އިންޑިއާ: އެ ގައުމުގައި ހާލުގައި ޖެހުނު ދިވެހި ތިން ކުއްޖަކު ރާއްޖެ ގެންނަން ކަމާގުޅޭ އިދާރާތަކާ އެކު އާއިލާ އިން އަންނަނީ މަސައްކަތް ކުރަމުން. --ފޮޓޯ:އޭއެފްޕީ
04 އެޕްރީލް 2017 - 13:42
ބައްޕަ މަރުވެފައިވާ ކަމަށް ބުނެ އޮޅުވާލައިގެން އިންޑިއާގެ ޔަތީމުހާނާ އަކަށް ލީ ދިވެހި ތިން ކުދިން ރާއްޖެ ފޮނުވަން ބޭނުން ނުވަނީ، އަނބުރާ އެ ކުދިން އިންޑިއާ އަށް ގެންދާނެ ކަމުގެ ޔަގީންކަން ނެތުމުން ކަމަށް އެ ކުދިންގެ މަންމަ ފާތުމަތު މިއަދު ބުނެފި އެވެ.
އިންޑިއާގެ ޓްރިވެންޑްރަމަށް އުފަން ފާތުމަތު، އއ. އުކުޅަހު މީހަކާ ކައިވެނިކޮށްގެން ލިބުނު ތިން އަންހެން ދަރިންނާ އެކު 2013 ގައި އެނބުރި ގައުމަށް ދިޔައީ ޗުޓީއަކަށް ކަމަށް ބުނެ އެވެ. އޭގެ ފަހުން ޚަބަރެއް ނުވެގެން ހޯދަނިކޮށް އެ ކުދިން ފެނުނީ ޓްރިވެންޑްރަމްގެ ޔަތީމުހާނާއެއްގައި ތިއްބައި ކަމަށް ބައްޕަގެ އާއިލާ އިން ވަނީ ބުނެފަ އެވެ.
އެ ކުދިންގެ ކާފަ، އަބްދުﷲ ނައީމް އިންޑިއާގައި ހުރެ ފޯނުން މިއަދު "މިހާރު" އަށް ބުނީ ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ކުރި މަސައްކަތުން އުމުރުން 12 އަހަރުގެ ދަރިފުޅު ރާއްޖެ ގެންދެވޭނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށެވެ. އެ ކުއްޖާ ރާއްޖެ ގެންދެވޭ ގޮތްވީ، އަމިއްލަ އަށް ދާން ބޭނުންވުމުންނެވެ.
އަނެއް ދެ ކުދިން ރާއްޖެ ގެންދެވޭނީ، ނައީމް ބުނިގޮތުގައި ފޮނުވަން ފާތުމަ އެއްބަސްވުމުންނެވެ.
"އެކަމަކު އޭނަ ބޭނުމެއް ނުވޭ ފޮނުވާކަށް. އެ ދެ ކުދިން ވެސް ރާއްޖެ ގެނެވޭތޯ ކުރެވެން އޮތް މަސައްކަތެއް ކުރަމުން މި އަންނަނީ،" އޭނާ ބުންޏެވެ.
ފާތުމަތު ބުނީ ދަރިން ބައްޕައާ ހަވާލުކޮށްފި ނަމަ، އަލުން އޭނާ އަށް ފެންނާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށެވެ. އަދި ދަރިންނަށް އަނިޔާކޮށް، ހާލުގައި ޖެއްސީ ކަމަށް ބުނާ ވާހަކަތައް ވެސް އޭނާ ދޮގުކުރި އެވެ.
"ރާއްޖެ ގެންދިއުމަށް ފަހު އަނބުރާ އަހަރެން ކައިރިއަށް ފޮނުވަން އެއްބަސްވީމަ ދަރިން ފޮނުވޭނީ،" ދިވެހި ބަހުން ފަރިތަކޮށް ވާހަކަ ދައްކަމުން ފާތުމަތު ބުންޏެވެ.
ދަރިން ޔަތީމުހާނާ އަށް ލީ ކީއްވެގެންތޯ އެހުމުން ފާތުމަތު ބުނީ އިންޑިއާގައި އޭނާ ދިރިއުޅެނީ ވަރަށް ހާލުގައި ކަމަށާއި އަމިއްލަ ގެދޮރު ނެތްއިރު، ދަރިން މަގުމަތީގައި ނުބައިތިއްބަން ވެގެން ކަމަށެވެ. ޔަތީމުހާނާގައި އަނިޔާކުރަން އެނގޭއިރު ވެސް އަޅާނުލީ ކީއްވެތޯ އެހުމުން ބުނީ، އެތަނުގައި އެއްވެސް ކުއްޖަަކަށް އަނިޔާ ނުކުރާ ކަމަށެވެ.
"އެއީ ދޮގެއް. އަނިޔާ ނުކުރޭ. އަނިޔާކުރި ކަމަށް އެ ދައްކަނީ ނަގާފައި ހުރި ފޮޅުތަކެއް. އެކަން ރަނގަޅުކުރަން ބޭސް ވެސް ކުރިން. ކިޔަވަނީ ވެސް ރަނގަޅު ސްކޫލެއްގައި. އެތަނުގައި [ޔަތީމުހާނާގައި] ތިއްބަސް އަހަރެންނަށް ލިބުނު އެއްޗެއް ދީގެން އެ ކުދިން ބަލަމުން އައީ،" ފާތުމަތު ބުންޏެވެ.
އަނިޔާ ނުކުރާ ކަމަށް ފާތުމަ ބުނި ނަމަވެސް ޔަތީމުހާނާގައި ހޭދަވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ހިތްދަތި ހާލެއްގައި އުޅެން ޖެހުނު ކަމަށް އޭނާގެ 12 އަހަރުގެ ދަރިފުޅު ވަނީ ބައްޕަގެ އާއިލާ އަށް ކިޔައިދީފަ އެވެ. އަދި ޖިސްމާނީ އަދި ނަފްސާނީ އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނަން ހުރި ކަމަށް ނައީމް ބުނެ އެވެ.
ބައްޕަ މަރުވެފައިވާ ކަަަމަށް ބުނެ ދޮގު ހެދީ ކީއްވެތޯ އެހުމުން ސީދާ ޖަވާބު ނުދީ، ފާތުމަ ތަކުރާރުކުރީ އޭނާ އިންޑިއާގައި ތިން ދަރިން ބަލަން އުޅުނު ހާލެވެ.
އުކުޅަހުގައި ތިއްބައި ދަރިން ގޮވައިގެން ދިޔައީ ދަރިންނަށް ނުރައްކާ އޮތުމުން ކަމަށް ބުނި ނަމަވެސް އޭގެ ތަފްސީލެއް ފާތުމަ ނުދިނެވެ.
ނައީމް ބުނިގޮތުގައި ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް އޮތްތޯ ޖެންޑާ މިނިސްޓްރީން ވެސް އަންނަނީ ބަލަމުންނެވެ. ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އެ މައްސަލަ އަންނަނީ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
05 April 2017
ދެމަފިރިންގެ ދެމެދުގައި ބޮޑެތި މައްސަލަތަކެއް ހުރުމުންހެން ހީވަނީ މިހިސާބަށް ކަންކަން ދާނީ، ދެމަފިރިންނަށް އެއްގަލަކަށް ނޭރުމުން ހުރިހާ އަނިޔާއެއް ތިލިބެނީދަރީންނަށް، ދަރިންދެކެ ލޯބިވާނަމަ އަސްލު މައްސަލަ އަށް ހައްލެއްހޯދުން ރަނގަޅުވާނެ، ދަރިން މަންމައާ ނުވަތަ ބައްޕައާ ވަކިން އުޅެންޖެހުމަކީވެސް ހައްލެއްނޫން، ފިރިމީހާގެ އެއްވެސް ކުށެއްނެތި އަންހެނުން ތިޔަހެން ފިލައިގެން ގޮސްސާނެކަމަކަށް ޓެކްނިކަލީ ގަބޫލެއްނުކުރެވޭ!!
އަލީ
05 April 2017
ލޮބުވެތި ދިވެހިދަރިންނޭ! ހަރުދަނާކުރަންވީކީ ގާނޫނާއި ގަވާއިދެއްނޫނޭ. .ހަރުދަނާވާންވީ އަޅުގަނޑުމެންގެ ވިސްނުމާ ފިކުރެވެ.
އިސްމާއިޅް އަބުދުﷲ
05 April 2017
ހެޔު ނުވާނެ މި ދިވެހިން ނަށް ވެސް ކޮންމެ ކޮންމެ ބިދޭސީ އަކާ ބޭނުންހާ ގޮތަކަށް ކައިވެނި ނުކުރެވޭ ގޮތޮ ހެދުން ވަރަށް މުހިއްމު. އެހެން ނޫނީ ކުރިއަށް އޮތް ތަނުގަ ހީނުކުރާ ވަރުގެ ހިތާމަވެރި މައްސަލަ ތައް އުފެދޭނެ ކަން ޔަގީން. ހަރުދަނާ ގާނޫން ތަކެއް ހެދުން ވަރަށް މުހިއްމު.
ރމޒ
04 April 2017
އަޅެ ދިވެހި އަންހެނުން ކަމުނުދަނީތަ؟؟ ނޫނީ މާހަރަދު ބޮޑީތަ؟؟ ކޮންމެވެސް މައްސަލައެއް އަބައުޅޭ!!!!!
އަލީ
06 April 2017
ރމޒ ތީކީ ދެން ޔަގީންވާކަމެކެންނު!!!!
މެޑަމް
04 April 2017
ފާތުމަ އަށް ސޮރީ. ހާދަ ދޮގެއް..
ޕޮކަންޑި މޭން
04 April 2017
ހީވާގޮތުން އާޚިރުގަ ފާތުމަޖެހޭނީ ގޮތް ދޫކުރަން، 12 އަހަރުގެ އަންހެން ކުއްޖާ އަމިއްލައަށް ދާން ބޭނުންވާކަމަށް ބުނުމުން މަންމަ އަށް އެކުއްޖާ ނުހިފެއްޓޭނެތީވެ.
ސަންޕަކަލޯ
04 April 2017
ރާއްޖޭގެ ހިއުމަން ރައިޓްސްއޭ!!!! ހަހަހަހަ
ފެނޭދޯ
04 April 2017
އަދިވެސް އިންނާތި އިންޑިއާ މީހުންނާއި ދަ ރާއްޖެތެރޭ މީހުން. ހުންނާނެ ރަނގަޅަށް ރާކަނި މަސްކެވިފައި މިހާރު ދޯ.
ނަނު
04 April 2017
ރާއްޖޭގެ ފިރިހެނުންނަށް އަނބިން ނުލިބެނީތަ މިމީހުންނާ އިންނަނީ ؟؟؟؟؟؟
މަހުޖަނު
05 April 2017
އަނބިން ލިބޭނެ.. އަންހެނުންވެސް ބަލަނީ މީހުންނާ އިނދެގެން އުޅޭ ދެމަފިރިންގެ ދޭތެރެއަށް ވަދެ ދެމީހުން ދުރުކުރެވޭތޯ.
އިބިރިހިންބެއްޔާ
04 April 2017
ތިންކުދިންގޮވައިގެން މަންމަ ދިޔައީ އަނިޔާއަށް ކެތްނުކުރެވިގެންކަމަށް. ފަގީރުކަމުން ކުދިންކޮޅު ޔަތީމުޚާނާއަކަށްލީ. އަދި މިއަދުވެސް ބައްޕަގެ އަޑެއްނެތް. ރާއްޖެ ގެންނަން އުޅެނީ ކާފަ. ދެން ދިވެހި ރައްޔިތުން ބަލަންޖެހެނީ ތި 3 ކުދިން ރާއްޖެ ގެނެސްގެން އެކުދިންނަށް ވާނީ ފައިދާތޯ ނުވަތަ ޔަތީމުޚާނާގައި އިންޑިޔާގައި ތިބުންތޯ އެކުދިންނަށް ރަގަޅީ. މިއީ ވިސްނަން ޖެހޭ މައްސަލައެއް.