ޓީޗަރުންގެ އެސޯސިއޭޝަނުން ބުނި ގޮތުގައި، އައްޑޫ ހައި ސްކޫލުގައި ޓީޗަރަކާއި ދަރިވަރެއްގެ ދެމެދުގައި އެ ހަމަނުޖެހުން ހިނގަން މެދުވެރިވި މައިގަނޑު ސަބަބަކީ ދަރިވަރެއްގެ ފޯނު މެދުވެރިކޮށް ކުލާސްރޫމުގެ ސްކްރީނަށް އެޅުވި ބޭއަދަބީ ވީޑިއޯއަކާ ގުޅިގެން ދަރިވަރުގެ ފޯނު އަތުލުމަށް ޓީޗަރު މަސައްކަތްކުރުން.
އައްޑޫ ހައި ސްކޫލުގައި ދަރިވަރަކާއި ޓީޗަރަކާ ދެމެދު ހިނގި މާރާމާރި ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް.
13 ޑިސެމްބަރ 2025 - 21:38
އައްޑޫ ހައި ސްކޫލުގައި ޓީޗަރުންނަށް ހަނގާކުރުމަކީ ވަރަށް އާންމު ކަމެއް ކަމަށާއި ދަރިވަރުންގެ އަހުލާގު ހިފެހެއްޓުމުގައި އެ ސްކޫލުގެ މެނޭޖުމަންޓް ފެއިލްވެފައިވާ ކަމަށް ރާއްޖޭގެ ޓީޗަރުންގެ އެސޯސިއޭޝަން މިއަދު ބުނެފި އެވެ.
އައްޑޫ ހައި ސްކޫލުގައި ޓީޗަރަކާއި ދަރިވަރެއްގެ ދެމެދުގައި ހިންގި މާރާމާރީއާ ގުޅިގެން ޓީޗަރުންގެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެއް ދަރިވަރެއްގެ ހައްގު އޮންނަ ފަދައިން ކްލާސްރޫމެއްގައި ދެން ތިބޭ ދަރިވަރުން ހައްގު ވެސް އޮންނާނެތީ، ދަރިވަރުންގެ ހައްގުގައި ތެދުވާ ޓީޗަރަކު ބަދުނާމުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މިފަދަ މައްސަލަތަކުގައި ވާނުވާ ރަނގަޅަށް ނުބަލައި، ހަމައެކަނި ޓީޗަރަށް އަދަބު ދިނުމުގެ ސަބަބުންނާއި ދަރިވަރުންގެ ފަރާތުން ދިިމާވާ މި ބާވަތުގެ ކަންކަމުގެ ނަތީޖާއަކީ ތައުލީމީ ދާއިރާއަށް ލޯބިކުރާ ގާބިލު އެތައް ޓީޗަރުންނެއް ދާއިރާ ދެކެ ފޫހިވެ، ދާއިރާ ދޫކޮށް ދިއުން ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
ޓީޗަރުންގެ އެސޯސިއޭޝަނުން ބުނި ގޮތުގައި، އެ ޖަމިއްޔާ އިން ބެލިބެލުމުން އައްޑޫ ހައި ސްކޫލުގައި ޓީޗަރުންނަށް އުނދަގޫ ކުރުމާއި ހަނގާކުރުމުގެ މައްސަލަތައް މީގެ ކުރިން ހިނގާފައިވެ އެވެ.
"އަދި މި ކަމަކީ އެ ސްކޫލުގައި އާންމު ކަމަކަށްވެ، ދަރިވަރުންނަށް އެއްވެސް ފިޔަވަޅެއް ނޭޅި ދިއުމުގެ އާހިރު ނަތީޖާއަކަށް މި ވީ، ޓީޗަރު ސްޓްރެސްވެ، އެހެން ދަރިވަރުންގެ ހައްގުގައި ކުރި މަސައްކަތުން ނުވަތަ ކުރެވުނު ކަމަކުން އެ ޓީޗަރަށް އަދަބު ލިިބި ސޯޝަލް މީޑިއާގައި ފަލީހަތްވުމެވެ،" އެ ބަޔާނުގައިވެ އެވެ.
ޓީޗަރުންގެ އެސޯސިއޭޝަނުން ބުނި ގޮތުގައި، އައްޑޫ ހައި ސްކޫލުގައި ޓީޗަރަކާއި ދަރިވަރެއްގެ ދެމެދުގައި އެ ހަމަނުޖެހުން ހިނގަން މެދުވެރިވި މައިގަނޑު ސަބަބަކީ ދަރިވަރެއްގެ ފޯނު މެދުވެރިކޮށް ކުލާސްރޫމުގެ ސްކްރީނަށް އަޅުވާފައިވާ ބޭއަދަބީ ވީޑިއޯއަކާ ގުޅިގެން ދަރިވަރުގެ ފޯނު އަތުލުމަށް ޓީޗަރު މަސައްކަތްކުރުމުންނެވެ.
އެ އެސޯސިއޭޝަނުން ބުނީ އައްޑޫ ހައި ސްކޫލުގައި ހިނގި ހާދިސާއާ ގުޅިގެން އެ ޖަމިއްޔާ އިން ބެލިބެލުމުން ފާހަގަވި އެންމެ މުހިންމު ކަމަކީ އެ ސްކޫލުގެ ދަރިވަރުން ބެލެހެއްޓުމުގައި ސްކޫލުގެ މެނޭޖްމަންޓް ފެއިލްވެފައިވާކަން ކަމަށެވެ. އަދި މެނޭޖްމަންޓް ފެއިލްވުމުގެ ސަބަބުން ހިނގާ މި ބާވަތުގެ ކަންކަމުގައި ޓީޗަރުން ކަތިލެވުމަކީ އެ އެސޯސިއޭޝަނުން ބަލައިގަންނަ ކަމެއް ނޫން ކަމަށް ބަޔާނުގައި ބުންޏެވެ.
މި މައްސަލާގައި އައްޑޫ ހައި ސްކޫލްގެ މެނޭޖުމަންޓް ފެއިލްވެފައިވާކަން އެނގޭ އެއް ހެއްކަކީ ދަރިވަރުން ކުލާސްތަކަށް ފޯނު ގެންދިއުމަށް ހުއްދަ ދީފައި އޮތުމާއި ސްކޫލުގައި ފޯނު ގެންގުޅޭ އުސޫލެއް ހެދިފައި ނެތުމުގެ ސަބަބުން ދަރިވަރުން ފޯނުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
ކަންބޮޑުވުންތަކާ އެކު، އެ އެސޯސިއޭޝަނުން ބުނި ގޮތުގައި، ރާއްޖެއަށް ވުރެ ތަހުޒީބު ގައުމުތަކުގައި ވެސް ސްކޫލަށް ފޯނު ގެންދިޔަސް، ކުލާސްރޫމަށް ފޯނު ނުވެއްދެ އެވެ. ދަރިވަރުންނަށް ކުލާހަށް ދެވެނީ ފޯނު ބާއްވަން ހާއްސަކޮށްފައިވާ ތަނެއްގައި ފޯނު ބޭއްވުމަށް ފަހުގަ އެވެ. ދަރިވަރުން ސްކޫލުގައި ފޯނު ގެންގުޅޭ އުސޫލެއް ރާއްޖޭގައި ވެސް ހަދައި، އެ އުސޫލު ދަރިވަރުންނަށް ސާފުކޮށްދީފައި އޮންނަން ޖެހެ އެވެ.
އެ އެސޯސިއޭޝަނުން ވަނީ މި މައްސަލާގައި ވަކި ފަރާތަކަށް ބުރަ ނުވެ، މައްސަލަ ބަލައި، ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅަން އެޑިއުކޭޝަން މިނިސްޓްރީއަށް ގޮވާލައިފަ އެވެ.
އައްޑޫ ހައި ސްކޫލުގައި ޓީޗަރަކާއި ދަރިވަރެއްގެ ދެމެދުގައި މިދިޔަ ބުދަ ދުވަހު ހިނގި ތަޅާފޮޅުމުގެ ވީޑިއޯ އާންމުވުމާ އެކު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ޕޮލިހަށް ހުށަހަޅައިފަ އެވެ. ޓީޗަރުގެ ގައިގައި ދަރިވަރު ވެސް ޖަހާ މަންޒަރު ވީޑީއޯ އިން ފެނެ އެވެ.
އެ މައްސަލާގައި ދަރިވަރަށް ފިޔަވަޅު ނާޅައިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ދަރިވަރަށް ފިޔަވަޅު އަޅައިފަ އެވެ. އަހުލާގު ކިޔަވައިދޭ ޕްރޮގްރާމެއްގައި ބައިވެރިކޮށް އެ ޕްރޮގްރާމް ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަލީބެ
14 December 2025
ތިއީ އުވާލަން ޖެހޭ ޖަމިއްޔާއެއް. ތީ އިސްކަންދަރުގެ ތިބި އެންމެ ފަރުވާ ކުޑަ ޓީޗަރުން ލީޑް ކުރާ ބޮޑީއެއް. މިއަދުވެސް ޖަމިއްޔާ ރައީސް ސަލާމުގަ. މިކަހަލަ މީހުންމާހެދި ދާއިރާއަށް ހުރިހާ ހުތުރެއް. މިޖަމިއްޔާ ހިންގަން އެކަޑަމިކް ބަޔަކު އަންނަންޖެހޭ
އަހްލަ
14 December 2025
އަހުލާގު ކިޔަވާދޭ ކްލާސް ހުންނަންވީ ސްކޫލުގަ އެއްނު؟
ބަގަރ
14 December 2025
ވީޑިއޯގައި ފެންނަނީ އެހެން ކުދިން ހޭތަނާއި މިކަމަށް ހިތްވަރު ލިބޭކަހަލަ ގޮތަކަށް އުޅޭތަން. އެއްވެސް ވަރަކަށް މިކަމާއި ކަންބޮޑުވެ، ހުއްޓުވަން ނޫނީ އެކަކު އަނެކަކު ދުރުކުރަން އެއްވެސް ކަމެއް ކުރާތަނެއް ނުފެނޭ. މީގެން އެނގެނީ ޑިސިޕްލިންގެ ވަރަށް ބޮޑު މައްސަލައެއް މި ސްކޫލުގަ އެބަ އުޅޭކަން. އައްޑޫ މީހުން ފުންމައިގެން އަންނާނެ މިހެން ބުނީމަ. އެކަމު ހަގީގަތް ވާނީ ހަގީގަތައް.
ފޯނު
14 December 2025
އިލެކްޓްރޯނިކް އާލާތެއް، ކިޔަވައިދިނުމުގެ ބޭނުމަށް ފިޔަވައި ކްލާހަށް ވެއްދުން މަނާކުރަންވީ. އަދި އިލެކްޓްރޯނިކް އާލާތެއް މެދުވެރިކޮށް ކިޔަވައިދޭނަމަފިލާވަޅެއް ނިމުމުން އެ އާލާތެއް ކްލާހުން ބޭރުކުރަންވީ. މާލޭގައި ހިންގާ އިންޓަރނޭޝަނަލް ސްކޫލެއްގައި ދަރިވަރަކު ކިޔަވައިދޭ ގަޑީގައި ގޭމް ކުޅެން އިދޭ. މައިންބަފައިންނާ އެ ވާހަކަދެއްކީމާ ބުނީ އެ ގޮތަށް ނަހަދައިފިއްޔާ ކިޔަވަން ނުދާކަމަށް. އެގޮތަށް ކިޔަވަން ފޮނުވުމުގެ ބޭނުމެއް އެބައޮތްތަ.
ކުދުބެއްޔާ
14 December 2025
އައްޑޫ ހައިސްކޫލުގެ ވެރިން ގަބޫލު ނުކުރެއްވިޔަސް މިމައްސަލައިގެ އަސްލު ސަބަބަކީ ސްކޫލްގެ ވެރިންގެ މަސްއޫލިއްޔަތު ރަގަޅަށް އަދާނުކުރެވުމުގެ ސަބަބުން ހިގާފައިވާ ކަމެކެވެ. ކުދިންގެ އަހުލާގު ގޯސްވުމުން އެކަމަށް އަޅަށްޖެހޭ ފިޔަވަޅުވެސް ހުންނާނެއެވެ.
އުނބުށޭމު
14 December 2025
ހިލޭ ސާބަހަށް ބަޔަކު ހިންގާ އޮންލައިން އިސްލާމް ކްލާހެއްގައިވެސް ކޮންމެސް ގޮތަކުންބައިވެރިވެގެން ބައެއް ކުދިން ވަރަށް ހުތުރު އެއްޗެތި އެއްވެސް ކަމަކާ ނުލާ ކިޔަވައިދޭ މީހާއާ މުޚާޠަބްކޮށް ނުވަތަ އެއްވެސް ގޮތަކުން ކިޔަވައިދޭ އެއްޗަކާ ގުޅުމެއްނެތް ގޮތަކަށް ބައެއް ފަހަރު ކިޔާފައި އެބަހުއްޓެވެ. ލަފާކުރެވެނީ ސްކޫލެއްގައި އުޅުނަސް ކިޔަވަން ނޫޅި މަގުމަތީގައިއުޅޭ ކުދިން އެކުދިންފަދައިން އެހެންކުދިންވެސް ކިޔަވާތަން ދެކެން ބޭނުން ނުވާތީ ކުރާކަމެއްހެންނެވެ.
ސަފިއްޔާ މޫސާ
14 December 2025
ދަރިން ހަލާކު ވަނީ ދޭތެރެއިން. ދަރިންނަށް ދޭންޖެހޭ އަޅާލުމާއި ލޯބި ނުދެވޭތީ، ދަރިން ތިބެނީ ޓީވީ އަޅުވާފަ އެ ބަލަން 24 ގަޑިއިރު، މައިންބަފައިންނަށް ދަރިން ވެފަ ވަނީ ދުއްޕާމަކަށް އަމިއްލަ ރެސްޕޮންސިބިލިޓީ އެއް ކަމަކަށް ނުދެކޭ. ދަރިންނަށް ގޭތެރެއިން އިހުމާލުވާތީ އިޖްތިމާއީ ބިހޭވިއާ ކުދިންނަކަށް ނޭނގޭ، އެ ދަސްކޮށްދޭކަށް މައިންބަފައިންނަށް ވެސް ފޯނު ބާއްވާފަ ވަގުތު ނުދެވޭ. މީ އަޅުގަނޑަށް ފެންނަ މަންޒަރެއް ވީމަ ބުނެލީ. ރަނގަޅު ކޮށްލާ.
ކެމެރާ
14 December 2025
ކޮންމެ ކުލާހެއްގައިވެސް ކެމެރާ ހަރުކުރަންވީ...
ކާނިި
14 December 2025
ސްކޫލަތަށް ހަމައެކަނި ބައްތިފޯނު ގެންދެވޭގޮތަށް ހަދަންވީ.
ޑރ. ރާމީ ޙަސަން މަނިކު ޕީ.އެން.އެފް
14 December 2025
ސްކޫލް ތަކުގައި ޓީޗަރުން ނަށް ހަނގާ ކުރުން ޢާއްމު ވުމުގެ އެއް ސަބަބަކީ އަޅުގަނޑުމެން، ތަސައްރަފު ފުދިފައި ތިބި ބޮޑެތި ފިރިހެނުން ތަކަކަށް، ނުވަތަ އަންހެނުން ތަކަކަށް ކުޑަކުދިން ގެ ލޭބަލް ދީގެން އުޅޭތީ! މިހެން ވަނީ ޤާނޫނު ގައި މިހެން އޮންނާތީ! 18 ނުވަނީ ނަމަ ކުޑަ ކުއްޖަކަށް ޤާނޫނުން ބަލާތީ އެމީހުން މިކަމުގެ ނާ-ޖާއިޒު ފައިދާ ނަގަނީ! ކައިވެނި ކުރުމަށް ހުއްދަ ލިބޭ ޢުމުރަކީ 18 ކަމަށާއި ބޮޑު މީހަކަށް ބަލާ ޢުމުރަކީ 15 ކަމަށް ޤާނޫނު ބަދަލު ކުރަން ޖެހޭ!
ރާމޫ
14 December 2025
ބާމީ އަށްވެސް އެނގެންވީ ކަމަކީ 15 އަހަރު އެއީ ބޮޑު މީހެއް ކަމަށް ބަލައިފިއްޔާ ކައިވެނިކުރެވޭނެކަން. އެ އަނެއްކާ އަނެއް މައްސަލަ އެ ފެށުނީ. އެހެންވީމަ 18 އަހަރުގެ އުމުރެއްނޫން މީގެ މައްސަލައަކީ. މީގެ މައްސަލައަކީ ދަރިން ތަރުބިއްޔަތު ކުރުމުގައި ފެއިލްވުން. ގޭތެރެއިންވެސް އަދި ސްކޫލުންވެސް. އަދަބުދޭންޖެހޭ ދެ ތަނުންވެސް ދަރިން ނުބައި ކަންކަން ކުރާނަމަ