ދެވަނަ ދައުރަކަށް މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓް ހޯއްދަވަން އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ އާދަމް އާޒިމް ރޭ ހުޅުމާލޭގަައި ބޭއްވި ކެމްޕެއިން ޖަލްސާގައި.--- ފޮޓޯ: ނިޝާން އަލީ | މިހާރު
12 ޑިސެމްބަރ 2025 - 00:15
އެމްޑީޕީގެ މެމްބަރުން މާޔޫސްކޮށްލުމަށް ފަހު، މައިދާން ދޫކޮށް ފިއްލަވާނެ ބޭފުޅަކަށް އޭނާ ނުވާނެ ކަމަށާއި ދެމިހުންނަވާނީ ރައްޔިތުންގެ ހިދުމަތުގައި ކަމަށް ދެވަނަ ދައުރަކަށް މަގާމު ދިފާއު ކުރައްވަން ވާދަކުރައްވާ، މާލޭގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ އޭޕްރލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުގެ އެމްޑީޕީގެ ޓިކެޓު ހޯއްދަވަން ކެމްޕެއިން ކުރައްވާ އާޒިމް، ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވިދާޅުވީ މާލޭ ސިޓީކައުންސިލަށް އޭނާއާ އެކު ނުކުންނަވާ ބޭފުޅުން އިންތިހާބުކޮށްފި ނަަމަ ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ. ޓީމެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ މާލޭގެ އެންމެ ގޮނޑިއެއް ވެސް އެހެން ޕާޓީއަކަށް ނުދޭން ކަމަށް ވެސް އާދަމް އާޒިމް ވިދާޅުވި އެވެ.
"އަަޅުގަނޑުމެން މި މަސައްކަތްކުރަނީ ހުރިހާ ގޮނޑިއެއް އެމްޑީޕީ އަށް ކާމިޔާބު ކުރަން. ހުރިހާ ގޮނޑިއެއް، އަޅުގަނޑުގެ ހުރިހާ މަސައްކަތެއް، ހުރިހާ ވަގުތެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެމްޑީޕީ މެންބަރުންނަށް [ކައުންސިލް] ހޯދައިދޭން މަަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު ދެން ތިޔަ ހުރިހާ މެންބަރުންނަށް،" އާދަމް އާޒިމް ވިދާޅުވި އެވެ.
އާދަމް އާޒިމް ރޭ ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ބައެއް ސަޕޯޓަރުންނާ އެކު.---ފޮޓޯ: ނިޝާން އަލީ| މިހާރު
މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި އާދަމް އާޒިމާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ.
އަލީ އާޒިމަށް އަށް ނުސީދާ ބަހުގެ ހަމަލާތަކެއް ރޭގެ ޖަލްސާގައި އާދަމް އާޒިމް ވަނީ ރައްދު ކުރައްވައިފަ އެވެ.
އާދަމް އާޒިމް ވިދާޅުވީ އޭނާއަކީ ޕާޓީގެ މެންބަރުން ބުރަ މަސައްކަތުން މަގާމަކަށް އިންތިހާބު ކުރުމުން ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އޭނާ އެ އިޝާރާތްކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްޑީޕީ ދެބައިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި އުފެއްދި އާ ޕާޓީއަށް އަލީ އާޒިމް ވަޑައިގެން އެމްޑީޕީއާ ދެކޮޅަށް ކުރެއްވި މަސައްކަތްތަކަށެވެ.
އާދަމް އާޒިމް ރޭ ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ބައެއް ސަޕޯޓަރުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
"މި އާދަމް އާޒިމް އެމްޑީޕީގެ މެންބަރުންގެ ވޯޓުން ހޮވީމާ މިހިރީ ނަގިލި ލާފައި. ދެން އަަޅުގަނޑު ގުޑުވައެއް އިރާދަކުރެއްވިއްޔާ ނުލެވޭނެ. މި ޕާޓީން މަގާމުތައް ދިނީމާ، އަދި ވަކިން ހާއްސަކޮށް ރައްޔިތުންނަށް ހިދުމަތް ކުރާނެ މަގާމުތައް ދިނީމާ ފިލައިގެން ރައްކާވާނެ މީހަކަށް މި އާދަމް އާޒިމެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލްގެ އޮޑިޓެއް ހަދައި ހިޔާނާތުގެ ކަމެއް ކޮށްފައި އޮވެއްޖެ ނަމަ އެ ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅަންވީ ވައުދު ނުފުއްދަވާ ކަމަށް ވިދާޅުވެ، އަލީ އާޒިމްގެ ފާޑުވިދާޅުވުންތަކަށް ވެސް އާދަމް އާޒިމް ރައްދު ދެއްވި އެވެ.
އާދަމް އާޒިމް ވިދާޅުވި ގޮތުގައި އެފަދަ ބައެއް މައްސަލަތައް މިހާރު ވެސް ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނަށް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
12 December 2025
ތީގަ ރަނގަޅުގޮތަކީ މައިދާންދޫކޮށްފަ ނުފިލާނަމޭ ބުނުމުގެ ބަދަލުގަ ތިޖޫރީ ދޫކޮށްފަ ނުފިލާނަމޭބުނޭ!!!
ފިޔަވަޅު
12 December 2025
މީނަޔަށް ބައެއްފަހަރު ހީވެކަންނޭނގެ މީ ރާއްޖޭގެ ރައީސޭ . ނޫނީ މޭޔަރަކައްވާ ކޮންމެ މީހަކަށް ރައީސައް ވެވިދާނޭ . ޑރ މުޢިއްޒު ފަދަ ނިޔަނެތި ބަސްމަގު ރީތި ވެރިއެއް ދެން ނުހީވެ މި ޤައުމަށް ލިބިދާނެހެނެއް .
ސަސި
12 December 2025
އެމީހަކަށް މޮޅު ގޮތެއް ފެނުނީމަ ފިލައިގެންވެސް ހަމަ ދާންވީތާ.
މިއައު
12 December 2025
ފިލިއަސް ރައްޔިތުންނަށް އޭގެން ގެއްލުމެއް ނުވާނެ. ހުރެގެން ވާ ފައިދާއެއް އޮތް ހެނެއް ހީނުވޭ
އެދުރޭ
12 December 2025
މަތީގަ އިން ކޮމެންޓަށް 5 ސްޓާ ރިވިއުއެއް ދޭން ބޭނުން.
މޮޅުބެ
12 December 2025
ބުނާނެ އެއްޗެއް ނުތް ވަކި މޮޅެއް ނޫން އެއްވެސް ކަމެއް.