ރާއްޖޭން ބޭރުން އައި މީހަކު ގެނައި ފޮށިގަނޑެއްގެ ތެރޭގައި ފޮރުވާފައި ހުރި ޑްރަގް ކަސްޓަމްސް އިން ހޯދައި އެ ތަކެތި ނަގަނީ: ރާއްޖެ އައި އިންޑިއާ މީހަކު ވެސް މި ހަފްތާގައި ވަނީ މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފައި. -- ފައިލް ފޮޓޯ
15 ޑިސެމްބަރ 2025 - 09:05
ރާއްޖެ އައި އިންޑިއާ މީހެއްގެ ލަގެޖުން މަސްތުވާތަކެތި ފެނުމުން އެ ލަގެޖަކީ އޭނާގެ ޓްރޮލީގައި ހުރި އެއްޗެއް ނޫން ކަމަށް ބުނެ އެއާ ހަވާލުވާން އިންކާރުކޮށްފި އެވެ.
ފަސިމް ސަހަފް އޮޑަކުންނަތު، 22، ހައްޔަރުކޮށް ބަންދަށް ދެ ދުވަސް އިތުރުކޮށް އިއްޔެ ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން މިއީ މުޅިން އަލަށް ރާއްޖެ އައި މީހެކެވެ.
ގާޒީ އަލީ އާދަމް ނެރުއްވި އަމުރުގައި ބުނެފައިވާ ގޮތުން ޑްރަގް ހުރި ލަގެޖު ގެނައި ކަމަށް ފުލުހުން ބުނާ މީހާ ވަނީ އެ ލަގެޖަކީ އޭނާގެ ޓްރޮލީގައި ހުރި އެއްޗެއް ނޫން ކަމަށް ބުނެފަ އެވެ. އަދި ލަގެޖް ހުޅުވީ އޭނާގެ އަތުގައި އޮތް ތަޅުދަނޑިއަކުންކަން މައްސަލަ ތަހުގީގުކުރާ ފަރާތަށް ބުނެދެވިފައި ނުވާ ކަމަށާއި މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަން ނުވަތަ ނޫންކަން ބަލަން ކުޑަކަމުދާ ތަކެތި ވެސް ޓެސްޓު ނުކުރާ ކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފަ އެވެ.
މީގެ އިތުރުން، ރާއްޖެ އައީ ކޮން ވިސާއެއްގައި ކަމެއް ވެސް ފުލުހުން ބުނެދީފައި ނުވާ ކަމަށް އަމުރުގައިވެ އެވެ.
ތުހުމަތުކުރެވޭ މީހާގެ އަތުން ފެނުނީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމެއް އަދި ކޮން ބާވަތެއް ކަމެއް ވެސް އަމުރުން އެނގޭކަށް ނެތެވެ.
ރާއްޖޭން ބޭރުން އަންނައިރު މަސްތުވާތަކެތި ހިފައިގެން އަންނަ މީހުން އެ މީހުންގެ ލަގެޖާ ހަވާލުވާން އިންކާރު ކުރުމާއި ގަސްތުގައި ލަގެޖް އޮޅުވާލަން އުޅުން ފަދަ ކަންކަން ކުރުމަކީ އާންމު ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުދީރު
15 December 2025
ތިއުޅެނީ އެއްޗެއް ކަމެއް ނުއެނގިގެނެއްނޫން. ހުރިޖާ ކަމެއް އޮންނާނީ ޕޮލިސްތެރޭން ބޭނުންވާގޮތަށް ރޭވޮ އިންތިޒާމްކުރެވފިއި ކަމަދެކެން. މިއީ އާންމުކޮށް މިރާއްޖޭގައި ކަން ހިނގާގޮތް.
ޜިސެޓް
15 December 2025
މިނިސްޓަރ އިހައްދުވަހު ފުލުހުން ރިސެޓް ކުރީ. އަނެއްކާ ނުބައި ރިސެޓް ބަޓަން އަކަށްބާ ފިތުނީ؟
ރާއްޖެ
15 December 2025
މި ކޭސް އަށް އެޑެންވި ޕޮލިހުން ވަޒީފާއިން ވަކި ކުރަން ޖެހޭ.
ލުބްލާ2025
15 December 2025
އޭނަގެ ޓްރޮލީގަ ނެތަސް ޗެކިން ކުރާއިރު ލަގެޖް ސްޓިކާ ހަރުކުރާނެ ޗެކިންކުރާ ޕަސިންޖަރުގެ ނަންޖަހާފަ. ނުވަތަ އޭނައައި ގައުމުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން އޭނަ ޗެކިން ކުރިތަނުގެ ސީސީޓީވީ ފުޓޭޖު ނުބެލޭތަ؟ ތަންދޮރު ނުދަންނަ ކުޑަކުދިންތަކެއްތަ ތަހުގީގުކުރަން ތިބެނީ؟
ސައިނީސް
15 December 2025
ތިހާ އާއްމު ކަމެއް ނަމަ ކީއްކުރަން ލިޔާ އާޓިކަލްއެއް މީ
ފިނިފެންމާ ސައްޔިދު
15 December 2025
މީ ހިންދީ ފިލްމެއްތަ؟
އެޑްމުންޑޯ
15 December 2025
ޑްރަގު މައްސަލަ އެއްނަމަ ބަލާ ފާސްކުރުމާއި ޗެކްކުރުން ވަރަށް ފަރުވާ ކުޑަވާނެ ، ކޯޓުން އެމީހަކު ފަސޭހަކަމާއި އެކު ދޫކުރެވޭގޮތަށް ބައްޓަންވެފައި އޮންނަނީ
އޮނަރަބްލް އަފީފު ދީދީ
15 December 2025
މިހިސާބަށް މިކަންކަން ދިއުމުންވެސް ރާއްޖޭގެ ބޯޑަރ ގެ ރައްކާތެރިކަން ޤާއިމްކުރުމަށާއި، ޑްރަޤް އެތެރެކުރުމާއި، މަނީލޯންޑަރިން އާއި ހިއުމަން ޓެރެފިކިންގ ގެ އަމަލު ހުއްޓުވުމަށްޓަކާ ރާއްޖެއަންނަ ޑިޕްލޯމަޓިކް އިނާޔަތް ލިބިފައިވާ ފަރާތްތައް ފިޔަވާ އެހެން އެންމެން ރާއްޖެއައުމުގެ 24 ގަނޑިއިރު ކުރިން އިމިޤްރޭޝަނަށް އީޓީއޭ ނުވަތަ Electronic Travel Authorization ހުށަހަޅަން މަޖުބޫރު ކުރާކަށް ނުވޭތޯ؟ މިއީ މިހާރު ދުނިޔޭގެ ގިނަ ޤައުމު ތަކުން ކުރާ އާންމު ކަމެއް.
އިހްސާސް
15 December 2025
ބޮޑަކަށްހުރީ ކަލޭ އަތޮޅު އިހުސާނު. އޭނަ ގެންގޮސް ނިކަން ކިޔަވާދީބަލަ ކަންކުރަންވީގޮތް.
ހަސަންބެ
15 December 2025
ފުލުހުން ތަހުގީގު ކުރަނީ އަމާ ބުނާތީ ފަރަށްދާ އުސޫލުން, ވަރަށް ފެންވަރު ދަތް, އެކަން ބައެއް ތަހުގީގު ކޮށްލާ ރަނގަޅަށް ވަކި މީހަކާއި ޖެހުނީމަ.
އަފްރާސިޔާބު
15 December 2025
ރަނގަޅަށްތިހެދީ. ހަވާލުވާނެ ކަމެއްނެތް. މިރާއްޖެއަކީ ވަގު ފުލުހުންގެ ބޮޑު އައްޑާއެއް ކަހަލަ ގައުމެއް.