ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 51 ފުރުން ފާހަގަކުރުމަށް މިރޭ ހުޅުލޭގައި ބޭއްވި ހަފުލާގައި މިނިސްޓަރު ސައީދު ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
12 އެޕްރީލް 2017 - 22:19
ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއަކީ ވެލާނާ އެއާޕޯޓް ތަރައްގީކުރުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
އެއާޕޯޓަށް 51 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ހުޅުލޭގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އެއާޕޯޓް ތަރައްގީކުރުމަށް ހިންގާ އެއްބިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން ހަދާ އެއާޕޯޓުގެ ދެވަނަ ރަންވޭގެ މަސައްކަތް އަންނަ އަހަރުގެ އޮގަސްޓްމަހުގެ ބޭނުންކުރަން ފެށޭވަރުވާނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން އާ ޓާމިނަލް އާއި ފިއުލް ސްޓޯރޭޖްގެ ޖާގަ އިތުރުކުރަން ހިންގާ މަޝްރޫއު ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"މި އެއާޕޯޓުގެ ތާރީހުގައި 51 އަހަރު ފުރުނުއިރު މިއަދު މި އެއާޕޯޓު، އާދެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ދެކެމުންމިދާ ތަރައްގީ ނުވަތަ އެއާޕޯޓުގައި މި ހިންގޭވަރުގެ މަޝްރޫއެއް މީގެ ކުރިން ހިންގިފައެއް ނުވޭ. އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުޑަ ޖަޒީރާ އެއްވެސް ގައުމެއްގައި މިފަދަ ބޮޑު އިނޮވޭޓިވް މަޝްރޫއެއް ހިންގިފައެއް ނުވާނެ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިއަދު ރާއްޖޭގެ ކޮންމެ ކަންކޮޅަކަށް ބަލާލި ކަމަށް ވިޔަސް އުމްރާނީ އަދި އިގްތިސާދީ އެތައް މަޝްރޫއެއް ހިންގަމުން އެބަދާ ކަމަށެވެ.
އެއާޕޯޓަށް 51 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ހަފުލާގައި އިކޮނޮމިކް މިނިސްޓަރު ސައީދު އަދި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް އަދި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
"މި ކޮންމެ ކަމަކާ ގުޅިފައި މިވަނީ ހަގީގަތުގައި މި އެއާޕޯޓަށް ގެނެވޭ ތަރައްގީއާ މި އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތަށް. ކުރުގޮތަކަށް ދަންނަވާ ނަމަ ދިވެހި ތާރީހުގައި އެންމެ ބޮޑު އެންމެ ބިޔަ މަޝްރޫއެއްގެ ގޮތުގައި ހިންގޭ މަޝްރޫއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެއާޕޯޓް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު ހިންގަން ކެރުނު އެންމެ ބޮޑު ސަބަބަކީ އެއާޕޯޓުގެ މުވައްޒަފުންވެފައިވާ ތައްޔާރީ އާއި ރާއްޖެ މިފަދަ ބޮޑު ތަހުޒީބަކަށް ތައްޔާރުވެފައި އޮތް ބޮޑުކަމުން ކަމަށެވެ.
"މި އެއާޕޯޓްގެ ތަރައްގީއަށް ގާތްގަނޑަކަށް އެއްބިލިއަން ޑޮލަރު ހަރަދުކުރެވިގެން މިދަނީ. ވަރަށް ބޮޑު މަޝްރޫއެއްގެ ގޮތުގައި މިހިންގަނީ. ކޯޑް އެފް ސްޓޭންޑަޑަށް، ބަައިނަލްއަގުވާމީ ވިޔަފާރިތައް ގަބޫލުކުރާ އިންޓަނޭޝަނަލް އެއާލައިންސްތައް އިތުބާރު ލިބޭ ފަދަ ދެވަނަ ރަންވޭއެއް ބިނާކުރެވެމުން މިދަނީ. އަންނަ އަހަރުގެ މެދުތެރޭގައި ޖުލައި އޮގަސްޓް ހިސާބަށް ދާއިރު މި ރަންވޭ ބޭނުންކުރެވޭ ވަރަށް ތަރައްގީކުރެވޭނެ ކަމަށް އަޅުގަނޑުމެންނަށް މިހާރު ޔަގީންވެފައި ވަނީ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެއާޕޯޓުގައި ތެޔޮ ރައްކާކުރާ ޖާގަ ބޮޑުވެ އަދި ޒަމާނީ ފެންވަރުގެ އެތައް ފަސޭހަތަކާއި ޒަމާނީ ގޮތުން އެޑްވާންސް ޓާމިނަލަށް އާ ޓާމިނަލް ވެގެންދާނެ ކަމަށެވެ. އަދި ގައުމަށް އަންނަ އިގްތިސާދީ ބޮޑު ބަދަލުން ދިވެހި ރައްޔިތުންނަށް އެތައް ގޮތަކުން މަންފާކުރާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 51 ފުރުން ފާހަގަކުރުމަށް މިރޭ ހުޅުލޭގައި ބޭއްވި ހަފުލާގައި މިނިސްޓަރު ސައީދު މުވައްޒަފަކަށް ލިޔުން ހަވާލުކޮށްދެއްވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
"މިހާރު ބޮލަކަށް އާމްދަނީގެ ނިސްބަތް ޖެހޭ މިންވަރު 6،000 ޑޮލަރު ކަމަށްވަންޏާ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅު ހުރީ ގާތްގަނޑަކަށް 12،000 ޑޮލަރަށް، ބޮލަކަށް ޖެހޭ ނިސްބަތް އަންނަ އަހަރު، 2018ގައި ގެނައުން،" މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ އެއާޕޯޓް ތަރައްގީކުރުމަށް އެއާޕޯޓް ބަންދުނުކޮށް ހިންގަން ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ. އެކަމަކު އެ މަޝްރޫއުތައް ކުރިޔަށް ގެންދެވެނީ އެއާޕޯޓުގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒީރޯ
17 April 2017
ދުނިޔޭގަ ނެތް ތިސަރުކާރުވަރުގެ ސަރުކާރެއް، ރައީސެއް، މިނިސްޓަރުންތަކެއް، ކެބިނެޓެއް، އިގްތިސާދެއް، ތަރައްގީއެއް، ކޮންކަމެއްގައިކަން ބުނާކަށް ބޭނުމެއް ނުވޭ. އެއީ ހުރިހާ ކިޔުންތެރިންނަށް އެނގޭކަމެއް.
ޤައުމީލޭ
13 April 2017
އަތޮޅު ތެރެއިން ދައްކަބަލަ ތިހެން ތާރީހުގަ ލިޔެވޭވަރުގެނޕްރޮޖެކްޓެއް؟ މުޅިންވެސް މާލޭ އެއަރ ޕޯޓް މާލޭ ހުޅުމާލެ މާލޭ އައިހީއެމްއެޗް މާލޭ އިންޑަސްޓްރިއަލް ވިލެޖު މާލޭ ޕާކުތައް މާލޭ ބުރިޖު... އަތޮޅުތައް ވިއްޔާ ފީސިބިލިޓީއާ މާސްޓަރ ޕްލޭނު ހެދުން... އިހަށް ދުވަހުވެސް މާސްޓަރ ޕްލޭނެއް ހަދަން ހަވާލުކުރި ތިޔަ ސައީދު 15 ހަފްތާއިން ނިންމަން 30 ހަފްތާ ވެއްޖެ އޭގެފަހުން މިހާރު ބަހަބަރު
އަސްލު
13 April 2017
އެއަރޕޯޓް ވާހަކަ ނޫނަސް ތާރީޚުގައި ލިޔާނެ ކިތަންމެ ވާހަކައެއް އެބަހުރި
އައި
13 April 2017
ބޭނުމީ އަދުލް އިންސާފް ފުރަތަމަ، ކޮން އެއަރޕޯރޓެއް
ބޮލުރޮދި ބޫސަބެ
13 April 2017
ތާރިހުގަ ލިޔެވެވޭނެ ތިވަރުގެ އެތައް އެއަރޕޯޓެއް ތަރައްގީކުރާހާ ފައިސާޔަކައް މިސަރުކާރުން ހިޔާނައްވި ވާ ހަކަވެސް! ދުވަހަކުނުދަރާވަރް މިރާއްޖެ މިސަރުކާގައި ދަރުވާލި ވާހަކަވެސް
ކުރިމަގު
13 April 2017
މަދުބަޔަކު އެބަތިބި މިހާރުވެސް އިދިކޮޅުފަރާތްތަކަށް ތާއިދުކޮށް ތަނުގަ ފިތުނަފަސާދު އުފައްދަމުންގެންދާ ހިތާމަޔަކީ އެމީހުންނާ ދޭތެރޭ އޑ ލެވެލް އިން ފެސިގެން ޔުނިޓް ތަކުގެ ވެރިންނާ ހަމައިންވެސް ފިޔަވަޅެއް އަލަން ނުކެރޭކަން
ސީދި
13 April 2017
ތާރީހުގަ ވަރަށްގިނަ ކަންތައްތައް މިހާރުވެސް ވަނީ ލިއެވިފަ
ޒެޑް
13 April 2017
އެއަރޕޯޓު ކުރިން ވެސް އޮތް. މައުމޫނުގެ ސްލޯ ސްޕީޑް ތަރައްގީ އޮތީ އައިސް އައިސް. ތިހާ ބޮޑު އަގެއްގައި ތިތަން ތަރައްގީ ކޮށް ނަފާ ނެގިދާނެކަން އެނގުނީ ޖީ އެމް އާރު ތިޔަތަނާއި ހަވާލުވެފައި ލިބޭ އާމްދަނީ ފައިސާ ގިނަކޮށް އާމްދަނީ އިތުރުވާނޭ އުފެއްދުންތެރި މަގުތައް ކޮށައިދިނީމަ އެމަގުން ހިނގަން ފެށުމުން. އިންޑިއަންސް އާ ގުޑް ޓްރޭޑަރސް. އިފް ޔޫ ފޮލޯ އިންޑިއަންސް އެން ޔޫ ގްރޯ އަޕް ވިތް ދެމް ދެން ޔޫ އާރު އަ ގުޑް އިންޑިއަނ ޓްރޭޑަރު
ޙަސަން އަޙްމަދު
27 April 2017
ތި ޖުމްލައިގެ ފަހަތު ބައި އިނގިރޭސިން ތި ލިޔުނީ އިންޑިއަންސް ކޮޕީ ކުރަންތޯ؟
ބާޔޫ
13 April 2017
ފޮނި ސައީދޫ... ތިޔަ ކިޔޭ އެއްޗެއްއެނގިލައްވައި ތޯ؟
މރ. ހަދާނެއް ނުނެތޭ.
13 April 2017
އެއްވެސް ޝައްކެއް ނެތް، ސައީދު މިނިސްޓަރު ތިޔަ ވިދާޅުވީ ވަރަށް ރަނގަޅު ވާހަކައެއް، ވެލާނާ އެއަރޕޯރޓްގެ މަޝްރޫޢު ތާރީޚްގަ ލިއެވޭނެ، ހަމަ އެފަދައިން ދައުލަތުގެ ބޭތުލްމާލަށް މި ސަރުކާރުން ޚިޔާނާތްތެރިވި ވާހަކަވެސް ފަލަ އަކުރުން ތާރީޚްގަ ލިއެވޭނެ ދެއްތޮ.