އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރުގައި ދ. ބަނޑިދޫގައި އޮތް ހާލު ދެރަ ބަލިމީހަކު ވައިގެ މަގުން މާލެ ގެނައި ވަގުތު އެސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ.-- ފޮޓޯ: މިހާރު
11 ޑިސެމްބަރ 2025 - 11:09
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ބަޔަކު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީން އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ އޮގަސްޓު މަހު އެވެ. ނަމަވެސް އެ ހިދުމަތް ދޭނެ ބަޔަކު އިއްޔެ އަނެއްކާ ވެސް އެ މިނިސްޓްރީން ވަނީ އިއުލާނެއް ކޮށްފަ އެވެ.
ހެލިކޮޕްޓަރުގެ ހިދުމަތުގެ ދަށުން ކުރަން ޖެހޭނެ ކަންކަން ވެސް އެ އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ. އެއީ؛
• ހެލިކޮޕްޓަރުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުން.
• ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސާޗު އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި އެހީވުން.
• ވިޔަފާރިގެ އުސޫލުން ފަސިންޖަރުން އުފުލުމަށްޓަކައި ޓޫރިޒަމްގެ ދާއިރާގައި ހެލިކޮޕްޓަރު ބޭނުންކުރުން.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ހިދުމަތް ދިނުމަށް ހޮވޭ ފަރާތަކަށް ރާއްޖޭގައި ޓޫރިޒަމްގެ ބޭނުމަށް ފަސިންޖަރުން އުފުލުމަށްޓަކައި 10 އަހަރުގެ މުއްދަތެއް ދޭނެ ކަމަށެވެ. އަދި އެ މުއްދަތުގައި އެހެން އެއްވެސް ބަޔަކަށް އެ ހިދުމަތް ދިނުމުގެ ހުއްދަ ނުދޭނެ ކަމަށް އިއުލާނުގައި ވެ އެވެ.
ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރުއެފްޕީ) ހުށަހަޅަން ދީފައިވާ އެންމެ ފަހު ތާރީހަކީ މި މަހުގެ 25 ވަނަ ދުވަހެވެ.
ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށްޓަކައި ޑޭޝް 8 ގެ މަތިންދާބޯޓަކާއި ސީޕްލޭނެއް ވެސް އެއާ އެމްބިއުލާންސެއްގެ ގޮތުގައި ރާއްޖޭގައި ބޭނުންކުރަން މިދިޔަ އަހަރު ވަނީ ފަށައިފަ އެވެ.
އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމަށް ފަހު، އެ ގައުމުގެ މަދަނީ މީހުންނާ އެކު އެ ބޯޓުތަކުގެ ދަތުރުތައް ވެސް ކުރިއެކޭ އެއްގޮތަށް ފެށީ ވެސް މިދިޔަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖުލައި2021
11 December 2025
ރިޒޯޓް ހަދަން 10ވަރަކަށް ރަށް ދެންޏާ ތިކަމާ އުޅެވިދާނެ. އަދި ޖެހޭނެ ބޭންކު ލޯނުވެސް ހަމަޖައްސަދޭން. މިހާރު ހަމަރެޑީ.އަލީބާބާ އިން އޯޑަރު މިޖަހަނީ 2 ހެލިކޮޕްޓަރު
ޙައްގުބަސް.
11 December 2025
ސަރުކާރުން ޗައިނާޔާ ޕާކިސްތާނާ ގުޅިގެން ރާއްޖޭގެ އެއާރފޯސް ތަރައްގީ ކުރަން ޖެހޭ.
ތީނުބައި ފަޅި
11 December 2025
ރާއްޖެއަކީ ‘އިންޑިއާ ފަސްޓް’ ޕޮލިސީ ގެންގުޅޭ ގައުމެއް. އިންޑިއާގެ އަދުއްވުންނަކަށް ރާއްޖޭގެ އަސްކަރީ އެއްވެސް ކަމަކާ ގުޅުމެއް ނުބޭއްވޭނެ. ޗައިނާއާ ވިޔަފާރި ކުރެވިދާނެ. ޕާކިސްތާނާ އޮންނާނީ ހަމައެކަނި ޑިިޕްލޮމެޓިކް ގުޅުން.
ރާވެރިބެ
11 December 2025
ބައްލަވާ! މިރާއްޖޭގަ ހެލިކޮޕްޓަރު ދުއްވަން ބޭނުންވާ ބަޔަކު ނެތް! ހެލިކޮޕްޓަރަކީ އިހުގެ އޭވިއޭޝަން ޓެކްނޮލޮޖީ. މިޒަމާނުގަ މީހުން ވެސް މުދާވެސް އުފުލަނީ ޑްރޯން އިން. ޑުބާއީ ބައްލަވާ. ވައުދެއް ވެވިފަ އޮތަސް ދެކޮޅު ނުޖެހޭ ކަމެއް ވިއްޔާ އެ ދޫކޮށްލީމަ ރައްޔިތުން ގަބޫލް ކުރާނެ. ވ.ސަލާމް.
ސަސި
11 December 2025
ސަރުކާރުން ހަދާބަލަ އެކަމަށް ކުންފުންޏެއް. އެހެން ނޫނީ އެމްއެންޑީއެފް އެއަރ ކޯރ އާ ހަވާލު ކޮށްބަލަ. ލައްކަގިނަ ޕައިލޮޓުން އެބަތިބި ދުއްވާނެ އެއްޗެއް ނެތިފަ
ޖާގަ
11 December 2025
ކޮބާހޭ ޓެކްސީރޮނގު؟