އެމެރިކާ އަދި އިނގިރޭސި ކަނޑުގެ ސިފައިންގެ މަނަވަރުތަކެއް: އެމެރިކާ ސިފައިން މިދިޔަ މަހު އިންޑިއާ ކަނޑުން ބޯޓަކަށް އަރައި މުދާތަކެއް ވަނީ ހިފަހައްޓާފައި.
14 ޑިސެމްބަރ 2025 - 12:18
ޗައިނާއިން އީރާނަށް މުދާ ހިފައިގެން ދިޔަ ބޯޓެއް އިންޑިއާ ކަނޑުގައި އޮއްވައި މިދިޔަ މަހު އެމެރިކާ ސިފައިން އަރައި އަސްކަރީ ކަންކަމަށް ބޭނުންކުރެވޭނެ ބައެއް ސާމާނު ހިފަހައްޓާފައިވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފި އެވެ.
އެ ނޫހުން ބުނެފައިވަނީ ކާގޯ ބޯޓަށް އަރައި ހިފެހެއްޓީ ސްރީ ލަންކާއާ އެތައް ސަތޭކަ މޭލެއް ދުރުން، އިންޑިއާ ކަނޑުގެ ތެރެއިން ކަމަށެވެ. ބޯޓުގައި ހުރި މުދަލުގެ ތެރެއިން، އަސްކަރީ ކަންކަމަށް ބޭނުންކުރެވޭނެ ސާމާނު ހިފެހެއްޓުމަށް ފަހު ބޯޓު އޭގެ މަންޒިލަށް ދަތުރުކުރަން ދޫކޮށްލި ކަމަށް ވެސް ބުނެފައިވެ އެވެ.
ނަން ސިއްރުކޮށްދިނުމަށް ޝަރުތުކޮށް ވޯލް ސްޓްރީޓާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވެފައިވަނީ އެ ޝިޕްމަންޓަކީ އެމެރިކާއިން ފާރަލަމުން އަންނަތާ ވަރަށް ދުވަސް ވެފައިވާ ޝިޕްމެންޓެއް ކަމަށެވެ.
މިއީ ޗައިނާއިން އީރާނަށް ގެންދިޔަ މުދާތަކެއް އެމެރިކާއިން ފަހުގެ ތާރީހެއްގައި މިގޮތަށް ހިފެހެއްޓި ފުރަތަމަ ފަހަރެވެ.
އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑުން މިކަން އަދި ކަށަވަރުކޮށް ނުދެ އެވެ. އޮފިޝަލް ވިދާޅުވެފައިވަނީ އަތުލައިގަތް ތަކެއްޗަކީ އާންމު އަދި އަސްކަރީ ކަންކަމަށް ވެސް ބޭނުންކުރެވޭ ތަކެތި ކަމަށެވެ.
މިދިޔަ މަހު އެމެރިކާގެ ކޮންގްރެސްގެ ޑިމޮކްރެޓިކް ދެ މެމްބަރަކު ވަނީ ޗައިނާއިން އީރާނަށް މިސައިލް އުފެއްދުމަށް ހެދުމަށް ބޭނުންކުރާ މެޓީރިއަލްތަކެއް ފޮނުވި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓާއި ސީއައިއޭގެ ޑިރެކްޓަރަށް ގޮވާލައިފަ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ސީއައިއޭގެ ޑިރެކްޓަރު ޖޯން ރެޓްކްލިފްއަށް ފޮނުވި އެ ސިޓީގައި ބުނެފައިވަނީ އދ.ގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް، ބެލިސްޓިކް މިސައިލް ފިއުލްގެ ތެރޭގައި ހިމެނޭ 2،000 ޓަނުގެ ސޯޑިއަމް ޕާކްލޮރޭޓް ޗައިނާގެ ކުންފުނިތަކުން އީރާނަށް ފޯރުކޮށްދިން މައްސަލަ ތަހުގީގުކުރަން ޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޮގޮމްބޯ
15 December 2025
ބަރާބަރު، ރާއްޖޭގައި މިއުޅޭ ތާލިބާނުންގެ ކަންތައްވެސް ގާތުން ބަލަން އެމެރިކާއަށް ގޮވާލަން
ބަލަާބޮޑޭ
14 December 2025
ސޯމާލިޔާ ނަން ވާނީ ތީ ކަންޑުފޭރުން ޗައިނާއިން އިރާނަށް ފޮނުވާ ތަކެތި ބަލާ ފާސްކުރުމުގެ ބާރު އެމެރިކާއަށް ލިބެނީ ކިހިނެއްބާ
ޙޫސީން
14 December 2025
ޓެރަރިޒަމްގެ އަމަލެއް