ޝިދާތާ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދައި ދިނުމަށް އިދިކޮޅު ލީޑަރުން ގުރުބާން ވެވަޑައިގަންނަވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
23 އެޕްރީލް 2017 - 06:43
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުކޮށް، އަނިޔާވެރިކަން މުލުން ލުހެލަން އަޑުގަދަ ކުރަން ވެއްޖެ ކަމަށް އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ ހެލްތު މިނިސްޓަރު ޝިދާތާ ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވި ގޮތުގައި މިއީ އަޑު މަޑުކޮށް، ލޮނު މަޑުވާންވީ ވަގުތެއް ނޫނެވެ. އަދި އަނިޔާވެރިކަން މުލުން ލުހެލުމަށް އާންމުން ފޯރި ނަގަންވީ ވަގުތު ޖެހިފައިވާ ކަމަށާއި ލީޑަރުން މިނިވަން ކުރަން ނުކުންނަން ޖެހޭ ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ.
"މިއީ ވަރަށް ބިރުވެރި ވާހަކައެއް. މިހާރު ހިފެހެއްޓިފައި އޮތް ޕާސްޕޯޓު ގެއްލިދާނެ. ނަމަވެސް އަޅުގަނޑުމެން ހަނގުރާމަ މި ކުރަނީ ސަރުކާރެކޭ ކިޔައިގެން ތިބި ލަޝްކަރު ބަލި ކުރަން،" އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމެޓީގެ ރައީސް ކަން ވެސް ކުރައްވާ ޝިދާތާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ "ލަޝްކަރު" ގައި މާ ގިނަ ބަޔަކު ނެތެވެ. އަދި އެ މީހުން ބަލި ކުރާނެ ކަމަށް ވެސް ފޯރި އާއި ޖޯޝުގައި ހުންނެވި ޝިދާތާ ތަކުރާރުކޮށް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ރައްޔިތުން ތަހަންމަލު ކުރަމުން ދަނީ ހިތްދަތި ދުވަސްތަކެއް ކަމަށާއި އިރު އަރައި އޮއްސޭ ކޮންމެ ދުވަހަކީ ރައްޔިތުންގެ ހިތްތަކުގައި ނާމާންކަމާއި ބިރުވެރިކަން އޮންނަ ދުވަހެއް ކަމަށް ޝިދާތާ ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މިނިވަންކަން "ފޭރިގެންފައިވާ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިނިވަން ކަމުގެ ކުނޑި ފުކެއް ވެސް ބީވެގެން ދާތަން ބަލަހައްޓައިގެން ތިބެގެން ނުވާނެ،" ޝިދާތާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ގުޅިގެން މަސައްކަތް ފެށުމާއެކު، ޕާޓީތަކުގެ ލީޑަރުން ތިއްބަވަން ޖެހުނީ ބަންދުގަ އެވެ. ބައެއް ބޭފުޅުން ޖަލުގައި ތިއްބެވިއިރު، އަނެއް ބައި ބޭފުޅުން ރާއްޖެ ނާދެވޭ ހާލަތުގައި ތިއްބެވި ކަން ޝިދާތާ ފާހަގަ ކުރެއްވި އެވެ. އަދި ލީޑަރުން މިނިވަން ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
އެހެންވެ، ރައްޔިތުންނަށްޓަކައި އެ ލީޑަރުން ގުރުބާން ވަނީ ރައްޔިތުންގެ ހައްގުތައް އަލުން ހޯދައި ދިނުމަށް ކަމަށް ޝިދާތާ އޭނާ ވިދާޅުވި އެވެ.
"އެބޭފުޅުންގެ ރެ އާއި ދުވާލުގެ ހުރިހާ ވަގުތެއް ގުރުބާން އެ ކުރައްވަނީ މި ގައުމުގެ މުސްތަގުބަލަށްޓަކައި. ގައުމު ސަލާމަތް ކުރުމަށް. ރައްޔިތުން ބަލަހައްޓައިގެން ތިބެންވީ މިނިވަންކަމާއި ތަރައްގީ އާއި ކުރިއެރުން ތަނބަކަކަށް ލައިގެން ގެނެސް ދެންދަކަށެއް ނޫން،" ޝިދާތާ ވިދާޅުވި އެވެ.
"އެ ބޭފުޅުން ގުރުބާން ވާއިރުގައި އެއް ސަފެއްގައި އެއްގޮތަކަށް އެބޭފުޅުންގެ ފަހަތްޕުޅުގަ އާއި ކުރިމަތީގައި ގުރުބާން ވުމުގައި ބައިވެރިވުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ އަޒުމަކަށް ވާންވީ."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީހާ
23 April 2017
ސިދާތާ ބުނީ ނޭޅޭ ބުރިޖޯ، ހުވަފެނެކޯ. ބްރިޖް ފެނޭތަ؟؟
އާޅަބޭ
23 April 2017
މިއީތަ އެބުނާ، ތަން ފުރިގެން މަގުމައްޗަށާ އެކު މީހުންގަނޑު ނުކުމެ ޢާއްމުންނަށް ދަތިވާތީ ޖަލްސާ ކުރަން ބޮޑު ބިމެއް ހޯދަން ދަޢުވާކުރާ ފަރާތްތަކުގެ ބޮޑު ޖަލްސާ ތަކަކީ....؟؟؟؟ ދެރަވޭ ޝަހާދެއް.
މަސީހު
23 April 2017
ޕޯޑިއަމް ތަކަށްއަރާ އިދިކޮޅު ފިކުރު މީހުނަށް ވާންއުޅޭއެއްޗެއް ހަދަންވީގޮތެއް ނޭނގޭގޮތަށް އެކިމީހުން އެކިއެއްޗެހި ނުކިޔަން އެދެން. ކަމެއްކުރަންޏާ އެކަމެއްގެ ވާހަކަ ސީދާބުނަންވާނެ. އަދި އެކަމެއްގަ ދެމިތިބޭނެ ހިސާބެއް އޮންނަންވާނެ. އެކަމެއް ކުރާނެގޮތެއް އޮންނަންވާނެ. ލީޑަރޝިޕް ނަގާނެ މީހަކު ހުންނަންވާނެ. އެއްވަނަ ދެވަނަ ތިންވަނަ.
އެކަތަ
23 April 2017
ސިދާތާ ނުވާނެތިކަމެއް, ހަނދާންނައްތާލާ. އަހަރެމެން މިތިބީ ޖާނުންފިދާވާން ތައްޔާރަށް. ތިކޮޅުން ވާންކުރި ވަރަކަށް މިކޮޅުންވެސް ވާންކުރާނަން.
އައްޑޫ ރަދުން
23 April 2017
މިތަނުގައި އާންމު ރައްޔިތުންނަކަށް މާބޮޑު ބިރުވެރި ކަމެއްނެތް.އެކަމަކު ސިޔާސީ މީހުނަނަށް ބިރުބޮޑު މިކަން މިހިސާބަށް ދިޔައީވެސް ސިޔާސީ މީހުންގެ ނުބައިކަން ބޮޑުވެގެންގޮސް.ތިތާތިބި ގިނަ މީހުންނަކީވެސް ރައްޔިތުން ހޮވިސަރުކާރު ވައްޓާލުމުގައި އިސްސަފުގައި ތިބި މީހުން ވީމާ ހިތުގެ އަޑިން އެމްޑީޕީ އެއްވެސް މީހަކު ތިތިބަ މީހުނާ ރުހިގެނެށް ނުތިބޭނެ.އެހެންވީމަ ލޮނުމަޑުވެގެން ތިއުޅެނީވެސް.މިކަން މިހަނދާން ކޮއްދެނީވެސް އަނެއްކާ އަނެއްވެރިކަމެއްވެއްޓި އިތުރު މުސީބާތް ޖެހޭނެތީ.ޔަގީނާ ގާތަށް ބުނަންކެރޭ ރިޔާޒު ގާސިމް ނާޒިމް އިމްރާން އުމަރު ޔާމީން މައުމޫން ޖަމީލު މެން ކަހަލަ ބޮޑުން ވޯޓަކުން އަންނި ބޭލިނަމަ ސީދާ ސިޔާސީ ހަނގުރާމައެއް ފަށާނެ ޖާގައެއް ނޯންނާނެ...އެހެންވީމަ ވެރިކަން ވައްޓާލާކަށް އެއްބަސް ނުވާނަނަން އެކަމަކު 2018ގަ ވޯޓުން ޔާމީން ބޭލުމަށް ކުރެވެންއޮތް މަސައްކަތެއް ކުރުމަކީ އެދެވިގެންވާކަމެށް.
ތާއީދު
23 April 2017
ވެރިކަން ވައްޓާލާކަށް ތާއީދެއް ނުކުރަން ކިތަންމެ ނުބައި ވެރިޔަކު ހުއްޓަސް، ވޯޓަކުން ވެރިކަން ބަދަލުކުރުން ގެއްލުން ކުޑަ ގޮތަކީ.. 2018 އިންޝާ ﷲ
ބަލަންޖެހޭ
23 April 2017
މިއީ އަޑު މަޑުކޮށް، ލޮނު މަޑުވާންވީ ވަގުތެއް ނޫން ކަމަށް ބުނެ މިޒާތުގެ ރަނޑު ވާހަކަ ދައްކައިގެން ކުށެއް ނެތް ރައްޔިތުން މަޅީގައި ޖައްސާފައި ތަމެން ޝިދާތާ މެން ކޮންމެ ފަހަރު ވެސް އެއްފަރާތަށް އަރަނީ އެވެ. ފުރަތަމަ ވެސް ސަރުކާރެއް ބަދަލު ކުރަން ރައްޔިތުން ނިކުންނަން ގޮވުމަކީ އެއީ ވެސް ގާނޫނީ ގޮތުން ސީދާ ސީދަލަށް ބުނެވިދާނެ އެއްޗެއް ތޯ ވެސް ބަލަން އެބަޖެހެއެވެ. މަޖްލީހުގެ ކުއްލި ޖަލްސާ އެއް ބާއްވައިގެން ގާނޫނެއް ފާސް ކުރަންވީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލުން އަދި ރައީސް ގެ އިސްތިއުފާ އަށް އާންމު ތަންތާނގައި ގޮވުމަކީ އެއީ ގާނޫނީ ގޮތުން ކުށެއް ކަަމަށް. އެއިރުން ދެން މިރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ވެވޭނީ. ރައްޔިތުންނާއި ސަރުކާރާއި ޖެހޭ ގޮތަށް ވާހަކަ ދެއްކުމަކީ އެއީ އާންމު މަސްލަހަތު ނަގާލުން ތޯ ވެސް އެބަބަލަން ޖެހެއެވެ.
ޕައްލަންބެ
23 April 2017
ހަމަ މިހެން ދޯ ކީ ރައީސް ނަޝީދު ބާލަންވެސް، ރައީސް މައުމޫން ބާލަންވެސް، ބޭނުންވަނީ ރައްޔިތުންތަކެއް ގަނަތަޅުވައިގެން މި މީހުންނަށް އަރާމާއި އުފަލުގައި ބޮޑު މުސާރަ ހިނގަމުން ދިއުން، ރައްޔިތުން ވޯޓުދޭނެ 2018 ގަ،
އަޙުމަދު
23 April 2017
ސިދާތާމެންގެ އަނިޔާވެރިކަމުން އަޅުގަނޑުމެނަށް ސަލާމަތް ވެވޭނެ ދުވަހެއް ދައްކަވާށި. ވެރިކަމުގެ ދަހިވެތިކަން ހުރިވަރުން އަބަދުވެސް ވައްޓަން، ވައްޓަން މިނޫން ކަމެއް މިވެރިންގެ ދެން ނެތީތަ. މިއީ ދިވެހިންނަށް ޖެހިފައިވާ ކިހާބޮޑު ގިލަންވެރިކަމެއް. އައްނި ވެރިކަމަށް އެރީމަވެސް ވައްޓާލީ، ޔާމީނު އެރީމަވެސް ވައްޓާލަން، ދެން އެހެން މީހަކު ވެރިކަމަށް އެރިޔަސް ތިވެރިން ތިބޭނީ ވައްޓަން. އަސްލު ތިތިބީ ވައްޓާ ބަލި ޖެހިފަ. ތިއީވެސް ޑިޕްރެޝަންގެ ވައްތަރެއްކަމަށް ބެލެވެނީ.
ވަައި ނުސާފު
23 April 2017
ތިގޮއްޔެ ތިއުޅެނީ ވަޒީފާ ގެއްލުމުން އެކަމުގެ ހިތްދަތިކަމުގައިތަ؟ އެހެންކަމަށްވާނަމަ އިއްތިހާދުގެ ބޭފުޅުންނަށް ނިކަން އެކަން ވީގޮތް ކިޔައިދީބަލަ؟ ކޮން ކަމަކާކަން ގެއްލުނީ. ޒިންމާ އަދާ ނުކުރެވިގެންކަން އޭރުން އެމީހުންނަށްވެސް ތިޔަ މިނިވަންކަން ހޯދަންއުޅޭ މީހުންނަށްވެސް އެނގޭނީ. ދުލަށް އައިހާ އެއްޗެއް ކިޔަކަސް އަދި ކަމުދާކަށްނެތް.
ފެމުނު
23 April 2017
ރައްޔިތުންނަށްޓަކާ މަސައްކަތްކުރާ ހަމަ އެއްވެސް ލީޑަރެއް އަދި ޕާޓީއެއްވެސްނެއް. ތިވާހަކަދައްކާ ސިދާތާވެސް މަސައްކަތް ކުރަނީ އަމިއްލަ އެދުމުން ފޯވެހުރެ އަމިއްލަ އެދުމެއް ފުއްދަންވެގެން. ގާސިމްވެސް އަދި ދެންތިބި މޭފުއްޕާފަ އޫޅޭ ހުރިހާ މީހުންވެސް މަސައްކަތް ކުރަނީ ޤައުމު ފާނާކުރަން ރައްޠިތުންނަށް ހެޔޮ އެދިގެނެއްނޫން.