ޕީޕީއެމްގެ ރައީސް މައުމޫން، އެމަނިކުފާނަށް ތާއީދުކުރާ އާންމުންނަށް އަތްޕުޅުން އިޝާރާތް ކުރައްވާއިރު ސަފްވާން (މ) ގައި މަޑުކޮށްލައިގެން.---މިހާރު ފައިލް ފޮޓޯ
10 އެޕްރީލް 2017 - 21:45
ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަރިސް ބޭފުޅަކު ހޯދަން މިރޭ އިއުލާން ކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހޯދަނީ މ. ހިމްމިއްޔާ، އަހުމަދު ސަފްވާން އެވެ. އޭނާ އަކީ މައުމޫން ޕާސަނަލް އެއިޑެއްގެ ގޮތުގައި އެމަނިކުފާނުގެ އަރިހުގައި ހަރަކާތްތެރިވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ޕީޕީއެމްގެ މައުމޫންގެ ފެކްޝަންގެ ކައުންސިލް މެމްބަރެއް ވެސް މެ އެވެ.
ފުލުހުންގެ ތަހުގީގަށް ސަފްވާން ހޯދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދިއެއް ނޭނގެ އެވެ.
ފުލުހުން ވަނީ ސަފްވާންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9790048 އަށް ގުޅައި އޭނާގެ މައުލޫމާތު ހިއްސާ ކުރުމަށް އެދިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެން ލަލަލާ
11 April 2017
މިގައުމުގެ 90 ޕަސެންޓު މީހުން ތި މައުލޫމާތު އެނގުނަސް ނުބުނާނެ! ޕޕމ ގަ އުޅޭ 20 އަކަށް މީހުންނަށް ފެނުނިއްޔާ ފެނުނީ! ޢަހަރުން ހަޔާތުގަ މާ މުހިއްމު ކަންކަން އެބަހުރި ތިޔައްވުރެ!
ޢަފިހުން
11 April 2017
އަހަރުންނަށް އެނގުނަސް ނުބުނާނަން ކަލޭމެން އަމިއްލައަށް ހޯދާ!
އަލިބެ
11 April 2017
އިސް މަޤާމުތަކުގައި ތިބޭ މީހުން ކުރާ ޢައިރު ޤާނޫނީ ކަންކަން އެ މީހުން އެ މަޤާމުން ވަކި ވުމުން ނުބެލޭނަމަ ދެން އެ މަޤާމާ ހަވާލުވާ މީހާ ވެސް ޢައިރު ޤާނޫނީ ކަންކަމަށް އަރައިގަންނާނެ. ހިތްތިރި ކުރުމަކީ ކުށް ކުރާ މީހުންގެ އަމަލުތައް ނުބެލުން ކަމަށްވާނަމަ މި ރާއްޖެއަށް ހަމަޖެހުމެއް ނުލިބޭނެ.
އަހައްމަދު އަހައްމަދޭ
11 April 2017
މިއީ އަހަރެން ބުނިތަން ކުރީގެ ރައީސް ހުރިތާނގަ ބައިންދާފަ 4 ފަރާތުން ބައްދާ ތެރަސް ޖަހަމުންދާ މަންޒަރު ދެން ފެންނާނީ މައުމޫނު ހުރި ފިޔަވަޅުން އެއްވެސް ފަރާތަކަށް ޖެހިލިއަސް އަނދަވަޅަކަށް ވެއްޓޭވަރު ކުރާނެ ،އަދި ކޮބާ 2018 ގަ ރިއާސީ ރޭހުގަ ރޭހުގަ ސަރުކާރު ފަޅިން މައުމޫނުގެ ދަރިފުޅަކާ ބޮޑު ބޭބެ ކިޔާ ބޭފުލަކު ވާދަ ކޮފާނެ ކަމަށް ބެލެވޭއިރު އަނެއްފަޅިން މައުމޫނުގެ ދަރިފުޅަކާ އެހެންބައިވެރިއަކު ނިކުމެއްޖެއްޔާ ރައްޔަތުން ވޯޓް ލާން ޖެހޭނީ ކިނެއްކަމެއްވެސް ރައްޔަތުންނަށް ނޭގޭނެ،
ހަމްބެ
11 April 2017
އާންމުކޮށް ފުލުހުން މީހުން ހޯދުމަށް އާންމު ރައްޔިތުންގެ އެހީހޯދަނީ ފިލައިގެން އުޅޭމީހުން ހޯދަން........
ައާޕް
11 April 2017
ހަބަރުގެ ސުރުހީ ރަގަޅުތަ؟.. އަޅާގަންނަ ގޮތެއް އެބަހުރި ދޯ؟ އަޅުގަޑައް ހީވީ ފުލުހުންގެ ތަހުގީގީ މަސައްކަތައް ފުލުހުންގެ ތެރެއިން މައުމޫނުގެ އަރިސްބޭފުޅެއް ހޯއްދަވަނީ އޭ ބުނާހެން.. އެހެން ބޭފުޅުންނައް ފެންނަނީ ކިހިނެއް ތޯ؟
ޑޮލަރު
11 April 2017
ވަރިހަމަ.. މިހާރު ހޮޓަލަކަށް އެރިޔަސް ޓެކްސީއަކަށް އެރިޔަސް ފެންނަނީ މި ސަރުކާރުގެ ލަދު ކުޑަ ކަމުގެ ވާހަކަ.
ލާ މަސީލު
11 April 2017
ޔާމީނަށް ވުރެ ތި ބުނާ ސަފްވާނު އަރިސް ނުވާނެ.. ޔާމީނު ހާޒިރު ކުރަންވީނުން ތަހްގީގަށް..
ސީދި
11 April 2017
މިހާރު އެބަހީވެ...!
ސަމީމާ
11 April 2017
މިހާރު މިތިބަ ފުލުހުން ނަށް!! ސޮރީ ތިކަމެއްނުވާނެ. ފުލުހުންނޭ ބުނީމަވެސް ލަވަނީ ހޮޑު.