ފުލުހުން ކްރައިމް ސީނެއްގައި ހަރަކާތްތެރިވަނީ: ދެ ލޯބިވެރިއެއްގެ ދެމެދުގައި މާރާމާރީ ހިންގައި، އެކަކަށް ވަޅިން ވަނީ ހަމަލާދީފައި --- ފޮޓޯ/މިހާރު
09 ޑިސެމްބަރ 2025 - 14:15
ދެ ލޯބިވެރިއެއްގެ ދެމެދުގައި ޖެހުނު މައްސަލައެއްގައި ދެ މީހުން މާރާމާރީ ހިންގައި، އޭގެ ތެރެއިން ފިރިހެން މީހާއަށް ވަޅިން ހަމަލާދީފި އެވެ.
ފުލުހުން ބުނީ މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް މިއަދު ހެނދުނު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވެފައިވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭގެ ތެރެއިން 64 އަހަރުގެ ފިރިހެން މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށާއި އަދި އަންހެން މީހާއަށް ވެސް އަނިޔާވެފައި ވާތީ އެ ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ މިހާތަނަށް ބެލިބެލުމުން އެ ދެ މީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ މީހުން ކަމަށާއި މާރާމާރީ ހިންގީ ދެ މީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ކަމަށެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަރިފުޅު
10 December 2025
އިހަކަށް ދުވަހު ނިމިގެންދިޔަ ވަރިއަށް ބަލާއިރު ތިޔައީވެސް އެޒާތުގެ ކަމެއް. ރުޅިއައިސްގެން ކުރެވުނު ކަމެއް. ބަލަންވީ ރުޅިއައިސްގެންތޯ ނުވަތަ ލޯބިންތޯ. ރުޅިއައިސްގެން ކުރެވުނިއްޔާ ވަރިއާ އެއްގޮތަށް ނިންމަންވީ. ލޯބިން ކުރި ކަމެއް ވިއްޔާ ބަސްފޮތަށް ވަޅިލޯބި އިތުރުކޮށްފައި މައްސަލަ ނިންމަންވީ. އިހަށްވެސް ބަސްފޮތުގައި ގެރިލޯބި، ގިރިޓީލޯބި، ދޮންފުތުލޯބި ފަދަ ބަސްތައް ހުންނާނެ. ބަސްކޮށާރު މުއްސަނދިކޮށްލަން ފުރުޞަތެއް ތިޔަ ލިބުނީ.
މުސްކުޅި ލޯބި
09 December 2025
މިހެން ގިނަފަހަރަށް ވަނީ ފައިސާ ކޮޅެއް ގެންގުޅޭ މުސްކުޅި ރޯމިއޯ އެއް މިނަށްވުރެ ހަގު މީހަކާ ހިތާވެގަތީމަ. ދެން ޒުވާން އުމުރަށް ބޭނުންވާ ގިނަކަން ތަށް ފުއްދަ ނުދެވޭނެ . އަތުގަ އޮތް ހުރިހާ އެއްޗެއް ފައިބުޑަށް އޮއްސިޔަސް ފުދޭކަމަކަށް ނުވާނެ .
ވާނިޔާ
09 December 2025
ލޯބިވެރިން ގެންގުޅުން ހުއްޓުވަންވީ! ލައިކްވާ މީހަކު ހޯދާފަ އިންނަންވީ. ދަސްކޮށް އެނގެންބޭނުންވާ ކަމެއް ހޯދާނީ އޭގެ ފަހުން.
ބައްޕީލެހެރީ
09 December 2025
އަންހެން ކަނބަލުންނަށް ވަރަށް އިހުތިރާމު ކުރައްވަންޖެހޭނެ. އެކަނބަލުންނަކީ މަހަކު އެއްފަހަރު ހޯމޯންގެ ވަރަށް ބޮޑު ތޫފާނަކާ ކުރިމަތިލާންޖެހޭ ބައެއް. އެދުވަސްވަރު ފިރިމީހާ ނޭވާ ލާތީވެސް އެކަނބަލުން ރުޅިއަަދޭ. .
ކަވީތާކުރިޝްނަމުރްތީ
09 December 2025
ބައްޕީދާ އަށް ވިސްނޭ
ބައްޓޭ
09 December 2025
މިހާރު 64 ނޫނީ 65 އެހާ މުސްކުޅި އުމުރެއް ނޫން . ބަލާފަ ވެސް ނުޖަހާ މީހުން މިހާރު ތިބޭ ގޮތުން.
ދޮންއާދަނު
09 December 2025
ތިޔައީ މާރާމާރީއެއްކަމަށް ނުބެލެވޭނެ. އެހެނީި ރުޅީގައި ކުރެވޭކަމަކީ ހަގީގަތުގައި ގަސްތުގައި ކުރާކަށް ކުރެވޭނެ ކަމެއްނޫން
ކަޅުއާދަނު
10 December 2025
އެހެންތާ ވާނީ ރުޅީގައި ކުރާ ވަރި ވަރިއަކަށްް ނުވާނަމަ ރުޅީގައި ހިންގޭ މާރާމާރީވެސް މާރާމާރީއަކަށް ނުވާނެކަމަށް އަހުރެނަށް ބެލެވެނީ. ރުޅީގައި ހިންގޭ މާރާމާރީއާމެދު ދީނީ ޢިލްމުވެރިން ދެކޭގޮތެއް އެނގެން މަ ބޭނުން.
ބޯހަލާކު
09 December 2025
ކޮންދެ ލޯބިވެރިންނޭ ކިޔާކަށް. އަންހެނަކާ ފިރިހެނަކު ލިޔޭ. ހިތާވެގެންގޮސް މާރާމާރިހިންގަނީ. "ފިރިހެން މީހާއަށް ވަޅިން ހަމަލާ ދީފިއެވެ." މީގެ ބަދަލުގަ ލިޔަންޖެހޭނީ "އަންހެންމީހާ ފިރިހެން މީހާއަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި". މިމީހުން އަންހެނެއް މިފަދަ ކަމެއްކުރީމަ އެނުވާނެ ބޮޑުކަމަކށް. އަދި މިނުވާނެ ޓެރަރިޒަމަކަށް
ސައްބު
09 December 2025
ލޯބި ފުރިހަމަވާނީ އޭގާ ހުރިހާ ރަހައެއް ލައިގެން.
444
09 December 2025
ނަންވާނީ ކާސިމު.
މޯލްޑިވްސް 2.0-
09 December 2025
64 & 32. ތިޔައީ އަނެއްކަހަލަ ލޯބި. ޔޫ ނޯ ވަޓް އައިމީން.