ޖުމްހޫރީމައިދާން ކައިރިން ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތާރުއެޅިބައި. ފޮޓޯ: އެމްޓީސީސީ
08 ޑިސެމްބަރ 2025 - 19:13
ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހަދަން ފެށި މަޝްރޫއުގައި ޖުމްހޫރީމައިދާން ކައިރިން ހެދި ބައި ނިންމައި މިއަދު ހުޅުވާލައިފި އެވެ.
މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު ތާރު އަޅައިގެން އަލުން ހަދައި ހުޅުވީ ފަޅުތެރެއިން ބައެއް ހިއްކައި، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށްފަ އެވެ. އެ މަސައްކަތް ކުރުމަށް މަގުގެ އެ ސަރަހައްދު ބަންދުކުުރީ މިދިޔަ އޯގަސްޓް މަހު އެވެ.
މިއީ ބޭރު މަގު ހެދުމުގެ ފުރަތަމަ ސެގްމަންޓް ކަމަށް ވާއިރު ދެން ފަށާ ދެ ވަނަ ސެގްމެންޓުގައި ހަދާނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދެވެ. އެ ސަރަހައްދުގެ ވެސް މަގު ފުޅާކޮށް، ތާރު އަޅާނެ އެވެ.
އެކަމަކު މިއީ ބޭރު މަގުގެ އެންމެ ބާރު ބޮޑުވާ ސަރަހައްދަށް ވާތީ ކޮންސްޓްރަކްޝަން މިނިސްޓްރީން ކަނޑައަޅާފައި ވަނީ ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް، ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ރޯދަމަހުގެ ކުރިއަށް އަންނަ އަހަރުގެ ފެބްރުއަރީ 13 އަށް ނިންމާ ގޮތަށެވެ.
ކަލަންޑަރުގައިވާ ގޮތުން ރޯދަމަސް ފެށޭނީ ފެބްރުއަރީ 18 ގަ އެވެ.
ޖުމްހޫރީމައިދާން ކައިރިން ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތާރުއެޅިބައި. ފޮޓޯ: އެމްޓީސީސީ
މަގު ހެދުމުގެ ދެވަނަ ފިޔަވަހި ފެށުމުގެ ކުރިން އާންމުންގެ ހިޔާލަށް މިދިޔަ ހަފުތާގައި ވަނީ ހުޅުވާލައިފަ އެވެ.
މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން މިދިޔަ ބުރާސްފަތިދުވަހު ބުނީ އެ މަޝްރޫއުއަކީ އާންމުންގެ އުއްމީދުތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރެވޭ ގޮތަށް ކުރިއަށް ގެންދެވޭ މަޝްރޫއުއެއްކަން ޔަގީންކުރުމުގެ ގޮތުން އާންމުންގެ ހިޔާލަށް ހުޅުވާލާ ކަމަށެވެ.
ޖުމްހޫރީމައިދާން ކައިރިން ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތާރުއެޅިބައި. -- ފޮޓޯ: އެމްޓީސީސީ
އެެހެންވެ، އެކަމާ ގުޅިގެން އާންމުން ދެކޭ ގޮތް ހޯދުމަށް ކުރިއަށް ގެންދާ އެ ސާވޭގައި އަހަނީ މަސައްކަތުން ލިބޭނެ ފައިދާ އާއި މަގު ބަންދުކުރުމުން ދިމާވާނެ، ދަތިތައް ކުޑަކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ އެވެ. އަދި މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ސަރަހައްދު ބޭނުންކުރަނީ ކޮން ބޭނުމެއްގައިތޯ އަހާފައިވެ އެވެ.
ބޭރު މަގު ހެދުމުގެ މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. މިއީ 455 ދުވަސް ތެރޭ ނިންމަންޖެހޭ މަޝްރޫއުއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަލޭގެސަން
09 December 2025
ތިޔަ މަގު ތިއޮތީ މިހާރުވެސް މުއިއްޒުވެފައި.
ހަލޯ
09 December 2025
މިއީ މާލެއަށް ކޮންމެ ދުވަހަކުވެސް ޒިޔާރަތްކުރާ އެތައް ސަތޭކަ ފަތުރުވެރިންނާއި، ލޯންޗު ފެރީގެ ދަތުރުވެރިންނާއި، ރިސޯޓުތަކުގެ މުވައްޒަފުން އަރާފޭބުމަށާއި، މަޑުކުރުމަށް ބޭނުންކުރާ ވަރަށް މުހިންމު ސަރަޙައްދެކެވެ. މިހެންކަމުން، މި ސަރަޙައްދު ޑިޒައިންކުރެވުނުއިރު މިފަދަ ކަންކަމަށް ވިސްނައި، ބޭނުންކުރާފަރާތްތަކަށް ފަސޭހަ ގޮތެއް ހެދިފައިނުވާކަމީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވޭ. ދެން ވީ އެކަން ކަން ރަގަޅުކޮއް ބަދަލުގެންނަން، ޑަބަލް ހަރަދު
ސަމީމާ
09 December 2025
ބައެއްމީހުނަށް އެއް ސެގްމެން ނިމުނީމަ ހީވަނީ މުޅި މަޝްރޫއު ކަމަށް މި ނިމުނީ ބަލަ އަދި އެ ނިމުނީ ކޯވަރެކޭ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް މަހުގެ 22 ވަނަ ދުވަހެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ
އަލީ ޝަމީމް
09 December 2025
ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ގިނަ އޮފީސްތަކާއި، ބެންކުތަކާއި އަދި މަސްމާރުކޭޓާއި ގިނަ ހޯލްސޭލް ފިހާރަ ހިމެނޭ، ސަރަހައްދަށް ގެނެވޭ އެބޮޑު ބަދަލުގެ ސަބަބުން، ވަރަށް ގިނަ ރައްޔިތުންނަށް، އެކި ގޮތްގޮތުން ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ
އަލީ ހަމީމް
09 December 2025
މާލޭގެ ގިނަ ރައްޔިތުންނަށް
މޯލްޑިވްސް 2.0-
09 December 2025
މަގެއް ފުޅާކުރުމުން ތޮއްޖެހިފައިވާ ތަނަކަށް ލުއިތަކެއް ލިބިގެންދާނެ. ސުވާލަކީ ތިޔަނޫން ތަނެއް ދުރު މުއްތަޤުބަލަކަށް ޕްލޭންކޮށްގެން ތަރައްޤީކޮށް، އެތަނަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމުގެ ވިސްނުން ނުގެންގުޅެ ތިޔަ ތަނުގައި ތިހާލުގައި ރައްޔިތުން ގަނަ ތަޅުވާނީ ކިހާ ދުވަހަކު ތޯ.
ޔާސީން ސަލާމް
09 December 2025
ޖުމުލަ 830 މީޓަރުގެ ސަރަޙައްދެއް ތަރައްގީކުރުމަށް ހިންގާ އެ މަޝްރޫއުގެ ސަބަބުން، މި ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް، އިންގިލާބީ ހެޔޮ ބަދަލެއް އަންނާނެ، އަދި ރަށްރަށަށް މުދާ ފޮނުވުމަށް އެތައް ފަސޭހައެއް ވާނެ
ރަވީން
09 December 2025
ކާރުބާރު ބޮޑު، މާލޭގެ އުތުރުފަރާތު، ބޮޑުތަކުރުފާނު މަގު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު އަކީ ހުރިހާ ރައްޔިތުންނަށް އޭގެ ފަސޭހައާއި ފައިދާ ކުރާނެ މަޝްރޫއުއެއް
ރެވީން
09 December 2025
ނުކުރާނެ. ރާއްޖެތެރޭގައި ދިރިއުޅޭ ރައްޔިތުން ކިރިޔާ ގޮތެއް އޮތަސް ތިޔަ މާލެއަކަށް އަރާކަށް ބޭނުމެއްނުވާނެ
ފަރީލާ
09 December 2025
މިކަމަކީ އެންމެނަށްވެސް ފަސޭހައެއް، ނަމަވެސް މިތާ ޖެއްސުމަށް ކޮމެންޓު ކުރާ ބަޔަކު އެބައުޅޭ، ރަށްރަށުގެ ފެރީތަކުގެ އެތަނަށް ފައިބާ މީހުނަށް މިކަމުން އެތައް ފަސޭހައެއް ވެގެންދާނެ، މިކަމުން ފައިދާ ވަނީ މާލޭ ރައްޔިތުންނަށް އެކަންޏެއް ނޫން
ފުރާލާ
09 December 2025
އެންމެންނަކަށް ނުވާނެ ފަސޭހައެއް. ތިޔައީ އިންސާނުން ދިރިއުޅެން މިހާރު ހެޔޮވާވަރުގެ ތަނެއްނޫން
ރަމްލަ
09 December 2025
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމާއެކު ދަތުރުފަތުރުކުރުމަށް އިންގިލާބީ ހެޔޮ ބަދަލެއް އަންނާނެ މިކަން މި ނިނާމާލީ ވަރަށް ބާރު ސުޕީޑުގައި
ހިބޫ
09 December 2025
ހާދަ ރާޅު ބާނީ ބޮޑު މަގެއްހެން ހީވެޔޭ ، އެއްވެސް އޮމާންކަމެއް ނެތް މަގުގައި
ސައިނީސް
09 December 2025
ޖުމްހޫރީ މައިދާން ހުޅުވީމަ ދޯ ރީތިކަން ކަށަވަރުވާނީ