އިމިގްރޭޝަންގެ މުވައްޒަފުން ރޭ މަސާޖު ޕާލާއެއް ފާސްކޮށް ގަވައިދާ ހިލާފު މުވައްޒަފުން ހައްޔަރުކޮށްގެން ގެންދަނީ.---ފޮޓޯ: އިމިގްރޭޝަން
12 ޑިސެމްބަރ 2025 - 18:38
މާލޭ ހިންގަމުންދިޔަ އިތުރު ހަތަރު މަސާޖު ޕާލާއެއް ފާސްކޮށް ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ އެ މީހުން އަތުލައިތީ ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށް ހިންގަމުން އަންނަ އޮޕަރޭޝަންގެ ތެރެއިން ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަންގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ ބިދޭސީ ފަސް އަންހެނަކު ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި ހަފުތާގެ ތެރޭގައި އިމިގްރޭޝަނުން ވަނީ އަށް މަސާޖް ޕާލާއެއް ފާސްކޮށް އެ ތަންތަން ބަންދުކޮށްފަ އެވެ. އެ ތަންތަނުން ވެސް ވަނީ ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަމުން ދިޔަ ހަތް ބިދޭސީއަކު އަތުލައިގެންފަ އެވެ.
ނަމަވެސް ރޭ ފާސްކުރި އެއްވެސް ތަނެއް ބަންދުކުރި ކަމަކަށް ބުނެފައެއް ނުވެ އެވެ.
އިމިގްރޭޝަންގެ މުވައްޒަފުން ރޭ މަސާޖު ޕާލާއެއް ފާސްކުރަނީ.---ފޮޓޯ: އިމިގްރޭޝަން
މަސާޖުޕާލާތަކުގެ ނަމުގައި މާލޭގައި ހިންގާ ވަރަށް ގިނަ ތަންތަނުގައި ހަށިވިއްކާ ކަމަށް އަބަދުވެސް ތުހުމަތު އޮވެ އެވެ. އަދި ބިދޭސީން ސޯޝަލް މީޑިއާގައި ފާޅުގައި އެފަދަ ކަންކަން އިޝްތިހާރު ވެސް ކުރެ އެވެ.
މާލެ އިން ރޭ ފާސްކުރި މަސާޖުޕާލާއެއްގައި މަސައްކަތްކުރާ ދެ ބިދޭސީއަކާ އިމިގްރޭޝަންގެ މުވައްޒަފުން ސުވާލު ކުރަނީ.---ފޮޓޯ: އިމިގްރޭޝަން
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ ތިން އަވަށުގެ ރައްޔިތުންނާ ދާދި ފަހުން ބައްދަލުކުރެއްވިއިރު ވެސް މަސާޖުޕާލާތަކުގެ ނަމުގައި ހަށިވިއްކާ ތަންތަން ހިންގާ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ވަރަށް ބޮޑަށް އައިސްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕާލަރތައް ބަންދުކުރޭ
13 December 2025
މިސަރުކާރަށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުން ނޫންކަމެއް ނުވޭ. 3 ދުވަސްކޮށްފައި ހަބަރު ސުރުހީ ހެދީމަ ނިމުނީ.
ޝަކަކަ
13 December 2025
ގިނައީ ފުލުހުން ހިންގާ ޕާލާތައް
އިހްސާސް
13 December 2025
އެކަނބަލުންގެ މޫނުތައް ނުފެންނަގޮތް ހަދާފަ އެހުރީ ކީއްވެޔޯ؟
ހަމަދު ސަލީމް
13 December 2025
ފުލުހުން ތިތަންތަނާ ވަރަށް ފަރިތަވާނެ. ނުދަންނަ ކުއްޖެއް ނުހުންނާނެ. އެންމެ ރަގަޅަށް މަސާޖްކޮއްދޭ ކުދިންވެސް އެގޭނެ.
ހަލީލު123
13 December 2025
ތިތަންނުގައި ތިބޭ ތައި އަންހެންކުދިން މަސާޖުގެ 15 މިނެޓް ތެރޭން ގޮވާނެ 1000ރފ އަށް ހެޕީ އެންޑިން ބޭނުންތޯ؟ އެތޯ މިކިޔާ މަސާޖުކުރުމަކީ؟ ދެން ބިއުޓީ ސެލޯން ހުއްދަ ދެނީ، ހުންނާނެ 3 އެނދު، އެއީ މޭކަޕް ކުރަންތަ؟ ނޫނީ ހެއަރ ޑްރެސް ކުރަންތަ؟ ބލއއނ!! މިގައުމުގަ ހަށިވިއްކާ ހިއުމަން ޓްރެފިކް ކުރުމަށް ހުއްދަ ނަންނަމުގަ ދީގެން ތިބެންވީތާދޯ؟ ސަރުކާރުން މިތަންތަން ރޯދައިގެ ކުރިން ބަންދުކުރާށޭ މިގޮވަނީ!
ކީއްވެ ވަކި ރޯދަ
13 December 2025
ޖަމަ މިހާރުވެސް ބަންދު ކުރަންވީ
ގަންބޫޓު
13 December 2025
ބޯކޮށާ ތަންތަން ބައްލަވާ ދެއްވާށޭ. އެއް ރޭޒަރު އެތަށް މީހުނަާް ބޭނުންކުރަމުންނޭ އެދަނީ. ނުރައްކާތެރި ހަމުގެ ނޫނީ ލޭގެ ބައްޔެއް އާންމުވުމުގެ ކުރިން މިކަމަށް ހައްލެއް ހޯދާ ދެއްވާށޭ. އެޗުޕީއޭ އާ ޓުރޭޑު މިނިސްޓުރީ އަކަށް މިކަމެއް ނުވެޔޭ
ފޫޅުމާ
13 December 2025
މިއީ ބޮޑުންގެ ނުފޫޒު ނެތް ތަންތަން ބަންދުކުރުމަށް ކުރާ ކަމެއް.. އަދި ކޮންޕެޓިޝަން ބޮޑު ކަމުން ކުރާ ކަމެއް ކަމަށް ޚަބަރުތައް ލިބެނީ..
އަބުދުލް ޤާދިރު
13 December 2025
ރައީސް ވިދާޅުވެފައި އޮތީ ރައްޔިތުން ފާޅުކުރާ ޚިޔާލަށް ވަގުތުން އެޓެންޑު ވާނެކަމަށް. އެހެންވެ މަސާޖު ޕާލާތައް ބަލަމުން އެ ދަނީ. އެކަމަކު އެ އީ އިންނަ ތިންދުވަހުގެ ކައިވެނިފަދަ ކަމެއް. ބޮޑުން ހިންގާ މަސާޖުޕާލާތަކާ ހަމައަށް ދިއުމުގެ ކުރިން ތިކަން ހުއްޓާނެ. އެ މަންޒަރު މިހާރު ވެސް ފެނޭ.
ހަސަންދި
13 December 2025
މިހާރު މަސާޖަކަށް ދާން ޖެހިލުންވޭ. އެކަމަކު ޔޫސޭ ބުނީ މާލެގައި ސަތޭކަ އަށްވުރެ ގިނަ މަސާޖް ޕާލާ ތައް ހުރި ކަމަށް. އަސްލު މަސާޖެއް ކޮށްލަން ދާންޖެހޭ ދިމާ މިހާރު އޮޅިއްޖެ.
ފަޅުމަސް
13 December 2025
މައްސަލައަކީ ޓޫރިސްޓު ވިސާގައި، މަސާޖުކުރުމުގެ ސެޓިފިކެޓް ނެތް މީހުން އެކަންކަން ކުރާތީ! މަސާޖު ތެރަޕީއަކީ އެކަން ކުރާ މީހުން ކިޔަވައިގެން ކުރާ ކަމެއް! ކުލައަލި އަންހެނަކު ބޭރުން ގެނެސް ގައިގައި އަތް އުނގުޅުވިޔަކަސް އެ ނުވާނެ މަސާޖު ތެރަޕީއަކަށް! ފޮނުވާލަނީ ނުބައި ވިސާއެއްގައި ތިބެ މަސައްކަތުގައި އުޅޭތީ! ބަނދު ކުރަނީ ހުއްދަ ދީފައި ނެތް ކަމެއް ކުރާތީ!
އަބްޑޫޅް +
13 December 2025
އުނހުނ. މައްސަލަޔަކީ މަސާޖު ޕާލާ ތަކުގެ މަޑަމުން ގެ ޕީއެޗުޑީ ފެންވަރު ނެތުން.