14 ޑިސެމްބަރ 2025 - 08:50
ބްރައިޓަން ހޯވްއެލްބިއޯން އާ ދެކޮޅަށް ކުޅުނު މެޗުގައި ސަލާހް ކުރި އެސިސްޓާ އެކު ޕްރިމިއާ ލީގުގައި ތާރީހީ ރެކޯޑެއް ހަދައިފި އެވެ.
ބްރައިޓަންއާ ދެކޮޅަށް ލިވަޕޫލުން ރޭ ކުޅުނު މެޗު ކާމިޔާބު ކުރީ 2-0 ންނެވެ. ދެ ލަނޑު ވެސް ޖެހީ ހޫގޯ އެކިޓީކޭ އެވެ. ދެވަނަ ލަނޑު ޖަހަން ސަލާހް ނަގައިދިން ކޯނަރާ އެކު އޭނާ ވަނީ ޕްރިމިއާ ލީގުގެ ތާރީހީ ރެކޯޑެއް ހަދައިފަ އެވެ.
އެއީ އެއް ޓީމުގައި އެންމެ ގިނަ ލަނޑު ޖެހުމުގައި ހިއްސާވި ކުޅުންތެރިޔާގެ ރެކޯޑެވެ. ކުރިން މި ރެކޯޑް އޮންނާނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ވޭން ރޫނީ އަތުގަ އެވެ.
އިނގިރޭސި ކުރީގެ ކެޕްޓަން ރޫނީ ވަނީ ޔުނައިޓެޑްގައި 276 ލަނޑުގައި ހިއްސާ ވެފަ އެވެ. ރޭގެ ރެކޯޑާ އެކު ސަލާހް ވަނީ ލިވަޕޫލްގައި 277 ލަނޑު ޖެހުމުގައި ހިއްސާވެފަ އެވެ.
ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ފުރަތަމަ ހާފުގައި އޭނާ ކުޅެން ނުކުތީ ޖޯ ގޭމްޒަށް އަނިޔާވުމުންނެވެ. ސަލާހް ކުޅެން ނުކުތުމުން ލިވަޕޫލްގެ ސަޕޯޓަރުން އޭނާ އަށް އިހްތިރާމުއަދާކުރި އެވެ.
މިދިޔަ ހަފުތާއަކީ އޭނާ އާއި ލިވަޕޫލްގެ މެދުގައި ރުޅިވެރިކަމާއި މޮޅިވެރިކަން އުފެދުނު ހަފުތާއެކެވެ. ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކޯޗު އާނެ ސްލޮޓަށް ސަލާހް ބަހުގެ ހަމަލާތައް ދިން އިންޓަވިއު ވައިގައި ހިފި އެވެ. ސަލާހް އާއި ލިވަޕޫލުގެ ކޯޗުން ސްޓާފުންނާ ދެމެދު ބޮޑު ކޯޅުމެއް އުފެދުނު ކަހަލަ އެވެ. ކުރީގެ ކުޅުންތެރިން ސަލާހްއާ ދެކޮޅަށް ވާހަކަ ދެއްކި އެވެ. އަންގާރަ ދުވަހުގެ ރޭ އިންޓަ މިލާނާ ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗަށް ނެގި ސްކޮޑްގައި ވެސް ސަލާހް ނުހިމަނަ އެވެ.
ރޭގެ މެޗަށް ފަހު ސްލޮޓް ބުނީ މިލާނުގެ ދަތުރުގައި ސަލާހް ބައިވެރި ނުކުރީ އެ އިންޓަވިއުއާ ގުޅިގެން ކަމަށެވެ. އެކަމަކު މިހާރު ސްލޮޓް އާއި ސަލާހްއާ ދެމެދު އުފެދުނު ހުޅުގަނޑު ވަނީ ނިއްވާލާފަ އެވެ. ލީޑްސްގެ މެޗަށް ފަހު ހިނގާދިޔަ ކަންތަތަކާ ބެހޭގޮތުން ވާހަކަ ދައްކާކަށް ވެސް އޭނާ ބޭނުމެއް ނުވެ އެވެ.
ގޯމޭޒަށް އަނިޔާވުމުން، ފުރަތަމަ ބަދަލެއްގެ ގޮތުގައި ވެސް ސްލޮޓް އިހްތިރާޔު ކުރީ ސަލާހެވެ. އޭނާ އަށް ދިން އެ ފުރުސަތުގައި ލިވަޕޫލްގެ ސަޕޯޓަރުންނާއި ސްލޮޓް ބޭނުންވި ކުޅުން ވެސް ސަލާހް ދައްކައި ދީފި އެވެ.
"އަހަރެން އިއްޔެ [ހުކުރު ދުވަހު] އޭނާއާ ވާހަކަ ދެއްކީ. އަހަރެން ކުޅުންތެރިންނާ ދައްކާ ވާހަކަތައް ދުވަހަކުވެސް (އާންމުކޮށެއް ނުހަދަން) އަދި މިފަހަރު ވެސް އިސްތިސްނާ ނުކުރާނަން. އެކަމަކު ދައްކާ ވާހަކައަށް ވުރެ އަމަލުން ފެންނަ ކަންތައް މާ ބޮޑަށް ފާހަގަ ވާނެ. އޭނާ އަނބުރާ ސްކޮޑަށް އައިސް ފުރަތަމަ ބަދަލެއް ކުރަން ޖެހުމުން އަހަރެން އޭނާ އަށް ފުރުސަތު ދިނީ. އަދި އަހަރެން ހިމެނޭ ގޮތަށް ކޮންމެ ސަޕޯޓަރަކު ވެސް އޭނާގެ ކުޅުމާ މެދު ހިތްހަމަޖެހުނު،" ސްލޮޓް ބުންޏެވެ.
ރޭގެ މެޗަކީ މި އަހަރު އޭނާ ލިވަޕޫލްގައި ކުޅޭނެ ފަހު މެޗެވެ. އޭނާ ދެން ގުޅޭނީ އެފްރިކަން ކަޕް އޮފް ނޭޝަންގައި ވާދަކުރާ މިސްރުގެ ގައުމީ ޓީމާ އެވެ. އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހު 18 އަށް އެ މުބާރާތް ކުރިއަށްދާނެ އެވެ.
ސަލާހް ކުރިން ދިން އިންޓަވިއުގައި ވަނީ، ރޭ ގެ މެޗަކީ ލިވަޕޫލްގައި އޭނާ ކުޅޭނެ ފަހު މެޗުކަން ދޭހަވާގޮތަށް ވާހަކަ ދައްކައިފަ އެވެ. ރޭގެ މެޗަށް ފަހު ސަޕޯޓަރުންނަށް އަލްވަދާއު ކިޔަން، ދެންޑުގެ ވަށަިއގެން ހިނގި އިރު އެކަން ވެދނެކަމުގެ އަސަރުތައް އޭނާގެ މޫނުމަތިން ފެނުނެނެވެ.
އެކަމަކު ސްލޮޓް ބުނީ، އެއީ ސަލާހްގެ ވާދާއީ މެޗު ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ. އަދި އެފްރިކާ ކަޕަށް ފަހު ސަލާހް އެނބުރި އައުމަށް އުއްމީދުކުރާ ކަމަށް ނެދަލެންޑްސްގެ ކޯޗު ބުންޏެވެ.
"އާނ، އޭނާއަކީ ލިވަޕޫލްގެ ކުޅުންތެރިޔެއް އޭނާގެ ބޭނުން ހިފަން އަހަރެން ބޭނުން،" ސަލާހް އެނބުރި އަންނަން އެދެންތޯ ސުވާލު ކުރުމުން ސްލޮޓް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒިމް.
15 December 2025
ރޫނީ އާއި އެލަންޝިއަރާ ސޮލާހު ދެކެ ރުޅިއައިސްގެން އުޅެނީ އެމީހުންގެ ރެކޯޑްތައް ސަލާޙް މުގުރާލާފާނެތީ.. އަދި ބަލާތި ހާލަންޑްއާއި ވެސް ޖެހެގަންނާނެ
އަސަރު68
14 December 2025
ބައެއްމީހުނަށް ހީވަނީ ތިމަންނާއޭ ހުރިހާވެސް މީހަކީ. ހަމަ ބުނާހާ ކޮންމެކަމެއް ކުރަންވާނޭ. އެކަމަކު އެއްގިންތިއާ އެއްފަންތިއެއްގެ މީހުން މިކަންކަމާދޭތެރޭ ވަރަށް ވިސްނަންޖެހޭނެ. ރުޅިއައިސްގެން ހުންނަވަގުތު އަދި މާބޮޑަށްވެސް ކަންކަމާ ވިސްނަންވާނެ. އެކަމަކު އެކަކަށްވެސް އެފަދަ ވަގުތު ކަންކުރެވެނީ އޭގެ އެންމެ ރަނގަޅަކަށްނޫން. ބަސްބުނުމުގެ ކުރިން ނުވިސްނައިފިއްޔާ ބަހުގެ އަޅަކަށް މީހާވެގެންދާނެ. ކައިރީގާ ހުންނައިރު ނުކުރި އިޚްތިރާމެއް ފަހަކުން ނުކުރެވޭނެ