ކްރިމިނަލް ކޯޓު އިދާރާ. އަދަބަށްވުރެ، ބަންދުގެ މުއްދަތު އިތުރުވާތީ، މާރާމާރީ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި މީހެއް ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލައިފި -- ފޮޓޯ: މިހާރު
30 މާޗް 2025 - 10:47
އަދަބަށްވުރެ، ބަންދުގެ މުއްދަތު އިތުރުވާތީ، މާރާމާރީ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި މީހެއް ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ، އިބްރާހިމް އިހުސާނު ނެރުއްވި އަމުރުގައިވާ ގޮތުން، ހައްޔަރުކޮށްފައި ހުރި މީހާ ބަންދުގައި ބަހައްޓައިގެން ޝަރީއަތް ހިންގުމަށް އެކަށީގެން ސަބަބެއް ދައުލަތަށް ދެއްކިފައި ނުވުމުގެ އިތުރުން، އޭނާގެ މައްޗަށް ކުށް ސާބިތުވިޔަސް އަންނާނެ ހުކުމުގެ މުއްދަތަށް ވުރެ ދިގު މުއްދަތެއް ބަންދުގައި ހުންނަން ޖެހިދާނެތީ އެ މީހާ ދޫކޮށްލީ، ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ގަބޫލުކުރެވޭތީ އެވެ.
އެ މައްސަލައިގައި ފުލުހުންގެ ހައްޔަރުގައި ބަހައްޓައިގެ ޝަރީއަތް ކުރިއަށް ގެންދަނީ 29 އަހަރުގެ ފިރިހެނެކެވެ. އޭނާ މިހާރު ވެސް ފުލުހުންގެ ބަންދުގައި ދެ މަސް ވަނީ ހޭދަކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން ބުނީ ކޯޓަށް ދައުވާ ހުށަހަޅާފައިވާ މައްސަލައެއްގައި އެކަށީގެންވާ ހެކި ހުރެ، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އެދުމުގެ ބަދަލުގައި 15 ދުވަހަށް ބަންދުކުރުމަށް ޕީޖީ އޮފީހުން ހުށަހެޅި މައްސަލަ އެ އިދާރާއިން ސާފުކޮށްދީފައި ނުވާ ކަމަށެވެ.
އަދި ޕީޖީ އޮފީހުން ބުނެފައިވަނީ އެ އިދާރާގެ ވިސްނުމަކީ ކޮންމެ 15 ދުވަހަކުން މުއްދަތު އިތުރު ކުރުން ކަމަށްވާ އިރު އެކަން އެގޮތަށް ކޮށްފި ނަމަ، ހުކުމުގެ މުއްދަތަށްވުރެ ބަންދުގައި ހުންނަން ޖެހޭ މުއްދަތު އިތުރުވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
"ދައުލަތުގެ ބޭނުމަކީ މީނާގެ މައްޗަށް އަންނަ އަދަބުގެ މުއްދަތު ހަމަވުމުން މީނާ ދޫކޮށްލުން ކަމުގައިވާ ނަމަ މިއީ ވަރަށް ބޭއިންސާފު ނިންމުމެއް،" ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވެ އެވެ.
އެ މައްސަލައިގައި ހިމެނޭ މީހާ ވަނީ އިބްތިދާއީ އަޑުއެހުމުގައި އެ ކުށަށް އިއުތިރާފުވެފަ އެވެ. އެހެންވެ މައްސަލައަށް އިއުތުރާފުވުމުން އޭނާގެ ހުކުމަކީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންޕަތު
01 April 2025
ޢެ މައްސަލައިގައި ހިމެނޭ މީހާ ވަނީ އިބްތިދާއީ އަޑުއެހުމުގައި އެ ކުށަށް އިއުތިރާފުވެފައި ކަމަށް މިޚަބަރުގައި އެވަނީ ، ދެން އިޙްސާން ޤާޟީ ޙުކުމް ނީއްވާ ލަސްކުރަން ޖެހޭ ސަބަބެއް ނެތް .
ކޮރަލް
30 March 2025
އިހްމާލް ވި މީހުންގެ މައްސަލަ ކޮބާ ؟ ބަދަލު ހޯދަން އުޅެން ވީ އެވެ .
ލާމަސީލު
30 March 2025
ހެކިހުރެ ވާނުވާ ނުޖަހާ ގަސްތުގަ ދައުވާވެސް ކުރުން ލަސްކޮށް ކުރިކަމެއްކަން ގާޒީގެ އަމުރުން އެގެން އެއޮތީ. ވަކިބަޔަކަށް ވަކިގޮތެއް. މާރުކޭޓުން ރިހާކުރުކޮޅެއް ނެގިނަމަ ޕީޖީ އޮފީހިންވެސް ެެމީހަކު ހަންނޮޅާލީސް
ޙެކިބެ
31 March 2025
ވާނުވާ ނޭންގި ރިހާކުރު ފުޅިއޭ ނުކިއަބަލަ. އޭރު ޤާނޫނުގަ އޮންނަނީ ރިހާކުރު ފުޅު ނެގީމާ ޖަލަށްލާން. ފޯން ނެގީމާ ޖޫރިމަނާ ކުރަން. ޤާނޫނު އިޞްލާހްކޮށްބަލަ ޕީޖީ އޭ ކޯޓޭ ނުކިޔާ. ކަލޭމެން ހޮވާފަ ތިވި މެންބަޅުން ހަދާ ޤާނޫނުތައް މޮޅީއެއްނު
ބެކިބެ
02 April 2025
ޕީޖީއޭ ޔޫޖީއޭ އޭޖީ ގޮވީމަ ރުޅިއަންނާނެކަމެއްނެތް. ގާނޫހަދާ މަޖިލީހަށް ގާނޫހަދަން ހުށަހަޅަނީ މިމީހުން، އިސްލާހުވެސް ހުށަހަޅަނީ މިމީހުން. އިބިފިލީގަ އޮބޮފިލި އޮވެގެން ކުށްވެރިން ދޫކުުރާއިރު، މަޖިލީހުގެ ތަޅުމުގެ ދެކެވުނު ވާހަކައިގެ މަސްދަރަށްވެސް ނުބަލާ އެއްވެސް ކޯޓަކުން. އައްމާފޮތް ކިޔަވާގެން ތިބި ގާޒީން ގިނަޔީ. ރިހާކުރުފުޅު އެއީ ހަމަ ބޭއިންސާފު. އޭގަ ބައިވެރި އެންމެން އޭގަ ހިމެނޭ. ގާނޫނުތައް ގޯސްވުން އެކަންޏެއްނޫން