ީބީބީސީގެ މޫސުމީ ޚަބަރު ގެނެސްދޭ ރިޕޯޓަރު ލުއިސް ލިއާ މިއަދުގެ ވެދާ ރިޕޯޓް ހުށަހަޅަނީ: ކުރިއަށް އޮތް ދުވަސްތަކުގައި ލަންކާއަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައި.
08 ޑިސެމްބަރ 2025 - 15:33
ކުރިއަށް އޮތް ދުވަސްތަކުގައި ސްރީ ލަންކާއަށް އަނެއްކާވެސް މޫސުން ގޯސްވާނެ ކަމަށް ބީބީސީން މިއަދު ލަފާކޮށްފި އެވެ.
ބީބީސީގެ މޫސުމީ ޚަބަރު ގެނެސްދޭ ރިޕޯޓަރު ލުއިސް ލިއާ މިއަދު ބުނީ ބަންގާޅު ކަނޑުގައި މިވަގުތު އުފެދިފައިވާ ކޮޅިގަނޑު މި ހަފުތާގައި ތޫފާނަކަށް ބަދަލުވުން އެކަށީގެންވާ ކަމަށެވެ.
"އެ ކޮޅިގަނޑު ދަތުރުކުރަނީ ބަންގާޅު ކަނޑުގެ ހުޅަނގަށް. އެ ކޮޅިގަނޑު ތޫފާނަކަށް ބަދަލު ވިޔަސް އަދި ނުވިޔަސް، މިއަދާއި މާދަމާ ލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ،" ލިއާ ބުންޏެވެ.
ލަންކާގެ މޫސުމާ ބެހޭ އިދާރާއިން މިއަދު މެންދުރު ފަހު ވަނީ ވިދާއި ގުގުރާނެ ކަމަށް ލަފާކޮށް މިރޭ 11:00 އާ ހަމަށް އެ ގައުމުގެ ދެކުނުގެ ހަތް ސަރަހައްދަކަށް ރެޓް އެލާޓް ވެސް ނެރެފަ އެވެ.
Issuing an advisory for severe lightning, effective until 11.00 pm today, the Met department has issued red alerts to 07 districts and amber alerts to 05 districts.
— NewsWire 🇱🇰 (@NewsWireLK) December 8, 2025
D: https://t.co/LkL8D77D2V pic.twitter.com/cMxNRlrS4E
ލަންކާއަށް މޫސުން ގޯސްވާނެ ކަމަށް އަނެއްކާވެސް ލަފާކޮށްފައިވާއިރު، މިދިޔަ ހަފުތާގައި އެ ގައުމަށް އެރި ތޫފާން ދިތުވާގައި ގިނަ ބަޔަކު މަރުވެ އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.
ތޫފާން ދީތުވާގައި 600 އަށް ވުރެ ގިނަ މީހުން މަރުވެ، 200 އާ ގާތްކުރާ އަދަދަކަށް މީހުން ގެއްލުމުގެ އިތުރުން އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. އެއީ 2004 ގެ ސުނާމީގެ ފަހުން އެ ގައުމަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ކާރިސާ އެވެ.
ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ގައުމުތަކުން ވަނީ ރެސްކިއު ޓީމުތައް ވެސް ލަންކާއަށް މިހާރު ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަޤީރު ދިވެހިން
08 December 2025
އަނެއްކާވެސް ހިނގާ ތައްޔާރުވާން ޓެލެތޯނަކަށް
ދޮޅި
08 December 2025
ރިހޭ ފައިމައްޗައް ފޮއެ....