11 ޖުލައި

July 11, 2019 48
ބައްޕަގެ ބެލުމުގެ ދަށަށް ދާން އަންހެނަކަށް ހުކުމްކޮށްފި

އަމިއްލަ ރަށް ދޫކޮށް އެހެން ރަށެއްގައި އުޅުނު ޒުވާން އަންހެނަކު އޭނާގެ ބައްޕަގެ ބެލުމުގެ ދަށަށް ދާން ފެމިލީ ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

03 އެޕްރީލް

April 03, 2019 17
ބުރޫނާއީގައި ޝަރީއާ ގާނޫނު ތަންފީޒް ކުރަން ފަށައިފި

ބަންދަރު ސަރީ ބަގަވާން (އެޕްރީލް 3) - މަރުގެ އަދަބާއި އަތްކެނޑުން ހިމަނައިގެން ބުރޫނާއީގައި އަލަށް އެކުލަވާލި ޝަރީއާ ގާނޫނަށް އަމަލު ކުރަން މިއަދު ފަށައިފި އެވެ.

18 ޖެނުއަރީ

January 18, 2019 58
ޒިނޭ އަށް ހިތްވަރެއް ނުދެން: ނަޝީދު

ޒިނޭ އަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަފުޅު ދައްކަވާފައި ނުވާނެ ކަމަށާއި އެމަނިކުފާނުގެ ވާހަކަފުޅު ބަޔަކަށް އޮޅިފައިވާ ނަމަ އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

17 ޖެނުއަރީ

January 17, 2019 118
ޒިނޭ އަށް ނަޝީދު ހިތްވަރުދިން ކަމަށް ބުނެ ފާޑުކިޔަނީ

ކައިވެނީގެ ބޭރުން ގުޅުން ހިންގައިގެން ދަރިން ލިބުމުގެ މައްސަލައަށް އޮތް ހައްލަކީ، ކައިވެނި ނުކުރާ އަންހެނުންނަށް ނުވިހާ އޮޕަރޭޝަން ކުރުމުގެ ފުރުސަތު ދިނުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

09 ޖެނުއަރީ

January 09, 2019 18
ރަޖަމްގެ ހުކުމް ބާތިލް ކުރިޔަސް، އެ މައްސަލަ ބެލޭނެ

އަންހެނަކު ރަޖަމްކުރަން ޅ. ނައިފަރު ކޯޓުން ކުރި ހުކުމް ބާތިލް ކުރިޔަސް އެ މައްސަލަ އަލުން ބަލަން ހުރަހެއް ނެތް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.

06 ޖެނުއަރީ

January 06, 2019 148
އަންހެނަކު ރަޖަމް ކުރަން ނައިފަރު ކޯޓުން ހުކުމްކޮށްފި

ޅ. ނައިފަރުގައި އަންހެނެއްގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވެ އޭނާ ރަޖަމްކުރަން އެ ރަށު މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

18 ޑިސެމްބަރ

December 18, 2018 53
ކޯޓުތަކުގެ ވާހަކަ ދައްކަނީ މަރުގެ އަދަބު ނުދޭންވެގެން

މަރުގެ އަދަބު ތަންފީޒު ކުރާނީ އަދުލު އިންސާފުގެ ނިޒާމުގެ ނިޒާމް އިސްލާހު ކުރުމަށް ފަހުގައި ކަމަށް ސަރުކާރުން ބުނާ ބުނުމަކީ އެ ހުކުމް ރާއްޖޭގައި ތަންފީޒު ނުކުރަން ދައްކާ ހުއްޖަތެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

20 ސެޕްޓެމްބަރ

September 20, 2018 41
ސިއްރު ފެންފުށީގައި ހުރި ބުދުތައް ނަގަން އަމުރުކޮށްފި

ސިއްރު ފެންފުށި ރިސޯޓްގެ ފަޅު ތެރޭގައި ހެދި ގެލެރީގައި ބެހެއްޓި ބުދުތައް ފަސް ގަޑިއިރުގެ ތެރޭގައި ނަގަން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

05 އޯގަސްޓް

August 05, 2018 5
ގެންގުޅޭނީ އިސްލާމީ ރިވެތި އުސޫލުތައް: ފައިސަލް

އިދިކޮޅު ކޯލިޝަންގެ ވެރިކަން ވެގެން ދާނީ އިސްލާމީ އެންމެ ރިވެތި އުސޫލު ގެންގުޅޭ ވެރިކަމަކަށް ކަމަށް އެ ކޯލިޝަންގެ ރަނިން މޭޓް، ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

08 ޖުލައި

July 08, 2018 12
ދީނުގެ ހަރުކަށި ވާހަކަ އިން ނުރައްކާ ބޮޑު: މުފްތީ

އިސްލާމް ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ވާހަކަތަކުގެ ސަބަބުން މުޖުތަމައުތަކުގެ ހަމަޖެހުން ގެއްލޭ ކަމަށް، މިސްރުގެ މުފްތީ ޑރ. ޝައުގީ އިބްރާހީމް އައްލާމް މިއަދު ވިދާޅުވެއްޖެ އެވެ.

July 08, 2018 21
ފަތުވާތައް ފިތުނައަށް ވެގެން ނުވާނެ: މިނިސްޓަރު ޒިޔާދު

އިސްލާމް ދީނާ ގުޅޭ ގޮތުން ނެރޭ ފަތުވާތަކަކީ ފިތުނައަކަށް ވެގެން ނުވާނެ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވެއްޖެ އެވެ.

14 ޖޫން

June 14, 2018 2
އީދު ހުކުރަށް ވާތީ އަލްޖީރިއާގައި ބޮޑު ފިތުނައެއް

މި އަހަރުގެ ފިތުރު އީދު ދުވަސް، ހުކުރު ދުވަހާ ދިމާވެދާނެ ކަމަށް ބެލެވެން ފެށުމާ އެކު، އަލްޖީރިއާގެ ބައެއް ދީނީ އިލްމުވެރިންނާއި އެ ގައުމުގެ ސަރުކާރާ ދެމެދު ބޮޑު ދެބަސްވުމެއް އުފެދި...

June 14, 2018 4
ތިމަންރަސްކަލާނގެ ޤުރްއާން ރައްކާތެރި ކުރައްވާހުށީމެވެ.

ކީރިތި ޤުރްއާނުގެ އަލްޙިޖްރު ސޫރަތުގެ 9 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، ޤުރްއާން ބާވައިލެއްވީ، ތިމަންރަސްކަލާނގެ އެވެ. އަދި...

27 މެއި

May 27, 2018 2
މާލޭގައި 18 މިސްކިތެއްގައި ދަމު ނަމާދު ކުރާނެ

ރޯދަ މަހުގެ ފަހު 10 ގައި މާލޭގައި ދަމު ނަމާދު ކުރުމަށް 18 މިސްކިތެއް އަދި އިއުތިކާފަށް ތިބުމަށް 21 މިސްކިތެއްގައި އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

20 އެޕްރީލް

April 20, 2018 11
ދީނާ ޚިލާފު ހުށަހެޅުންތައް ބަލައެއް ނުގަންނަން: ރާއްޖެ

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެ އަށް ހުށަހެޅި ކަންތައްތަކުގެ ތެރޭގައި އިސްލާމް ދީނާ ޚިލާފު ކަންކަން ހިމެނޭ ކަމަށާއި އެކަންކަން ބަލައި ނުގަނެވޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

09 ފެބުރުއަރީ

February 09, 2018 4
އިސްލާމީ މުޖުތަމައުގައި އޮންނަންވީ ސަލާމަތާއި އަމާންކަން

ސަލާމަތާއި އަމާންކަން ދެމެހެއްޓުމަކީ އިސްލާމީ މުޖުތަމައުގެ މުހިންމު އަސާސަކަށް ވުމުގެ ކުރިން އެއީ މުޖުތަމައުގެ ވަރަށް މުހިންމު އެއް މަގުސަދެވެ. ސަލާމަތާއި އަމާންކަމާ ގުޅިފައިވާ އެންމެ މުހިންމު ލަފުޒަކީ "އައްސަލާމް" އެވެ. އައްސަލާމް އަކީ ﷲ ގެ މަތިވެރި އިސްމުފުޅުތަކުގެ ތެރެއިން އިސްމުފުޅެކެވެ. ﷲ ގެ ވަޙީ ބަސްފުޅުގައިވާ ގޮތުން...

30 ޑިސެމްބަރ

December 30, 2017 1
ތިންފަށް ވަރި މަނާކުރާ ގާނޫނެއް އިންޑިއާގައި ފާސްކުރަނީ

ތިންފަށް ވަރި މަނާކުރާ ގާނޫނެއް ފާސްކުރުމުގެ މަސައްކަތް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށް އެބަދެ އެވެ.

28 ޑިސެމްބަރ

December 28, 2017 8
އެސްޓީއޯއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ދެނީ

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ން އެސްޓީއޯއަށް 100 މިލިއަން ޑޮލަރުގެ އިސްލާމިކް ފައިނޭންސް ފެސިލިޓީއެއް ދޭން ނިންމައިފި އެވެ.

22 ޑިސެމްބަރ

December 22, 2017 25
ބާތިލު އަގީދާތަކަށް ގޮވާލަނީ މިނިވަންކަން ނަގާލަން

އިސްލާމް ދީނުގެ އުސޫލުތަކަށް ގޮންޖަހައި ހިތުހުރި ގޮތަކަށް އުޅެން ގޮވާލަމުން ދަނީ ރާއްޖޭގެ މިނިވަންކަން ނަގައިލަން ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

05 އޯގަސްޓް

August 05, 2017
ހެޔޮގޮތުގައި މުއާމަލާތު ކުރުމަށް ކުރަންޖެހޭ ކަންކަން

ކޮންމެ މުޖުތަމައެއްގައި ވެސް މީސްތަކުން ހެޔޮ ގޮތުގައި މުއާމަލާތުތައް ކުރުމަކީ ދިރިއުޅުމުގެ އެންމެހާ ކަންކަން އެންމެ ފުރިހަމަ އަދި އެންމެ އަދުލުވެރި ގޮތުގައި އިންތިޒާމު ކުރުމަށްޓަކައި ނުހަނު ބޭނުންތެރި އަދި މުހިންމު ކަމެކެވެ. އިސްލާމް ދީނުގެ އެކިއެކި އުސޫލުތަކާއި އިރުޝާދުތަކުގެ ތެރޭގައި މިކަމަށް ބާރު ލިބޭ ވަރަށް ގިނަ ކަންކަން...

31 ޖުލައި

July 31, 2017 45
ޑރ. މަޖީދުގެ ވާހަކައިން ހިޔާލު ތަފާތުވުން އުފެދިއްޖެ

ފަނޑިޔާރަކަށް އަންހެނަކު ހަމަޖެއްސުމަކީ އިސްލާމީ ޝަރީއަތް ހުއްދަކުުރާ ކަމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ރޭ ވިދާޅުވުމުން، އެކަަމާ ހިޔާލުތަފާތުވެ، ބައެއް މީހުން ފާޑުކިޔަން ފަށައިފި އެވެ.

27 ފެބުރުއަރީ

February 27, 2017
ޝަރީއާ ކައުންސިލަށް ކުރިމަތިލާން ހުޅުވާލައިފި

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޝަރީއާ އެޑްވައިޒަރީ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.