ދުވާފަރުގައި 50 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވުމަށް ފަހު ހައުސިން މިނިސްޓަރު މުއްތަލިބް (ކ) އަދި އެޗްޑީީސީގެ އެމްޑީ ޒުހައިރު ފޮޓޯއަކަށް ހުއްޓިވަޑައިގެން.
13 ޑިސެމްބަރ 2025 - 11:39
ރ. ދުވާފަރުގައި 50 ހައުސިން ޔުނިޓް އިމާރާތްކުރުން އެޗްޑީސީއާ އެކު ހައުސިން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެޗްޑީީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ސޮއިކުރެއްވީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެ އެއްބަސްވުމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އަދި ނުދެ އެވެ.
ރައީސްގެ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ދުވާފަރުގެ ހިއްކި ބިމުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް އެމްޑަބްލިއުއެއްސީއާ ވެސް ހަވާލުކޮށްފަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުއްތަލިބާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދެވެ.
ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސް ހެދުމުގެ މަސައްކަތް އެމްއޭސީއެލްއާ ވެސް މިއަދު ހަވާކުރި އެވެ. ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން ސްޕޯޓްސް ކޮމްޕްލެކްސް އަޅައި ނިމުމުން އެ ތަނުގައި ވޮލީބޯޅަ އާއި ހޭންޑްބޯލް އަދި ނެޓްބޯލް ފަދަ ކުޅިވަރުތައް ކުޅެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޮބުރީ
14 December 2025
ތިވެސް މަސްވެރިންގެ ދުވަހާގުޅުން ހުރިކަމެއްތޯ ހަމަ އަހާލީ
ޔގޔހ6ު7
14 December 2025
ތިއިން ތަނެއް ފެންނާނެތަ؟
އަފްރާސިޔާބު
15 December 2025
އެއީ ދެކުނުގެ މަސްވެރިންނަށް ދޫކުރަން ހަދަންޖެހޭ ތަންތަން. ބިންގާ އެޅީ. ބިންގާ އެހެންހުރެ ފީވާއިރުވެސް ދެކުނުގެ މަސްވެރިންނަށް ނުލިބޭނެ. ދުވާފަރު ދަންޑަހެލުގެ ނިދުމެކޭ އެއްގޮތްވާނެ. ވަގުލޮލުން ބަލާން އޮންނާނީ.
ރާވެރިބެ
13 December 2025
މިފަހަރު ހައުސިން ޔުނިޓު އަޅަނީ އެޗްޑީސީތޯ؟ ކޮބައިތޯ އެއާރޕޯޓްަްަސް ކުންފުނި؟
ޔުނިޓް
13 December 2025
ކޭން ސަންވަން ޓެލްމީ ކިހާ ހައުސިން ޔުނިޓްސް މިދިޔަ 5 އަހަރު ސޮއިކޮއް މިހާރު އެ 5 އަރުން 90% ނިމު ޔުނިޓް ތަކުގެ އަދަދު
ރާވެރިބެ
13 December 2025
ޒީރޯ
ލ،ޕ؛ޕ]؛]
14 December 2025
ދިވެހި ކުލާހަކަށް ދޭބަލަ، ސާދިޔާ އާމިނަތު ރަނގަޅުވާނެ