ބެންކޮކްގެ ހޮސްޕިޓަލުގައި ޒާހިލްގެ މަންމަ އޭނާއަށް އެހީވަނީ: އަންނަ ބުދަ ދުވަހު އޭނާ އަނެއްކާ ވެސް ބެންކޮކަށް ފުރާނެ
17 އެޕްރީލް 2017 - 14:10
އިންފެކްޝަނެއްގެ ސަބަބުން ނުކެވި، އެތައް ވޭނެއް ތަހައްމަލު ކުރަމުން ދާ އިބްރާހީމް ޒާހިލްގެ ހާލު އިތުރަށް ގޯސްވާތީ އޭނާ އަނެއްކާ ވެސް ބެންކޮކަށް ދިޔުމަށް ނިންމައިފި އެވެ.
ގިނަ ބައެއްގެ އެހީތެރިކަމާ އެކު ޒާހިލް ބެންކޮކްގައި ދެ މަހެއްހާ ދުވަހު ފަރުވާ ކުރުމަށް ފަހު ރާއްޖެ އައީ މި މަހުގެ ކުރީކޮޅު އެވެ. އެކަމަކު އޭނާއަށް ނުކެވި އަނެއްކާ ވެސް ލުއިވާތީ ފަރުވާ ކުރިއަށް ގެންދިޔުމަށް އަންނަ ބުދަ ދުވަހު ބެންކޮކަށް ފުރާނެ ކަމަށް އާއިލާއިން ބުންޏެވެ.
ޒާހިލް ރަނގަޅު ކުރުމަށް ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހެ އެވެ. އެކަމަކު މިހާތަނަށް އައި އިރު އޮޕަރޭޝަން ކުރެވޭ ވަރަށް ބަރުވެފައި ނުވާތީ، އޭނާ ރާއްޖެ އައީ ބަރުވެގެން އެނބުރި ދާ ގޮތަށެވެ.
ޒާހިލްގެ އެއްބަނޑު އެއްބަފާ ދައްތަ ބުނިގޮތުގައި ރާއްޖެ ގެނައީއްސުރެ ކޮއްކޮގެ ހާލު ދިޔައީ ގޯސްވަމުންނެވެ. ބަރުދަން އިތުރު ކުރުމަށް ބެންކޮކް ހޮސްޕިޓަލުން ދިން ކިރު ވެސް މިހާރު ނުބޮވޭ ކަމަށް އޭނާ ބުންޏެވެ.
"ކުޑަ އެތިކޮޅެއް ބޯލާއިރަށް ބަނޑަށް ތަދުވެގެން ހުއްޓާލަން ޖެހޭ. އޭނާއަށް ދެނީ ހަމައެކަނި އެ ކިރަށް ވެފައި އެ ނުބޮވޭތީ މިހާރު ކިލޯއެއް ވަރު ލުއިވެއްޖެ،" ޒާހިލްގެ ދައްތަ ބުންޏެވެ.
"އަދި ކުރިއެކޭ އެއްގޮތަށް މުޅިގައިގައި އަނެއްކާ ވެސް ހަންފޮޅިފައި މިހާރު ހުރީ."
ބަރުދަން އިތުރު ކުރުމަށް އޭނާއަށް ދެވެނީ ބަނޑަށް ގުޅާފައި އިންނަ ހޮޅިން، ވަކި ހާއްސަ ކިރެކެވެ.
އެންމެ ކުޑައިރުއްސުރެ އެ ބަލީގައި އެތައް ވޭނެއް ތަހައްމަލު ކުރަމުން އަންނަ 17 އަހަރުގެ ޒާހިލް ބެންކޮކަށް ދިޔައިރު އޭނާގެ ބަރުދަނުގައި ހުރީ އެންމެ 16 ކިލޯ އެވެ. އެކަމަކު ބެންކޮކް ހޮސްޕިޓަލުގައި ދިން ފަރުވާތަކުން އޭނާ ވަނީ ހަތަރު ކިލޯ ބަރުވެފަ އެވެ.
ޒާހިލްގެ ދައްތަ ބުނީ ޒާހިލް ބަނޑުގައި ރިއްސާތީ އައިޖީއެމްއެޗަށް ދެއްކުމުން ބަނޑުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނި ކަމަށެވެ. އެހެންވެ، މަންމަ އާއި ބައްޕަ އާއެކު އޭނާ ބެންކޮކަށް ފުރުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ޒާހިލްގެ ބޭސްފަރުވާ އަށް އެހީވާން އެކި ފަރާތްތަކުން ހިންގި ހަރަކާތްތަކުގައި 1.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލް ކޭސް
18 April 2017
ތި ކަހަލަ އެހީއަށް ބޭނުން ވާ ކިތަންމެ ދިވެހިންނެއް ރާއްޖޭގައި އެބައުޅޭ، ޓްރީޓޮޕް ހޮސްޕިޓަލް އަވަހަށް ހުޅެވޭނެ ކަމަށް އުއްމީދު ކުރަން
ހަސަން ފުޅު
17 April 2017
ޒާހިލްއަށް އަވަސް ޝިފާއަކަށް އެދެން... ބެންކޮކުގައި އެދެވޭ ފަރުވާގެ ސަބަބުން ކުޑަކޮށް ރަގަޅުވިނަމަވެސް ޒާހިލްގެ ބައްޔަށް އެކަށީގެންވާ ލުޔެއް ލިބެމުންނުދާތީ ، ދީނީ އިލްމުވެރިއެއްގެ ލަފާގެމަތިން ސިހުރުގެ ކަމެއްވޭތޯ ބެލުމަކީވެސް ރަގަޅުކަމެއް ، ހުރިހާ ޒަމާނެއްގައިވެސް މީހުންގެތެރޭގައި ގޮތްނޭގޭ މީހުންތިބޭތީވެ އެކަހަލަ ކަންތައްތަ ކުރުމަކީވެސް އޮންނަކަމަކަށް ވުމުން އެހުރިހާ ކަންކަމަށްވެސް ބެލުން ރަގަޅު... އިރާދަ ކުރެއްވިއްޔާމު ޒާހިލްގެ ބައްޔަށް ޝިފާއެއްލިބޭނެ...
ގާރލް7
17 April 2017
ޒާހިލްއަށް ދުޅަހެޔޮ ސިއްހަތެއް ހޯދާދިނުމަށްޓަކައި އޭނާގެ މައިންބަފައިން (ހާއްސަކޮށް ޒާހިލްގެ ކެތްތެރި މަންމަ) އަދި ވަގުތު އިން ކުރަމުންދާ ބުރަ މަސައްކަތަށް ސާބަސްދެން. އަދި ޒާހިލްގެ ހާލަތު މިވަގުތު ދަށަށް ގޮސްފައިވާތީ އެކަމާ ހިތާމަވެސް ކުރަން. މާތްﷲ ގެ އިރާދަފުޅާއިއެކު ޒާހިލްއަށް ވ.ވ.ވ.ވ.ވ.ވ..ވ އަވަސް ޝިފާއެއް މިންވަރުކުރައްވާނދޭ! އާމީން!
ރީން
18 April 2017
ކޮބާ ބައްޕަ؟؟؟؟؟؟
ޒާ
17 April 2017
ތިކުއްޖާއަށް ރުގުޔާގެ ފަރުވާ ކުރަން ފެނޭ....
ހަސަނު
17 April 2017
ސުބުޙާނަﷲ! އެކުއްޖާ އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. ކެތްތެރިކަމުގެ ނަމޫނާ މަންމައެއް. އަހަރެން ނަމަ ހިތްފަޅައިގެން މަރުވެސް ވެދާނެ.
އުތުރު
17 April 2017
އަވަސް ޝިފާއަކަށްއެދެން