މީގެކުރިން ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި ނައްތާލުމުގެ ތެރެއިން: މަސްތުވާތަކެތި ހުރި ޕްރޮޓީން ގެންގުޅުނު ހަތަރު ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައި - ފޮޓޯ: މިހާރު
10 ޑިސެމްބަރ 2025 - 11:26
ޕްރޮޓީން ޕައުޑާގެ ގޮތުގައި މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި އިންޑިއާގެ ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 53 އަހަރުގެ މީހަކާއި 35 އަހަރުގެ މީހަކާއި 33 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ.
އެމީހުން ކްރިމިނަލް ކޯޓުގެ ބަންދު މަޖިލީހުގައި ބުނެފައިވަނީ މަސްތުވާތަކެތި ކަމަށް ފުލުހުން ތުހުމަތު ކުރާ ތަކެއްޗަކީ މަސްތުވާތަކެތި ނޫން ކަމަށާއި އެއީ ޕްރޮޓީންއެއް ކަމަށެވެ.
ކޯޓުން ނިންމާފައިވަނީ ކުށުގެ ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށާއި ފުލުހެއްގެ ބަޔާނަށް ބަލާއިރު ތުހުމަތެއް ކުރެވޭ ކަމަށެވެ. އެ މީހުންގެ ބަންދަށް ކޯޓުން ދީފައިވަނީ ފަސް ދުވަހެވެ.
އެއީ، އެމީހުން ފިލާފާނެ ކަމުގެ އިހުތިމާލު އޮތުމުންނާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބަންދު އަމުރުގައިވެ އެވެ.
ބަންދު މަޖިލީހުގައި ފުލުހުން ބުނެފައިވަނީ އަތުލައިގަތް ތަކެތީގައި މަސްތުވާތަކެތި އެކުލެވޭ ކަމަށް ތުހުމަތުކުރެވޭ ކަމަށާއި އެކަން އިތުރަށް ޔަގީން ވާނީ ތަހުލީލު ރިޕޯޓް ލިބުމުން ކަމަށެވެ. ވަގުތީ ނަތީޖާ ތިން ދުވަސް ތެރޭގައި ލިބޭނެ ކަމަށާއި އަވަސް ތަކެތީގެ ގޮތުގައި ތަހުލީލު ކުރަން ފޮނުވާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުނައިދު ޝަރީފް
10 December 2025
ރަގަޅު އަދަދެއް ވިއްޔަ ތި ނުވާނެ މަސްތުވާ ތަކެއްޗަކަށް.
މަލްށާ ޝަރީފް
10 December 2025
ގްރޭޑް ދިހައަކުން ފާސް ނުވިޔަސް ފުލުހަށް ވަދެވޭ.
ފަޅުމަސް
10 December 2025
ތި ޕައުޑަރުގެ ޗެއިސް އޮފް ކަސްޓޮޑީގައި މައްސަލަ ނުޖެހުނިއްޔާ ރަނގަޅު..