ސޮލާތާއި ސަލާހް: ސަލާހް ދެން ލިވަޕޫލަށް ކުޅެފާނެ ކަމާމެދު ޝައްކު --- ފޮޓޯ: ގެޓީ އިމޭޖަސް
09 ޑިސެމްބަރ 2025 - 09:39
ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހް، ލިވަޕޫލަށް އަލުން ކުޅެފާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި، އިންޓަ މިލާނާ ދެކޮޅަށް މިރޭ ލިވަޕޫލުން ކުޅޭ މެޗަށް ނެގި ސްކޮޑްގައި ސަލާހް ހިމަނާފައެއް ނުވެ އެވެ. ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަށް، ލީގުގައި އެކަށީގެންވާ ކުޅުމެއް މި ސީޒަނުގައި ނުދެއްކެ އެވެ.
ކުރިމަތިވެފައިވާ ޕްރެޝަރުގައި ސަލާހް ވަނީ ލިވަޕޫލް ރޫޅިގެންދާ ވަރުގެ އިންޓަވިއުއެއް ދީފަ އެވެ. އެ އިންޓަވިއުގައި އޭނާ ބުނީ ކަންކަން ގޯހަށް ދިއުމުން އޭނާއަކީ ގުރުބާންކުރަން ގެންގުޅޭ ބަކަރިއަކަށް ހަދާފައިވާ ކަމަށެވެ.
މި އަހަރު ޕްރިމިއާ ލީގުގެ ތަށި ކާމިޔާބު ކުރުމަށް ފަހު ސަލާހް އުފާފާޅު ކުރަނީ: ޓީމުގައި އޭނާގެ މަގާމު މިހާރު ވަނީ ގެއްލިފަ --- ފޮޓޯ: ގެޓީ އިމޭޖްސް
ވިދިވިދިގެން ތިން މެޗުގައި ފުރަތަމަ 11 އިން ފުރުސަތު ނުދީ ބެހެއްޓުމަށް ފަހު، މިފަހަރު ސްލޮޓް ނިންމީ މިސްރުގެ ކެޕްޓަން މެޗުގެ ސްކޮޑުން ކަޓުވާލުމަށެވެ.
ސަލާހް އަލުން ލިވަޕޫލްގެ ޓީމަށް ކުޅެފާނެ ކަމާ މެދު އެއްޗެއް ނޭނގޭ ކަމަށް ސްލޮޓް ބުންޏެވެ.
"އަހަންނަކަށް ނޭނގެ ތިއަށް އެއްޗެއް ބުނާކަށް. އެ ސުވާލަށް މިވަގުތު ދޭނެ ޖަވާބެއް ނެތް،" ސަލާހް އަލުން ލިވަޕޫލަށް ކުޅެފާނެތޯ ސުވާލު ކުރުމުން ސްލޮޓް ބުންޏެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި ކުޅުންތެރިޔަކު އެނބުރި އައުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ. އަހަރެން އެހިސާބުން ދޫކޮށްލާނަން.
"އަހަރެމެން މި ތިބީ ބޮޑު މެޗެއްގެ ކުރިމަތީގައި ލީޑްސް އަތުން 3-3 އިން އެއްވަރުވި މެޗަށް ފަހު އެންމެ 36 ގަޑިއިރު (އިއްޔެއާ ހަމަ އަށް) މިވީ.
"އަހަރެން މަސައްކަތް ކުރީ އަހަރެންގެ ޓީމު އެންމެ ރަނގަޅަށް ތައްޔާރު ކުރަން. އެހެންވެ އަހަރެމެން ނިންމީ މޯ [ސަލާހް] މި މެޗަށް ނުގެންނަން. (މެޗުގެ) ފަހުން އަހަރެމެން އަނެއްކާވެސް ހާލަތު ބަލާނަން."
ލިވަޕޫލާއި އިންޓަ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ މެންދަމު 1 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަޅި ގައުމެއް
09 December 2025
މުޅި ލިވަޕޫލް ހަލާކު ކޮށްލާފަ ސަލާހު ބޮލައް ކަނޑާލަނީ.. ސުލޮޓް އަގު ބޮޑު ކޮން ގެނައި ކުޅުންތެރިން ވީފުލޮޕް. ސަލާހް ރޮބަޓްސަން ބެންޗަށް ލައިގެން ރީތިވޭނު އެބަ
ކިޅުންތެރިންގެ ވިންދު
09 December 2025
ދިވެހި ރާއްޖެނަމަ މުޅިއުމުރައް ކުޅެވޭނެ އެގޮތުން އަދިވެސް އެތުލެޓިކުސްގަ މުޅިންވެސް އެއްނަމެއް ފަހަތުން އަންނަން ތިބި ޒުވާން އެތުލީޓުންނައް ދުވަހަކުވެސް ފުރުސަތެއް ނުލިބޭ. ސަލާހު އަކީ މޮޅުކުޅުންތެރިއެއް އެކަމަކު އަބަދު އެއްފެންވަރެއްގަ ނުކުޅެވޭނެކަން އަމިއްލައަށްވެސް އެނގެންވާނެ. އެންމެ ފަހުން މިސުރު ކުޅުނު އެކުވެރިކަމުގެ މެޗް ބެލިނަމަ އެނގޭނެ ސަލާހު ގެ ފޯމް ގެއްލިފަވާވަރު. އުއްމީދު ކުރަން އިތުރު ހިއްވަރެއް ނެރިފަ މަސައްކަތްކުރާނެކަމަށް.
ބާބޫ
09 December 2025
ސްލޮޓާ ކަލޭ މިހާރު ވެސް ތިޔަހުރީ ފޭލްވެފަ. 250 މިލިޔަން ތަޅާލައިގެން ގެނައި މޮޅެތި ކުޅުންތެރިން ތަޅަނީ ނަކަސް. ދެން ސަލާހު އަށް ކަލޭ ޖައްސާލައިގެން ނެއްޓެން ނޭންގިގެން ތިޔަ އުޅެނީ ކަލޭ އަމިއްލައަށް ޒަމާން ދުއްވާލަން....ސަލާހަކީ ލިވަޕޫލު ގެ ތާރީޚުގައި ޖަވާހިރުން އަތްކަން އެޅިގެންވާ ކުޅުންތެރިއެއް...ކަލެއަށް ވީ ވަރަކީ ކޮލަޕުގެ ޓީމެއް ގޮވައިގެން ތައްޓެއް ބިންދާލުން...ކަލޭ އަމިއްލަ ޕްލޭނުން ކަލެއަށް ލިބުނީ ކޮޅުކެހި.....
ސަޅި ގައުމެއް
09 December 2025
ބޮޑު އަގުގަ ގެނައި ކުޅުންތެރިން ނައް ނުވޭ އެއްކަމެއްވެސް
އޮފްސައިޑް
09 December 2025
ރާއްޖޭގެ މޮރީނިއޯ "ސުޒޭނު"އަށް މިކަން އެގޭތަ، މިއޮތީ ބޮޑު ފުރުސަތެއްް އަވަހަށް ފޯނުކުރަންވީނުން.
ފޫހި
09 December 2025
ކަމެއްނުވާ ފޮނި ކޯޗެއް. 400 މިލިއަން ޕައުންޑް ޚަރަދުކޮށްފަ ނަތީޖާ ނުނެރެވުނީމަ އެތާހުރި މުސްލިމް ކުޅުންތެރިޔާ ބޮލުގައި އަޅުވާފަ މީނާ މުޅި މީޑިއާ ސަލާހާ ދިމާއަށް އަނބުރާލީ. ބަލާނަން މިރޭ މޮޅުވޭތޯ.
އޮނާނާ
09 December 2025
މި ފަހަކަށް އައިސް ނެދަލެންޑުގެ ކޯޗުން މި ފާހަގަވަނީ ލެޖެންޑަރީ ކުޅުންތެރިން ހަލާކުކުރާ ކޯޗުންތަކެއްގެ ގޮތުގަ، މިގޮތުން އެރިކް ޓެން ހަގް ވަނީ މެން ޔުނައިޓެޑްގެ ލެޖެންޑުން ކަމުގަވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޑޭވިޑް ޑެ ހެއާ އަށް ކުޅުމުގެ ފުރުޞަތު ނުދީ ފުރައްސާރަކޮށްފަ. ދެން މި ފެންނަނީ ލިވަޕޫލް ލެޖެންޑަކާ ސްލޮޓް ޖައްސާލައިގެން އުޅޭތަން، ރޮނަލްޑް ކޫމަން ބާސާގަވެސް ހޭވީ އެހަޑި
ކަލޭ
09 December 2025
ފިރްމިންހޯ އާއި މާނޭ ދިޔަފަހުން ތިޔަ ސަލާހް އަށް ބެންޗުގަވެސް ރަންގަޅު ކުޅުމެއް ނުދެއްކޭ
ކޮންތާކު
10 December 2025
ތީ ހުސް ދޮގު
ސަފޯޓަރ
09 December 2025
ލިވަފޫލަށް ސަފޯޓްވެސް ދެން ނުކުރާނަށް ސަލާހުއަށް ހިތަށް އެރިގޮތެއް ހަދާތި. ފޫހި ކޯޗެއް