހާ އެއްގޯސްވީމަ؟ އެހެންވެފަ ތިބި ގިނަ ފުލުހުންނަށް. މައްކާރުކަމާ ނޭއްގާނީކަމާ ވިޔާނުދާ ހުރިހާ ކަމެއްގައި ޕޮލިހުން ހޭކޭ މަތިން ފެށިގެން ތިރިއަށްވެސް
ޖަރީމާ ވީކްލީ
07 December 2025
މިހަފުތާގެ ޕޮލިސް ޖަރީމާ ސީރީޒް!!!! އަދިވެސް އިހުސާނު ބުނާނެ ރީސެޓުކުރަނީއޭ ބަދަލު ފެންނާނޭ. މިހިރަ ފެންނަނީ ބަދަލު. އެހެންވެ އަހުން މިބުނަނީ މިލިޓަރީއާ އެއްވަރުގެ މުސާރައާ އިނާޔަތާ މުޅި އައުލާދަށް ފުރީ ޕުރައިވެޓް މެޑިކަލް ދޭ ވަރުގެ އަހުލާގެއް ސްޓޭންޑޭޑަޑެއް ނެތޭ ގިނަ ފުލުހުންގެ. ސިވިލްސާވެންޓު ލެވަލުއަށް އެބައިތައް ބަދަލުކުރުން ބުއްދިވެރި. އެހެންނޫނަސް ފުލުހުންނަކީ ސިވިލްބައެއް.
ފަހުދު.
07 December 2025
މުއައްސަސާ އިސްލާހުކުރަން ބޭއްވި ކޮންފަރަންސް އިން ދަސްވި ކަންތައްތައް
ޑރ ވާންޗޯ
07 December 2025
އެހާކުޑަ ވަގުތުކޮޅެއްގެ ތެރޭގަ މާހާޑު ރިސެޓެއް ޖެއްސުނީމަ ދުންއެރީކަމަށްވާނީ!.
އޭއި
07 December 2025
ފަސްދުވަސް ޖެހީމަ ޖަލުގޮޅީގަ ނުބާއްވަންތަ، ހޮސްޕިޓަލްގަ ބޭއްވީ މޮލު ގޮތެއް ކާކުގެ ނުފޫޒެއް