ޒޭން މާލިކް (ކ) އާއި ޖަސްޓިން ބީބާ: ބީބާގެ އިންޑިއާ ޓުއާގައި ޒޭން ބައިވެރިވާނެ ކަމަށްވޭ.
05 އެޕްރީލް 2017 - 06:37
"ޕާޕަސް" ޓުއާގައި އަންނަ މަހު ޖަސްޓިބް ބީބާ އިންޑިއާގައި ބާއްވާ ޝޯގައި އިނގިރޭސިވިލާތުގެ މަޝްހޫރު ބޭންޑް "ވަން ޑިރެކްޝަން" ގެ ކުރީގެ ލަވަ ކިޔުންތެރިޔާ ޒޭން މާލިކް ވެސް ބައިވެރިވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބީބާގެ ޝޯ އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު މުމްބާއީގެ ޑީވައި ޕަޓިލް ސްޓޭޑިއަމްގަ އެވެ.
އޭނާ "ޕާޕަސް" ޓުއާގައި އިންޑިއާ އަށް ދާތީ އިންޑިއާގެ އެތަކެއް ހާސް ފޭނުން ވަރަށް އުފަލުން ތިއްބައި، ޝޯގައި ޒޭން ވެސް ބައިވެރިވާ ވާހަކަ ފެތުރުމާ އެކު، ޝައުގުވެރިކަން މިހާރު ވަނީ އެތައް ގުނައަކަށް އިތުރުވެފަ އެވެ.
"ވަން ޑިރެކްޝަނުން" ވަކިވުމަށް ފަހު، މިހާރު ސޯލޯ އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޒޭންއަކީ އިންޑިއާގެ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ފަންނާނެކެވެ.
#PurposeTourStadiums pic.twitter.com/JUfGkFyLh2
— Justin Bieber (@justinbieber) February 15, 2017
"ޕާޕަސް ޓުއާ" ގެ ތާވަލެއް.
ރިޕޯޓްތައް ބުނާ ގޮތުން ބީބާގެ އިތުރުން ވެސް ހުޅަނގުގެ ވަރަށް މަޝްހޫރު ބައެއް ފަންނާނުން ބީބާގެ މި ފަހަރުގެ ޓުއާގެ ތެރެއިން ފެނިގެން ދާނެ އެވެ. އަދި މި ޝޯގައި އިންޑިއާގެ އެންމެ ނުފޫޒު ގަދަ ސެލެބްރިޓީން ވެސް ފެނިގެން ދާނެ އެވެ.
އޭގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިން ވެސް ހިމެނެ އެވެ.
ބީބާގެ ޓުއާގައި ޒޭން ބައިވެރިވާނެ ކަމަށް ބެލެވެން ފެށީ، ޒޭންގެ ކުރިއަށް އޮތް އަލްބަމްގެ ލަވައެއް ކަމަށްވާ "ސްޓިލް ގޮޓް ޓައިމް" ގެ ލިންކެއްމ ބީބާގެ ޓްވިޓާގައި ހިއްސާ ކުރުމުންނެވެ.
"ޕާޕަސް" ޓުއާގެ ޓިކެޓް މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ވިއްކަން ފެށި އިރު، ޑިމާންޑް ބޮޑުވެގެން ޓިކެޓް ވިއްކުން މިހާރު ވަނީ ހުއްޓާލައިފަ އެވެ.
އަދި އަލުން ޓިކެޓް ވިއްކާނީ މުމްބާއީގައި ޝޯ އޮންނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy