ހުރާގައި ބެހެއްޓި މާކަނާއެއްގެ މޮނިއުމެންޓް: އެފަދަ ތަކެތި ބެހެއްޓުމަކީ ހަރާމް ކަމެއް ކަމަށް ފަތުވާ މަޖިލީހުން ވަނީ ބުނެފައި
17 ޑިސެމްބަރ 2025 - 08:54
މޮނިއުމެންޓްގެ ގޮތުގައި ދިރޭ ތަކެތީ ގެ ސޫރަ ބެހެއްޓުމަކީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ.
ދިރޭތަކެތީގެ ސޫރަ ސިފަވާ ގޮތަށް ބައެއް ރަށްރަށުގައި މޮނިއުމެންޓް ހެދުމަކީ މިހާރު އާންމު ކަމެކެވެ. ބައެއް ރަށްރަށުގައި އެފަދަ ތަކެއްޗަށް ގެއްލުން ވެސް ދީފައިވެ އެވެ. އެހެންވެ، އެފަދަ ތަކެތި ބެހެއްޓުމާ ގުޅޭ ގޮތުން އާންމު ފަރާތަކުން ހުށަހެޅި ސުވާލަކާ ގުޅިގެން ފަތުވާ މަޖިލީހުން ވަނީ އެ މައްސަލައިގައި އިލްމީ ގޮތުން ދިރާސާކޮށް، އިއްޔެ ފަތުވާއެއް ނެރުއްވައިފަ އެވެ.
އޭގައި ބުނެފައިވަނީ އިސްލާމްދީނުގައި ފުރާނަހުރި ތަކެތީގެ ސިފައިގައި ހަދާފައިވާ ބުދު ނުވަތަ މޮނިއުމެންޓް ބެހެއްޓުމަކީ ހަރާމްކަމެއް ކަމަށެވެ. އެކަމުގެ މުހިންމުކަން ދޭހަވަނީ ރަސޫލާ މައްކާ ފަތަހަކުރެއްވި ދުވަހު މަނާތު، އުއްޒާ އަދި ލާތު ފަދަ ބުދުތައް ނައްތާލެއްވުމަށް ސަހާބީން ފޮނުއްވި ކަމުންނެވެ. އަދި އެކަލޭގެފާނުގެ އަވަހާރަވުމަށްފަހުގައި ވެސް ސަހާބީން މިކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާފައިވާތީ ކަމަށް ފަތުވާގައި ބުންޏެވެ.
ފަތުވާގައި ބުނީ ބުދުތަކަށް އަޅުކަންކުރުން ފެށިގެން އައިސްފައިވަނީ ސާލިހު އަޅުތަކުންގެ ހަނދާނުގައި ހަދާފައިވާ ތަކެތ،ި އިލްމު ގެއްލި މީސްތަކުން މަގުފުރެދުމުގެ ސަބަބުން ކަމަށެވެ. އެކަމުގެ ނުރައްކާތެރިކަން ވަޒަންކުރެއްވި އިބްރާހީމުގެފާނު، އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅު ބުދަށް އަޅުކަންކުރުމުން ދުރުކޮށްދެއްވުމަށް ދުއާ ކުރެއްވިކަން ވެސް ފާހަގަކުރެއްވި އެވެ.
ހަދީސްތަކުގައި ބަޔާންވެގެންވާ ގޮތުގައ،ި ގިޔާމަތާ ކައިރިވުމުން ބައެއް މީހުން އަލުން ބުދަށް އަޅުކަންކުރަން ފަށާނެ ކަމަށާއި އެހެންކަމުން ޝިރުކަށް މަގުފަހިވެދާނެ އެއްވެސް އަމަލެއް ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ފަތުވާ މަޖިލީހުން ބުންޏެވެ.
އިލްމުވެރިން އެއްބަސްވެވަައިގެންފައިވާ ގޮތުގައި ބުދު ހެދުމާއި ބެހެއްޓުން ހަރާމްވެގެންވެ އެވެ. އެކަން އެ ގޮތަށް މަނާކުރި ސަބަބުތަކުގެ ތެރޭގައި މަލާއިކަތުންގެ ބަރަކާތުން މަހުރޫމް ވުމާއި ޝިރުކަށް މަގުފަހިވުމާއި ﷲ ގެ ހަލްގު ކުރެއްވުމާ އެއްފަދަވުން ހިމެނެ އެވެ.
ނަމަވެސް ފަތުވާ މަޖިލިހުގެ ނިންމުމުގައިވާ ގޮތުން ކުޑަކުދިން ކުޅެން ބޭނުންކުރާ ބުދުތައް އެ ހުކުމުން އިސްތިސްނާވާ ކަމަށް ބެލެވެނެ އެވެ.
"އިލްމުވެރިން ދެކެވަޑައިގަތުމުގައ،ި މިއީ އަންހެންކުދިން ހަގު އުމުރުން ފެށިގެން ގޭތެރޭގެ ކަންކަމަށާއި ދަރިން ބެލެހެއްޓުމަށް ތަމްރީނު ކުރުމުގެ ގޮތުން ހުއްދަ ވެގެންވާ ކަމެކެވެ،" ފަތުވާ މަޖިލިހުން ބުންޏެވެ.
1- ޑރ. މުހައްމަދު ރަޝީދު އިބްރާހިމް (ރައީސް)
2- ޑރ. އަބްދުއްސައްތާރު އަބްދުއްރަހުމާން (ނައިބު ރައީސް)
3- ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް
4- ޑރ. އިލްޔާސް ހުސައިން
5- ޑރ. މޫސާ އަންވަރު ހަސަން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙހހހހ
17 December 2025
ދިރޭ އެއްޗެއް ސިފަ ނުވާ މޮނިއުމެންޓެއް ނޫނީ ކުރެހުމެއް ނެހެދޭނެ. ދުނިޔޭގަ އުޅޭ އެތައް ވައްތަރެއްގެ ދިރޭ ތަކެތި ގަހަކީ ވެސް ދިރޭ އެއްޗެއް، މައިކްރޮސްކޯޕުން ބަލާލީމަވެސް ފެންނާނެ އެކި ވައްތަރަށް ހުންނަ ޖަރާސީމު ވެސް.
ހހހހހ
17 December 2025
ފަތުވާ ކޮމިޓީ މީހުންގެ ފޮޓޯ ޖަހާފައި ހުންނަ ކެމްޕޭން ޕޯސްޓަރު ތަކާއި މޫވީ ޕޯސްޓަރުތައް ފެނުމުން ހަނު.
ލާފްމް
17 December 2025
ކުޑަ ކުދިންގެ ބަޖީޗާގައި ހުންނަނީ ލޯ ލާފައި، ސިމެންތިން ހަދާފައިވާ މޮނިއުމަންޓެއް ނޫން. ފޮޓޯ އާއި ބޮޑެތި ބުދާއި ތަފާތު
ގަނޑިއަ
17 December 2025
އެހެންވީމަ މި ފަތުވާއާއެކު ފޮޓޯނެގޭތޯ ފިލްމް ކުޅެވޭތޯ އޮލިންޕަސް ބަންދުކުރަންޖެހޭތޯ ކިހިނެއްތޯ ހަދަންވީ ބުނެދީބަލަ.
ޢައްލާބެއްޔާ
17 December 2025
އަދި ތަންކޮޅެއް ތަފްސީލް ބޭނުން. ސިމެންތިން ރާއްޖެތެރޭ ރަށެއްގައި ހެދީމަ ތޯ ހަރާމްވަނީ. މިހެން އަހަން ޖެހުނީ މާލެ ކުޑަކުދިންގެ ޕާކްގައި ވެސް ޕްލާސްޓިކާއި ސިމެންތިން ހަމަ ތި ގޮތަށް ދިރޭތަކެތީގެ ސޫރަ ހަދާފައި ހުރޭ. މާލޭ މަގުތަކުގައި ބޮޑެތި އަންހެނުންގެ ފޮޓޯ ބިލްބޯޑުތަކުގައި އެހެރީ. އިސްލާމިކް ޔުނިވަސިޓީ ފާރުގައި ވެސް ކޯސް އިޝްތިހާރުކުރަން އިސްކޮޅު ސައިޒް ގެ އަންހެން ފިރިހެން ފޮޓޯ އެހެރީ. ދީނީ ފަތުވާ ނެރެންޖެހޭނީ ވަށާޖެހޭގޮތަށް ރަގަޅަށް.
ޔާސިރު.އ
17 December 2025
ފަތުވާ މަޖްލީހުން އެބަޔާން ކުރެއްވީ އިސްލާމްދީނުގައި އެކަން އޮތްގޮތެވެ. އިސްލާމް ދީނުގައި އޮތްގޮތާ ރުހުމާނުރުހުމަކީ މުސްލިމުންނަށް އޮތް އިޚްތިޔާރަށް އޮތްކަމެއްނޫނެވެ. ރުހުނަސް ނުރުހުނަސް ދީނުގަ އޮތްގޮތަށް ޢަމަލުކުރުން އެންމެހާ މުސްލިމުންގެ މައްޗަށް ލާޒިމްވެގެން ވެއެވެ. ދީނުގެ ކަންކަމުގައި ފާޅުކުރެވޭ ޙިޔާލަކުން އާޚުރަތުގައި ލިބިދާނެ ޢަޒާބަކަށް ބިރުވެތިވާށެވެ.
ާަފަތުވާ ނިއު ނަޖިލިސް
17 December 2025
މިހާރުގެ ފަތުވާ މަޖިލިސްގެ މެމްބަރުން ބަދަލުކޮށްފަ އަންހެން ކަބަލުން ވެސް ހިމަނައިގެން ޒަމާނަށް ފެތޭ އާމަޖިލިސް އެއް އެކުލަވާލަން ފެނޭ.
ލަސް
17 December 2025
އިސްލާމް ދީނަކީ ތިއައްވުރެ މާ މަތިވެރި ދީނެއް. ކަލޭމެން އަމިއްލަޔަށް ކަމެއް ނަހީ ނުކުރެވޭނެ. ނަހީކުރެއްވުމުގެ ބާރު ވަނީ ހަމައެކަނި އާލަމްތަކުގެ ވެރި ރަސްކަލާނގެއަށް
ސަނަމް
17 December 2025
ޝައްކުފިލުވައި ދީބަލަ ޕްލީޒް. އަހަންނަށް ސެލްފީ ނެގޭނެތޯ؟ ނޫނީ މިހާރު ނަގާފައިވާ ހުރިހާ ފޮޓޯއެއް ގެލަރީން ޑިލީޓްކޮށްލަންވީތޯ!
ލާފްމް
17 December 2025
މަޖަލެއް ނޫން. ސެލްފީ އަކީ މިގޮތަށް ހަދާފައިވާ ބުދެއް ނޫން
ބަގީޗާ
17 December 2025
ކުޑަކުދިންގެ ބަގީޗާ ތެރޭގައި މަހާއި ވެލާކަހަނބުގެ ބުދު ހަދާފައި ހުންނަނީ. ހަމަ ރަށެއްގައި އެއްޗެއް ހެދީމަ އެކަމުނުދިޔައީ. ބަލަ ގަސްގަހާގެއްސަކީވެސް ދިރޭތަކެތި އަދި ބައެއް މީހުން އަޅުކަންވެސްކުރޭ. އެވެސް ހަދާފައި އެ ހުންނަނީ. ސްކޫލުތަކުގަވެސް ކުދިން ލައްވާ ދިރޭތަކެތީގެ މޮޑެލް ހައްދާ. ކަލޭމެން މީގެން އެއްވެސް ކަމެއް މަނާ ނުކޮށް މިހާރު ތިފާވެގަތީ ކީއްވެ. މުސާރަ ކުޑަ ކަމުން އެ ހަލާލުވާވަރަށްތަ މަސައްކަތް ތިކުރަނީ؟