ކާށިދޫ ކައުންސިލުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ކުރި ބައްދަލުވުމެއްގައި---- ފޮޓޯ: ރައީސް އޮފީސް
09 ޑިސެމްބަރ 2025 - 14:00
ކ. ކާށިދޫ ކައުންސިލުން ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ފަޅުރަށްތަކަކަށް ދިޔަ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނި ނަމަވެސް އެއީ ގދ. ތިނަދުއަށް ކުރި ދަތުރުތަކެއް ކަމަށް ކާށިދޫ ކައުންސިލުން ބުނެފި އެވެ.
އިއްޔެ އޮޑިޓް އޮފީހުން އާންމުކުރި ކާށިދޫ ކައުންސިލްގެ 2022 އަދި 2023 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި އިދާރީ މުވައްޒަފުންނާ އެކު 18 މީހަކު ޑިސެމްބަރު 28، 2022 އިން ޖެނުއަރީ 2، 2023 އަށް ގދ. އަތޮޅުގެ ބައެއް ރަށްތަކަށް ތަޖުރިބާ ދަތުރެއް ކޮށްފައިވާ ކަމަށެވެ.
އެ ދަތުރަށް ކައުންސިލް ބަޖެޓުން 170،726ރ. ހަރަދުކޮށްފައިވާ ކަމަށާއި މީހުން ދިރިނޫޅޭ ގދ. ކަފެނާ އާއި ގދ. ލާބަދޫއަށް ދިއުމަށް އެ ދަތުރުގައި 4،400ރ. ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް އެ ރަށްތަކަށް ދިއުމުގެ ބޭނުމާއި މަގުސަދު ދަތުރު ރިޕޯޓުގައި ބަޔާންކޮށްފައި ނެތް ކަމަށް އޮޑިޓުގައިވެ އެވެ.
ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު "މިހާރު" އަށް ވިދާޅުވީ ގުޅުން ބަދަހިކުރަން ކަމަށްބުނެ، ތަޖުރިބާ ދަތުރެއްގައި ކާށިދޫ ކައުންސިލުން ފަޅު ރަށްތަކަކަށް ދިޔަ ކަމަށް އޮޑިޓް ރިޕޯޓްގައި އޮތަސް އެއީ ތިނަދޫ ކައުންސިލާ ގުޅިގެން ކުރި އެ ދަތުރުގައި އެ ރަށު އިހުތިސާސްގައި އޮންނަ ފަޅު ރަށަކަށް ދިޔަ ވާހަކަ ކަމަށެވެ.
އޭނާ އިޝާރާތްކުރެއްވީ އެއީ ތިނަދޫގެ އިހްތިސާސްގައި ހިމެނޭ ރަށްތަކެއް ކަމަށް ވުމުން އެއީ ފަޅު ރަށްތަކަކަށް ކުރި ދަތުރުތަކެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.
"ވިސްނާލާ، ކޮންމެ ބޭފުޅަކަށް ވެސް އެނގޭނެ ކައުންސިލަކުން ނުދާނެކަން ތަޖުރިބާ ހޯދާކަށް ފަޅު ރަށަކަށް. އޮޑިޓްގެ ޑްރާފްޓުގައި އެހެން ހިމަނާފައި އޮތުމުން އެކަން ރަނގަޅު ކުރަން، އެކަން އިސްލާހުކުރަން އަޅުގަނޑުމެން ބުނިން،" އާމިރު ވިދާޅުވި އެވެ.
"އޮޑިޓްގައި ޖަހާފައި އެބަ އޮތް އަޅުގަނޑުމެން އެ ތަޖުރިބާ ދަތުރުކުރީ ގުޅުން ބަދަހިކުރަން ކަމަށް. އަޅުގަނޑުމެން އެހެންނެއް ނުބުނަން. އިސްލާހުކުރަން ވެސް އޮޑިޓްގައި އެދުނިން، ޑްރާފްޓުގައި އެހެން ހިމަނާފައި އޮތުމުން. އަޅުގަނޑުމެން ބުނި އެއްޗެއް ނޫނޭ އެއީ."
ކައުންސިލް ރައީސް ވިދާޅުވީ އެއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ކަމެއް ކަމަށާއި އޮޑިޓް ކުރަނީ ލާމަރުކަޒީ ގާނޫނަށް ރިއާޔަތް ނުކޮށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަރީއަލީ
11 December 2025
170،726ރ އިން ގޯސް މިވީ 4،400ރ.. އޯޑިޓްވެސް ގޯސް ކައުންސިލްވެސް ގޯސް
އިސްމާލު2.0
10 December 2025
ދަތުރު ރިޕޯޓު ހަދާއިރު ދެންވެސް ތަންކޮޅެއް ބޯ ބަހައްޓައިގެން އެ ރިޕޯޓު ހަދާ. އޮޑިޓަރ ޖެނެރަލް އޮފީހުން އެ ކުރަނީ ވަރަށް އާދައިގެ ކޮމްޕަލަޔަންސް އޮޑިޓުތަކެއް. އޭގަ ބަލާނީ ޗެކްލިސްޓް އުސޫލުން ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށްތޯ ކަންކަން ކޮށްފައި ހުރީ. ކައުންސިލަށް މިވަރު ކޮމްޕްލައިވެވެން ވާނެ. ދެން އެބޭފުޅުންވެސް އާންމު މަސްލަހަތަށް ވިސްނާފައި ރިޕޯޓް ލިޔާއިރު ލިޔާނީ ތިޔަހެން.
ހުސެން ޒާހިރު
10 December 2025
".މިކަމާއި ގުޅޭގޮތުން ސުވާލުކުރުމުނ،ް ކައުންސިލުން މަޢުލޫމާތު ދެއްވާފައިވަނީ މިދަތުރަކީ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި މުވައްޒަފުންގެ މޯޓިވޭޝަން އިތުރުކުރުމަށް ކޮށްފައިވާ ދަތުރެއްކަމުގައެވ.ެ" ކައުންސިލުން ދީފައިވާ މި މައުލޫމާތުން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ބެލެވެނީ ތަޖުރިބާ ދަތުރު ދިއުމަށްފަހު ފަހުން އެ ދެރަށަށް މަޖާކޮށްލަން ދާން ރައިސްގެ ހިއްޕުޅަށް އަރާވަޑައިގަތީ ކަމަށް. އެޑްލީސްޓް ޕްލޭން ދަ ޓްރިޕް ވެލް ބްރޯ.
މިސްޓަރ ވާން
09 December 2025
ކާށިދޫ ކައުްސިލުން ކުރީ ތިނަދޫއަށް ތަޖުރިބާ ދަތުރެއް ކަން ތިނަދޫ ކައުންސިލާއި އެރަށު ރައްޔިތުން އަދި ކާށިދޫ ރައްޔިތުން ދަންނަ ކަމެއް. މިފަހަރު ކައުންސިލް ވަކި ބަޔަކަށް ހޯދާދިނުމަށް އޮޑިޓް ރިޕޯޓް ވިއްކާލިން ރަނގަޅަށް މިފަޅާ އެރީ. * ހިނގާަބަލަ ތިބުނާ އޮޑިޓް އޮފިސް މިނިވަން މުއަސްސަސާ އަކުން އޮޑިޓްކުރުމަށް ގގޮވާލަން. ރާކަނި މަސް ކެވިފަ ތިބޭނީ......ސަލާމަތްް ނުވާނެ އޮޑިޓް އޮފީސް މީހުން... ގެރެންޓީ....ހެހެ
ޑުރެކިއުލާ
09 December 2025
އިހައްދުވަހު ކ.މާލޭގައި ބަޔަކު ބޭއްވި އެއްވުމެއްގަ ފޮޓޯއަށް އަރުވަން ރަށްރަށުން ރޯމާދުވާލު އެތައްހާސް ބަޔަކު ކ.މާލެއަށް ޖަމާކުރިވާހަކަ ދައްކާކަށް އަހަރެމެނެއް ނެތީމު، (ސޭކް މައި ހެޑު).
އަޖައިބުދޯ
09 December 2025
ގަސް އަހަރުގެ ދައުރެއް މި ނިމެނީ. އަހަރުމެން ނުދަން އެންމެ ތަޖުރިބާ ދަތުރެއް ވެސް. އެކަމަކު ރަށަށް ކަމެއްކޮށްދެވޭތޯ ބެލީ އަބަދުވެސް. ކާށިދޫއަށް ލިބޭ ވަރުގެ ބޮޑު ބަޖެޓެއް ނުލިބޭ އަހަރުމެންނަކަށް. ރަށަށް މި މީހުން ދައުރުގައި ކޮށްދިނީ ކޮންކަމެއްތޯ ބަލާލަބަލަ ކުއްޖަކު.
މިސްޓަރ
09 December 2025
ބޭފުޅާވެސް ބެލީ ކެވޭތޯ! ރަނގަޅަށް ބަލާމީމަ އެގޭނީ.ތިބޭފުޅާގެ ހާލަތު. މިހާރުދެން އޮޑިޓްއޮފީހަކީ ވެސް ވިކޭ ބަޔަކު އުޅޭ ތަނެއްކަން އެގިއްޖެ. އެގިއްޖެ. ކާށިދޫ ކައިންސިލުން ދިޔައި ތިނަދޫ އަށްކަން އެންމެންނަށް އެނގޭ. އޮޑިތް އޮފީހުން އާއްމުކޮށް ކޮންމެވެސް އިންތިހާ ބަކާ ދިމާކޮށް ސަރުކާރުގެ ބައެއް އޮފީސް ތަކާ ޖައްސާލާ ނުބައި ރިޕޯޓް ނެރުމަކީ އާއްމު ކަމެއް. ހެހެ
މިސް މިސްޓަރި
10 December 2025
މިސްޓަރ ސުރުހީ ނުކިޔާ އޮޑިޓް ރިޕޯޓް ކިޔާލާފަ ކޮމެންޓްކޮށްލާބަ
ޢެޑްމުންޑޯ
09 December 2025
ގދ ލާބަދުވާ އަކީ ތިނަދޫ އަށްވުރެ މާދުރުގައި އޮންނަ ތިނަދޫ އާއި ނުވެސް ބެހޭ ފަޅުރަށެއް ، ކޮންމެ ކަމެއްކޮއްފައިވެސް ނޫސްތަކަށް ޚަބަރުދިނަސް ކަމަކު ނުދާނެ ، ތަޖްރިބާ ދަތުރުތަށް ކުރަންވީ ގުޅުންވެސް ބަދަހި ކުރަންވީ އެއީ މައްސަލައެއްނޫން ، ނަމަވެސް ކައުންސިލަށް ދޫކޮއްފައި ހުންނަ ބަޖެޓުން އިސްރާފްކޮށް ކުޅިމަޖާކުރީމާ ކަމަކު ނުދާނެދޯ ؟؟؟
ދަގަތްފާނު
09 December 2025
50 އެތައް ބިލިއަން ރުފިޔާ ބަޖެޓުކޮށްގެން ކ.މާލޭ ސަރުކާރުން އަޗާތަޅަން ރެޑީވާއިރު ފަލަސުރުހީއަށް މިއަރުވަނީ ރާއްޖޭ ބޮޑު ރަށެއްގެ ކައުންސިލަކުން ކުރި ރަސްމީ ދަތުރެއްގައި ހަރަދުކުރި 4 ހާހެއްހާ ރުފިޔާގެ ވާހަކަ. އެއީ ކައުންސިލުތަކުގެ އަގުވައްޓަން ޖަހާ ގޭސް. ކ.މާލޭގަހުރި ސަރުކާރު އޮފިސްތަކުގެ ދަތުރު ހަރަދަށް މިއަހަރު ކިތައްސަތޭކަ މިލިއަން ހަރަދުކޮށްފިތޯ ބަލާފަ އެވާހަކަވެސް ނޫހުގަޖެހުން މުހިންމު.
ދސފދސފދސފ
09 December 2025
އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު ދެން އޮތީ ރަށު ކައުންސިލްތައް. މަޖިލީސް ނައިބު ރައީސް ކައުންސިްލ ބޭރު ދަރުރު ކުރާ ވާހަކަ ދެއްކީ އެބޭޅާ އެތައް ދަތުރެއް ކުރާއިރުކަން މިނޫހަށް ނޭނގޭތި ނުލިޔެވުނ
ދަގަނޑު
11 December 2025
ދަގަތްފާނަކަށް އަދި އެހެން ފާނަކަސް، 4 ހާސް ކީއްކުރަން 1 ރުފިޔާވެސް ގަވައިދާ ޚިލާފަށް ބޭނުންކޮށްފަ އިނިއްޔާ އޮޑިޓުގައި އެކަން ބަޔާންކޮށްފާނެތާދޯ؟ ދެން ތިޔަ ކުރި ތަޖުރިބާއިން ކާިދޫ ރައްޔިތުންނަށާ ކާށިދޫ ކައުންސިލް ކުރިއެރުވުމަށް ކުރި މަންފާއަކީ ކޮބާތޯ؟ ނަތީޖާ ކިހިނެއްބާ ދިޔައީ؟
އަފީފު2
09 December 2025
މިދެން ހުއްޓާލަންވެއްޖެ ކަމެއް ތަޖުރިބާ ދަތުރު އެޅުން ، ޗުއްޓީ ހޭދަކޮއްލަންވީމަ ރާއްޖެއިން ބޭރަށް ނޫނީ ރާއްޖެތެރޭ ކޮންމެވެސް ދިމާލަކަށް .ތަޖުރިބާއަކީ ކޮންމެސް ކަމަކާ ގުޅިގެން ހޯދަންޖެހޭ އެއްޗެއް . އެންމެންވެސް ކައުންސިލްތަކުގަ މިކުރަނީ އެއްމަސައްކަތެއް. ދެންކޮންތަޖުރިބާއެއް އެއްބަޔަކު އަނެއްބަޔަކަށް މިފޯރުކޮށްދެނީ..
ޙަސޭ
09 December 2025
މުއިއްޒުއާ އޭނަގެ މިނިސްޓަރުން އެކަނި ދޯ ތަންތަނަށްދާންވީ. ބަލަ ކައުންސިލަރުންނަކީ ވެސް ރައްޔިތުން އިންތިހާބުކުރިބައެއް. އެންމެންވެސް ހަރަދުކުރަނީ ޓެކުސް ފައިސާ. ޅާމަރުކަޒީގާނޫނުގައޮވޭ ތަޖުރިބާ ދަތުރުގެ ވާހަކަވެސް. އެއީހަމަކުރަންޖެހޭ ކަމެއް. ބޭނުމެއްނުހިފޭ އޮޑިޓުރިޕޯޓެއް ދޮގުމައުލޫމާތު ހިމަނައިގެން ނެރެންޖެހޭތަ. ކާކު އެރިޕޯޓުތައް މިހާތަނައް ގަބޫލުކުރީ.
ހަސްހަސޭ
11 December 2025
ހަސޭ ހާދަހާ ރުޅިއެއް ތިޔަ އައީ؟؟؟ ހަމަ ބޭކާރު 2 ލައްކަ ރުފިޔާ ތި ތަޅާ ބުރުވާލީ ހުވަދުއަތޮޅު ބަލާލަންގޮސް. ބަޔަކު އަޗާތަލާތީ އަޗާ ތަޅަންތާ ތި ދިޔައީ؟ އެހެންވީމާ ދަތުރުގެ ބޭނުން ތިއޮތީ ވަރަށް ރަނގަޅަށްވެސް އެނގިފަތާދޯ؟
ހުމިޔާ
09 December 2025
"ތަޖުރިބާ ހޯދުމުގެ ދަތުރު" ގެ ނަމުގައި ކައުންސިލުތަކުން ބެންކޮކަށާއި، ސިންގަޕޫރަށާއި، މާދުރުގައި އޮންނަ ރަށްރަށަށް ދިއުމަކީ ބޮޑު ބޭކާރު ޚަރަދެއް. މިކަން ހަމަ މަގަށް އަޅުވަން އެބަޖެހޭ