ޝައިހް މުހައްމަދު އިބްރާހީމް (ނައިފަރީ): އޭނާގެ ދެ ލޮލުގެ ފެނުން ގެއްލި އެއްވެސް މަސައްކަތެއް ނުކުރެވޭ. --
15 ޑިސެމްބަރ 2025 - 15:34
ދިވެހި ރައްޔިތުން ދީނީ ގޮތުން ހޭލުންތެރި ކުރުވައި ދިވެހި މުޖްތަމައުގައި ދީނީ އިލްމު ފެތުރުމުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ޝައިހް މުހައްމަދު އިބްރާހީމް (ނައިފަރީ) ގެ ސިއްހީ ހާލަތު ގޯސްވެ އާންމުންގެ އެހީއަށް އެދިއްޖެ އެވެ.
ޅ. ނައިފަރަށް އުފަން ޝައިހް މުހައްމަދު އިބްރާހިމް ބަލިކޮށް އުޅުއްވާތާ ދެތިން އަހަރު ވެއްޖެ އެވެ. ދެ ލޮލުގެ ފެނުން ގެއްލި މަސައްކަތް ނުކުރައްވާތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ.
ޑޮކްޓަރުންގެ ލަފަޔާ އެކު ޝައިހް ވަނީ 2019 ގައި އަދި 2023 ގައި ވެސް ލޮލުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އެކަމަކު، އެއްވެސް ކުރިއެރުމެއް ނުލިބި ދެ ލޮލުގެ ފެނުން އެއްކޮށް ވަނީ ގެއްލިފަ އެވެ.
ލޮލުގެ ފެނުން ގެއްލުމުގެ އިތުރުން ވެސް ބައެއް އެހެން ސިއްހީ މައްސަލަތައް ވަނީ ކުރިމަތި ވެފަ އެވެ. އެގޮތުން ހަށިގަނޑުގައި ޓިއުމަރެއް އުފެދުމާއި ހިތުގެ މައްސަލަ ހިމެނެ އެވެ.
ސިއްހީ މި މައްސަލަތަކުގައި ފަރުވާއަށް ޝައިހް މުހައްމަދު އިބްރާހިމަށް އެހީ ބޭނުންވާތީ، އެހީ ޖަމިއްޔާ އިން ވަނީ ފަންޑު އެއްކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
އެހީ ޖަމިއްޔާ އިން ވާހަކަ ދެއްކެވި އަހުމަދު އިގްބާލް ވިދާޅުވީ އެ ޖަމިއްޔާއިން ވެސް ބޭނުންވަނީ ރަނގަޅަށް ފަރުވާ ކުރެވޭނެ ތަނަކަށް ގޮސް ފަރުވާ ޝައިހް މުހައްމަދު އިބްރާހިމަށް ފަރުވާ ހޯދަން ކަމަށެވެ. އެހެންވެ އެ ޖަމިއްޔާ އިން ވަނީ "އެދިހަ" ނަމުގައި ޝައިހަށް އެހީވުމަށް ޕޯޓަލެއް ހަދައިފަ އެވެ.
އިގްބާލް ވިދާޅުވި ގޮތުގައި ޝައިހް މުހައްމަދު އިބްރާހިމްގެ ލޮލުގެ ކަންކަމާއި ހުރިހާ ޓެސްޓު ހެދުމަށް ފުރަތަމަ ދަތުރުގައި އެކަނި ވެސް 20،000 ޑޮލަރު (308،400 ރުފިޔާ) ބޭނުންވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެއީ، އެހީތެރިންނާއި ކެއުމާއި ހުރުމުގެ ހަރަދާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލޮލުގެ ފަރުވާއަށް ފައިސާ ލިބިއްޖެ ނަމަ ނަމަ ލޮލުގެ ފެނުން އަލުން ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަދީނާއިން އިލްމު އުނގެނިވަޑައިގެން ޝައިހް މުހައްމަދު އިބްރާހިމް ދިރިއުޅުއްވަމުން ގެންދެވީ އުފަންރަށް ނައިފަރުގަ އެވެ. އެ ރަށު ސްކޫލް، މަދަރުސަތުލް އިފްތިތާހުގެ އިސްލާމް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު ލޮލުގެ ހާލަތު ދެރަވެ މިހާރު މަސައްކަތެއް ނުކުރައްވަ އެެވެ.
އޭނާއަކީ އެކި ދާއިރާތަކުން ފޮތް ވެސް ލިޔުއްވައިފައިވާ ބޭފުޅެކެވެ. އެ ގޮތުން އޭނާގެ ފޮތްތަކުގެ ތެރޭގައި ހިސްނުލް މުސްލިމް، ކިތާބުއް ސިޔާމު، ނަބީބޭކަލުންގެ ތަރިކަ، ތައުހީދުގެ ހުލަސާ، ކިތާބުއް ސަލާތު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުނާ
16 December 2025
ޝެއިޚަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ކުރަން
ދިގަލި
16 December 2025
ކޮބައިތޯ އާސަންދަ، މިވަރުގެ ޚިދުމަތްތެރިޔަކު ދެ ލޮލުގެ ނޫރު ގެއްލުނީމާ ސަލާން ޖަހަން ދުވަން ޖެހިގެން ނުވާނެ. މި ޤައުމުގެ ސިޔާސީ މީހުންނަށް ސިންގަޕޯރއިން ވިލާތުން ޚަރަދުކުރެވޭ މެޑިކަލްސް އަށް. ޝެއިޚަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި.
ތިނާ
16 December 2025
ސޭހަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި
އަލީ ފ.
16 December 2025
ސަރުކާރުން އައިނު ވިއްކުމުގެ ވިޔަފާރި ފެށުމަށް ވުރެ ރަނގަޅުވާނެ މިހެން ދިމާވާކަންތަށް ހައްލުކުރުމަށް އެޙީ ދިނިއްޔާ. މީހެއްގެ ހުނަވަނެއް ބޭނުން ނުކުރެވޭވަރަށް ދާތީ ބޭސްކުރުމަށް އެހީ ހޯދަން މަސައްކަތް ކުރަން ޖެހުން އެއީ ރާއްޖޭގަ ވެގެން ވާނެކަމެއްނޫން. ބުޅާލާނެ ތަނެެއް އެތަށް ލައްކައެއް ޚަރަދު ކޮށްގެން ހެދޭ ގައުމެއްގަ މިވަރު އާސަންދައިން ނުކޮށްދެވެންޏާ މީ ބޮޑުވަރެއް
ވެލްޑަން މޯލްޑިވްސް
16 December 2025
ދެންމެ އެމީހުންގެ ވެބްސައިޓް ބަލާލިއިރު ޖުމްލަ 1395 ވަރަކަށް އެހީތެރިން ވެގެން 408000 އެއްހާ ރުފިޔާ އެވަނީ ޝައިޚަށް ޓަކައި ހަމަ ކޮށްދެއްވާފައި. އަލްޙަމްދު ލިﷲ. މާޝާއަ ﷲ. އިސްލާމީ ދުނިޔޭގައި އެހީދޭ ބައެށް ފަރާތް ތަކުން ބައެށް ޙާލަތްތަކުގައި ކުރާ ކަމެއްގެ ވާހަކަ ޙިއްޞާ ކޮށްލަން ބޭނުންވޭ. ވީހާ ވެސް ގިނަ ބަޔަކަށް މިފަދަ ކަންކަމުގައި އެހީ ވުމަށް ފުރުޞަތު ދިނުމުގެ ގޮތުން މަދު އެތިކޮޅެއް ލަމުން ބަލަމުން، ލަމުން ބަލަމުން ގޮސް ޢަދަދު ހަމަ ކޮށްދޭނީ.
ލާފްމް
16 December 2025
އެކައުންޓު ނަންބަރ ޖަހާލިނަމަ
އަހަމްދު
15 December 2025
ޝެއިޚަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ކުރަން
ލަޠީފު
15 December 2025
ޝައިޚު އިބުރާހީމް އެއްނޫން ޝައިޚު މުޙަންމަދު އިބުރާހީމް
މަބުނީ
15 December 2025
ޝެއިޚުގެ އެކައުންޓްނަންބަރު ޖަހާލިނަމަދޯ. ތިޔަ ޖަމިއްޔާތަކަށް މިހާރު ކުރާހިތެއްނުވޭ. އޮޑިޓެއް ނުކުރާތީ.
ތިކަހަލަ
15 December 2025
އަދިކަމަކާ ދިމާނުވަނީ އަހެންވީމަ ތިޔަހެން ބުނަން އަގަހުޅުވެނީ