ކުރިން ސްޕީޑު ބްރޭކަރެއް ބަހައްޓާފައި ހުރި ތަނަކުން އެ ނަގާފައި.
12 ޑިސެމްބަރ 2025 - 14:39
ބާރަށް ދުއްވާ މީހުންގެ ސްޕީޑު ދަށްކުރުމުގެ ބޭނުމުގައި ހުޅުމާލޭގެ މަގުތަކުގައި ހަރުކުރި ސްޕީޑު ބްރޭކަރުތައް އާންމުންގެ ޝަކުވާތަކާ ހެދި ރޭ ނަގައިފި އެވެ.
އެކްސިޑެންޓުތަކާއި ކާރޫބާރުބޮޑު ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި މިދިޔަ ސެޕްޓެމްބަރު މަހު ހަރުކުރި އާ ސްޕީޑްބްރޭކަރުގެ ސަބަބުން އުނދަގޫވާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ އޮއްސާލި އެވެ. އޭރު ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ ތާރުގަނޑު ތޮރުފައިގެން ހަރުކޮށްފައިވާ އެ ސްޕީޑު ބްރޭކަރުތަކުން ކިތައްމެ މަޑުން ފޭބިއަސް އުނަގަނޑުގައި ރިއްސާ ކަމަށެވެ.
އެހެންވެ، އެ ތަކެތި ނަގައިދިނުމަށް އެދި ގިނަ ބަޔަކު ގޮވާލި އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުންތަކުގައި ވެސް ބައެއް މީހުން އެކަމަށް އެދުނެވެ.
އެޗްޑީސީން ބުނީ، އާ ސްޕީޑް ބްރޭކަރުތައް ހަރުކުރީ ރައްކާތެރި ތަނަކަށް ހުޅުމާލޭގެ މަގުތައް ހަދާށެވެ. ތިރީހަށް ވުރެ ގިނަ ސްޕީޑު ބްރޭކަރު ހަރުކޮށްފައިވާ ކަމަށް އޭރު ބުންޏެވެ.
އެކަމަކު، އެ ފާޑުކިޔުންތައް އެންމެ ބޮޑުވި ދުވަސްވަރު އަޅާނުލި ނަމަވެސް ރޭ ވަނީ ފަހުން ހަރުކުރި ހުރިހާ ސްޕީޑް ބްރޭކަރުތައް ނަގައިފަ އެވެ. އޭގެ ސަބަބެއް ރަސްމީކޮށް ނުބުނެ އެވެ.
ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ފަހުން ހަރުކުރި ސްޕީޑު ބްރޭކަރުތައް ނެގީ އާންމުންގެ ޝަކުވާ ބޮޑުވުމުންނެވެ.
މަގުމަތީގެ އެކްސިޑެންޓުތައް ގިނަ ވުމުން އެޗްޑީސީން ވަނީ ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ވެސް ބައެއް ބަދަލުތައް ގެނެސްފަ އެވެ. އޭގެ ތެރެއިން، ޓްރެފިކް އެންމެ ބޮޑު ހިސާބުތަކުގައި ރައުންޑަބައުޓު ބެހެއްޓުމާއި ބައެއް މަގުތައް އެއް ފަޅިން ދުއްވޭ ގޮތަށް ބަދަލުކުރުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުކުޅޭ
13 December 2025
މޮޔައިންތައް ނިކުމެ ކޮމެންޓްކުރަންފަށައިފި. ބަލަ މިއީކީ އެކްސިޑެންޓަކާ ބާރަށް ދުއްވުމަކާގުޅުންހުރިކަމެއްނޫނޭ. މިއީ ފައިސާކޮޅެއްހަދާލަންވީމަ އިއުލާނެއްކުރުމެއްނެތި ބަޔަކާ ހަވާލުކޮށް 12 މިލިއަން ރުފިޔާ ހަރަދުކޮށް ހިންގި ޕްރޮޖެކްޓެކޭ. މިވާގޮތް ނޭނގެދޯ؟ ދިނީ ރައްޔިތުންގެ ފައިސާ. ލިބުނީ ކޮންބަޔަކަށް؟ ބަދަލުގައި ރައްޔިތުމީހާއަށް ލިބުނީ ކޯޗެއް؟ ބަންޕަރުތަކަށް ދެން ހަދަނީ ކިހިނެތް؟
ަސދފގހޖ
15 December 2025
12 މިލިޔަން ނާރާނެ ބަމްޕަރު ތަކަށް.
ރެޓޭ
13 December 2025
ސްޕީޑް ބުރޭކަރު ހަރުކުރަންވީ ފޭސް 1 ގެ ހުރިގޮތަށް ކޮންކްރީޓް އަޅިގެން ގައިމު 20 އަހަރުވަނީ އެ މަގުތަކުގަ އެގޮތަށް އެކަންކޮށްފަ ހުރިތަން! މިވެސް ބަޔަކު ވައްކަން ކުރުމަށް ކުރިކަމެއް!ކޮންމެވެސް،ކަޓެއް ލިބޭނެތާ ކޮންމެވެސް ފަރާތަކަށް! އަނެއްކާ މިކަހަލަ ބްރޭކަރު ހަރުކުރީމާ ކޮންމެ 2 އަހަރަކުން އާކުރީމާވެސް ކޮންމެވެސް ބަޔަކަށް ކަޓެއް ނަގަން ފުރުސަތު ބޮޑުވާނެއެއްނު!
ދޮހޮއްތުބެ
13 December 2025
މިފަހަރު ތިޔަ ނަގައިގެންވާ އެކްސިޑެންޓުތަކުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ ސަރުކާރުން
ރަށްއިތުމީހާ
12 December 2025
ސައިންޓިފިކް ދިރާސާތަކެއް ކުރުމަށްފަހު ކަމަށް ބުނެ ހުޅުމާލޭގައި ހަރުކުރި ބަންޕަރުތައް އެތައް ޑޮކްޓަރުންނެއްގެ ޕްރެޝަރާއެކު ނަގައިފި. މި ބަންޕަރުތަކުގެ ސަބަބުން ސައިކަލުގައި ދަތުރުކުރާ އެތައްބަޔެއްގެ މައިބަޑަ ވަނީ ގުޑާފައި. ކުރިން ގަދަބަސް ބުނެ ނުނަގަން ހުރުމަށްފަހު ހުޅުމާލެ ބަންޕަރުތައްވެސް މިވަނީ.........
އަމީނު
12 December 2025
އަނީޔާ ވާނެވަރަކަށް ވީމަތަ ނަގަންވީ؟ އެއަނިޔާ ރައްޔިތުންނަށްދީ އެތައްދުވަހަކު އެތަކެތި ބެހެއްޓި މީހުނަށް ދިންމީހުން ކުންފުނިން ވަކިކުރަން ގޮވާލަން
މިމްހާދު
12 December 2025
ރައްޔިތުންގެ ކިރިޔާވެސް ޝަކުވާއެއް އޮތިއްޔާ މުއިއްޒު އެކަން އެބަ ހައްލުކޮށްދޭ.. މީ ރަނގަޅު ވެރިންނަކީ
ބިހޭ ކިޔާބަލަ
13 December 2025
މައްސަލަ އުފައްދާފަ ނަން ހޯދަން އެ މައްސަލަ ހައްލުކޮށްލަނީ
ސުހާނާ
12 December 2025
އެސްޕީޑް ބްރޭކަރަކީ މިކަހަލަ މަގުތަކުގަ ހަރުކުރާއެއްޗެއްނޫން. ބޭރު ގައުމުތަކުގަ އެ ފެންނަނީ ޕާކިން ބިލްޑިންގް ތަކުގަ ބޭނުންކުރާތަން. އުމުރުން ދުވަސްވީ މީހުން ގޮވައިގެންވެސް ދުއްވާނެ. ޢެކަހަލަ އަނިޔާވެރި އެއްޗިހި މަގުމަތީ ހަރުކުރީމަ އެދެވެނީ ވަރަށްބޮޑު އަނިޔާއެއް.
އަލި
12 December 2025
ތިނެގުމުން ދޭހަވަނީ ތިކަމެއް ތިކުރީ ރަނގަޅު ދިރާސާއެއް ނުކޮށްކަން. އެހެންވީމައި ކުންފުނިން ތިގެއްލުނީ އެތައް މިލިއަށް ރުފިޔާއެއް. ޒިންމާ ވާންޖެހޭ ބަޔަކު ތިބެއްޖެހޭ.
ލޮލްޒ
12 December 2025
މޮޅެތި ކޮމެންޓު ކުރަން ކޮންމެ މީހަކުވެސް ވަރަށް ގަދަވާނެ. ބުރަކައްޓަށް ކިރިޔާވެސް ތަދެއް އަރާފަ ހުރި މީހަކަށް އެނގޭނެ އެ ބްރޭކަރުތައް ކިހާ އަނިޔާވެރިކަން.
ާއަލިމޯޑު
12 December 2025
ބްރޭކަރުތައް ލީމަ އެމަގުތަކުގައި އެކްސިޑެންޓް ތައް މަދު.
ރޭނީސް
12 December 2025
އެއަށް ވުރެ އަދި އެކްސިޑެންޓުތައް މަދުވާނެ ކޮންމެ ސަތޭކަ ފޫޓަކުން ސްޕީޑް ބްރޭކަރެއް ލީމާ. ކަމެއް ކުރަންވާނީ ހުރިހާ ގޮތަކުން ވެސް ބަލާފައި. އަމާ ބުނީތީ ފަރަށް ދާ ވައްތަރަކަށް ނޫން!