އިދިކޮޅު ޕާޓީތަކުން ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި މާރިޔާ ވާހަކަ ދައްކަވަނީ. އޭނާ ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. -- ފޮޓޯ: ހުސެން ވަހީދު / މިހާރު
08 މެއި 2017 - 13:40
ސިޔާސީ ޕާޓީތައް ހިންގުމާ ގުޅޭ ގޮތުން ފުލުހުންނަށް އެއްވެސް ސުވާލެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ރާއްޖޭގެ މަޝްހޫރު ބައެއް ގާނޫނީ ވަކީލުން ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ. އަދި ފުލުހުން އެފަދަ ސުވާލުތައް ކުރުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް، މަޖިލިހުގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުދަ ދުވަހު ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ފުލުސް އޮފީހަށް ހާޒިރުކޮށް، ޖުމްހޫރީ ޕާޓީން ކުރަމުން އަންނަ މަސައްކަތްތަކާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްވާ އެހީތަކާ ގުޅޭ ގޮތުން ފުލުހުން ސުވާލު ކުރި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
އިދިކޮޅު ކޯލިޝަނުން ރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި މައްޗަންގޮޅީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މާރިޔާ ވިދާޅުވީ މެމްބަރުން ފުލުސް އޮފީހަށް ހާޒިރުކޮށް، ވަކި ބޭފުޅަކު އެހީތަކެއް ދެއްވިތޯ އާއި ޕާޓީން ކުރަނީ ކޮން ކަމެއްތޯ އެހުމަކީ ފުލުހުން ހިންގާ ހުތުރު އަމަލެއް ކަމަށެވެ.
"ތިއީ ޕާޓީއެއްގެ ޓިކެޓެއްގައި ހޮވުނު މީހެއްހޭ؟ އަމިއްލަ ގޮތުން ހޮވުނު މީހެއްހޭ؟ އެއްޗެއް ދިއްކޮށްލިހޭ؟ މިދެން މީހުން ދައްކާ ކަހަލަ ވާހަކައެއް ނޫނެއްނު. މިއީ އަޖައިބެއް ކަހަލަ ކަމެއް،" ފައިސަލް ނަސީމްއާ ފުލުހުން ކުރި ސުވާލުތަކަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވި އެވެ.
"ލަދުގަނޭ (ފުލުހުންނަށް) ޔުނިފޯމް އަޅައިގެން ބޮޑެތި އޮފީސް ހަދައިގެން ތަމްރީން ލިބިފައި ތިބިއޭ ކިޔާފައި އެ ކުރާ ތަހުގީގުގައި ޕާޓީގެ ލީޑަރު އެއްޗެއް ދިއްކޮށްލިހޭ، (އެހީމަ)"
މެމްބަރު ފައިސަލް މިދިޔަ ބުދަ ދުވަހު ފުލުސް އޮފީހަށް ވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ / މިހާރު
މާރިޔާ ވިދާޅުވި ގޮތުގައި މިއީ ފުލުހުން ލައްވާ ކުރާ ތަހުގީގެކޭ ވެސް ބުނެވިދާނެ އެވެ. އެކަމަކު ފުލުހުން މިހާރު ކުރަމުން ދަނީ ރައްޔިތުން ބޭނުންވާ ތަހުގީގެއް ނޫން ކަމަށާއި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ނޫނެކޭ ބުނީ އެކަމަށް ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު މިއަދު ވިދާޅުވީ ގާސިމާ ބެހޭ ގޮތުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ފައިސަލްއާ ފުލުހުން ކުރީ ތާކުންތާކު ނުޖެހޭ ސުވާލުތަކެއް ކަމަށެވެ. އެހެންވެ، އަލީ ޒާހިރު ވެސް ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ޒާހިރު ވެސް ވިދާޅުވީ ފުލުހުން ބޮޑަށް އަމާޒު ކުރި ސުވާލުތަކަކީ ޕާޓީއެއް ހިންގުމުގައި ނުކުރެވޭ ކަންތައްތަކެއްގެ ވާހަކަ ނޫން ކަމަށެވެ. ގާސިމަށް ބޭނުން މީހަކަށް އެހީއެއް ދިނުމުގެ ފުރުސަތު އޮތް އިރު، ޕާޓީގެ ލީޑަރަށް ބޭނުން ހިޔާލެއް ދެއްވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، ޕާޓީ ހިންގުމާ ގުޅޭ ގޮތުން ފުލުހުންނަށް ސުވާލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީތަކުން ބޭއްވި ޖަލްސާއެއްގައި އަލީ ޒާހިރު (ވ) ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
ޒާހިރު ވިދާޅުވީ ފުލުހުން ކުރަމުން އަންނަ ތާކުންތާކު ނުޖެހޭ ސުވާލުތަކުގެ ސަބަބުން ފުލުހުންގެ ތެރެ އަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ވަދެފައިވާކަން ހާމަވާ ކަމަށެވެ. ސިޔާސީ ލީޑަރުން ހައްޔަރުކޮށް ދައުވާ އުފުލަން ފޮނުވުމުގެ ބިންގާ އަޅައިދެނީ ފުލުހުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަބަދުވެސް މި ދައްކަނީ ޝަރުއީ ކޯޓުތައް ގޯސް ވާހަކަ، އެކަމަކު އެ ކަން ފަށައިދެނީ ފުލުހުން، ވަރަށް ބޮޑަށް ހިތާމަ ކުރަން ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައި އޮތީމަ،" ފައިސަލްގެ ވަކީލެއްގެ ހައިސިއްޔަތުން ފުލުސް އޮފީހަށް ވެސް ވަޑައިގެންނެވި ޒާހިރު ވިދާޅުވި އެވެ.
ފުލުހުންގެ އެކިއެކި ޑިޕާޓްމަންޓްތަކުގައި ތިއްބަވާ ވެރިން އެހެން ޑިޕާޓްމަންޓްތަކަށް ބަދަލު ކުރަމަކީ ވެސް ފުލުހުންގެ ތެރޭގައި ސިޔާސީ ނުފޫޒު އޮތް މިންވަރު ހާމަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
♛ ރަސްގެފާނު
09 May 2017
ފުލުހުންނާއި ސިފައިން އެމީހުންގެ ޤާނޫނީ ޒިންމާ ހަނދާންނެތިގެން އެއުޅެނީ ހޭވުނު ހަޑި ބޮޑުވީމަ. އަދިވެސް ހައްގަށް ރުޖޫއަވެ ރައްޔިތުންގެ ކިބައިން މާފަށް އެދި - އަސްލު ކުއްވެރިން ހައްޔަރުކުރޭ.. ދިވެހިންނަކީ ހެޔޮ ބަޔެ.. ހެޔޮހިތުން މާފަށް އެދެފިތަ؟ ކުރާނެ.. ގެރެންޓީ.. ބަލައިގަންނާނެ.. ސުވާލަކީ ފުލުހުންނާއި ސިފައިންގެ އެ ހިތްވަރު އެބަހުރިތޯ؟
ޓްވިކްސް
09 May 2017
ތަޢުލީމާއި ޞިއްޙީ ކަންކަމަށް ޤާސިމް ހޭދަކުރޭތޯ އާއި ހޭދަކުރަންފެށި ކިހާ ދުވަހަކުން ފެށިގެންތޯ ސުވާލުކުރަންވީ. ގައިމު އެކި ބަލިތަކުން ޝިފާލިބިފައިވާ މީހުނާއި އެކިއެކި ރޮނގުން ފާސް ނަގާފައި މީހުން ރާއްޖެއަކު މަދެއް ނުވާނެ.
މިލިޓަރީ
08 May 2017
މާރިޔާމެންގެ އަހުލާގީ މިންގަޑު ރަގަޅުކުރަން ޖެހޭ.
ޖިންސު
08 May 2017
ފުލުހުން މިތާގަ ކޮމެންޓުކުރަން ވަރަށް ވަރު ހުންނާނެ.. ލޮލް!
ނޫންނޫން މުޅިން ނޫން
08 May 2017
ޓެކްސް ލާރިން ޤައުމު ނުހިންގުނީމަ އާއިލާތަކޭ ނުކިއާ. ކުލި ދޭން ޖެހޭތީ ރައްޔިތުން އަތުގަ ލާރި ނުހުންނަނީ. އެންމެން އަތުން އެއްވަރަކަށް ޓެކްސް ނަގައިގެން ތަރައްޤީ ކޮށްފަ އޮތް "ގްރޭޓާ މާލެ" ގަ ރާއްޖެތެރޭ ރައްޔިތުން މިއުޅެނީ ލިބޭހާ އެއްޗެއް ބޯހިޔާވަހިކަމަށް ހޭދަ ކޮށްފަ. އަދިވެސް ބްރިޖު އަޅާ. ހައްތަހާވެސް އެންމެން މާލެ ސަރަހައްދަށް ޖަމާކޮށް ތޮއް ޖެއްސީމަ ތަރައްޤީ ވާނީ. މީހުން ގިނަވި ވަރަކަށް ކުލި ކުޑަވާނީ. ކުށްވެސް މަދުވާނީ. މަސްތުވާތަކެތި ވެސް މަދުވާނީ. މާރިއާގެ އާއިލާގެ ޒިންމާއޭ ރައްޔިތުންނޭ ނުކިއާ.
ފޮޅާލަނީ
08 May 2017
އާއިލާގެ ތެރެއިން އެކަކު އަނެކަކާއި ގުޅިގެން ކުރަންއޮތް މަސައްކަތް އިންސްޓިޓިއުޝަނަލައިޒްކޮއް އޭގެ އިންސާނިއްޔަތުކަން ނަގާލާފައި އިމްޕާސަނަލައިޒްކުރަން ހެދިއެއްޗެއް ޕާޓީތަކަކީ. ސުވާލަކީ މިހެން މިހެދީ އެކަންތަކާއި ހަވާލުވެފައި ތިބި މީހުންގެ ބެލެހެއްޓުމުގެ ދަށުގައި ތިބި ދަރިންތައް ބޮޑެތިވެ ޗެޓުރޫމްތަކުން ދިމާވެ ނޯޓު ބަދަލުކުރަން އުޅެން ފެއްޓީމައި އޭ ދެން އެކުދިން އައިސް އަރާނީ އަހަރެމެންގެ ބޮލަށޭ އެހިސާބަށް ދިޔައިމައި ޕާޓީތަކަކާއި އެކިއެކި އޭބީސީޑީ އިންސްޓިޓިއުޝަންތައް ހަދައި ހަށީފޮޅާލަން އުޅެނީނޫންބާ
ނޫންތައަޅެނޫންތަ
08 May 2017
ޕާޓީއާ ގުޅޭ ސުވާލުކުރުމުން މާރިޔާ ލަދުގަންނާތީ ލަދުގަނޭ. ޕާޓީތިއީ އުފެދެން ޖެހޭއެއްޗެއްނޫން. މާރިއާ ދީދިމެންނަކީ ރިސޯސްއޮތް ބައެއް. ރައްޔިތުންގެ ކަންތައްކޮއްދޭން ހަވާލުކޮއްފައި ތިބި އާއިލާތައް. ރައްޔިތުންނަށް ކަންތައް ސަރުކާރުން ނުކޮއްދެެޔޭ ތިޔަކިޔާ އެއްޗެއްގެ މާނައަކީ އަހަރެމެން އަހަރެމެންގެ ޖޮބްއަދާނުކުރާން ބޮޑާހާކަނީއޭ. ރައްޔިތުންނަށްޓަކައި އަހަރެމެންގެ އަތްމައްޗައް ދެއްވާފައިވާ އެއްޗެހީގައި ބްރޭކްޖައްސައިގެން އެހެން ޗަރުކޭހެއްދައްކަން އަހަރެމެން މިކުރާ މަސައްކަތުގެ ވާހަކަ ފުލުހުން ނުދައްކާށޭ. މިއެއްނޫންތަ
ބިންތެޅި
08 May 2017
ތަޙްޤީޤް ކުރަމުންދާ މައްސަލައެއްގެ ބާވަތުން ޕާޓީ އާއި ގުޅޭ ސުވާލުތައް ކުރަންޖެހޭ ހާލަތު އަންނާނެ. ސިޔާސީ ގޮތުންނޭ ބުނެ ބޮޑެތި ޖަރީމާތައް ހިންގީމަ އެކަމުގެ މަގުސަދު ދެނެގަތުމަށް އެމީހަކު ނިސްބަތްވާ ޕާރޓީ އާއި އެމީހެއްގެ ސިޔާސީ ފިކުރު ހުރިނެތްގޮތް ދެނެގަތުމަކީ ތަޙްޤީޤްގައި ކުރަންޖެހޭ ކަމެއް. އޭރުން އެނގޭނީ އެ ޖަރީމާއާ ސިޔާސީ ކަންތައްތަކާ ގުޅުންހުރި މިންވަރެއް ވެސް. ޑޮކްޓަރ އަފްރާޝީމް ފަދަ ބޭފުޅުން އަވަހާރަ ކޮށްލަފައި ވަނީ ސިޔާސީ ބޭނުންތަކެއްގަ ކަން ކުޑަކުއްޖަކަށް އެނގޭ. ވީމާ އެ މައްސަލައިގެ އަސްލަށް ވާޞިލްވާން ބޭނުންނަމަ ސިޔާސީ ކަންކަމާ ބެހޭ ސުވާލު ކުރަންޖެހޭނެ.
ރެއްކަ
08 May 2017
.ފުލުހުންނަކީ ރައްޔިތުންގެ ބޮލުގަރިހުމަކަށް ވެގެންނުވާނެ. ރާއްޖޭގަ މިތިބަ ފުލުހުންނަކީ ކޮންތާކުން ތަމްރީންކޮއްފަތިބި ބައެއްތަ.
އަލީ
08 May 2017
ފުލުހުންދާންވީ ބޯވަނަގަން ފަރަށް/
މުހައްމަދު
08 May 2017
ބޮލި ހިލާކަށް ނޫންތަ