ޚަބަރު / ޔާމީން ރަޝީދު މަރާލުން

ޔާމީން ރަޝީދުގެ ހަނދާނުގައި ލަންކާގައި އަޑުއުފުލައިފި

ޔާމީން ރަޝީދުގެ އާއިލާ އާއި އެކުވެެރިންނާއި ހެޔޮއެދޭ ބައެއް މީހުން މިއަދު ލަންކާގައި އަޑުއުފުލަނީ: އެ މީހުން ގޮވާލީ އިންސާފުވެރި ތަހުގީގަކަށް -- ފޮޓޯ/ ސޯޝަލް މީޑިއާ

އަނިޔާވެރި ހަމަލާތަކެއްގައި މަރާލި ޔާމީން ރަޝީދުގެ ހަނދާނުގައި އަދި އޭނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި، ސްރީލަންކާގައި މިއަދު އެއްވުމެއް ބާއްވައި އަޑުއުފުލައިފި އެވެ.

ޔާމީންގެ އާއިލާ އާއި ރަހުމަތްތެރިންނާއި އޭނާއަށް ހެޔޮއެދޭ މީހުން އިސްނަގައިގެން މި އެއްވުން ބާއްވާފައިވަނީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން ބޭރުގައި މިއަދު ހަވީރު 3:30އިން ފެށިގެންނެވެ.

އެ އެއްވުން އިންތިޒާމުކުރުމުގައި އުޅޭ މީހުން ބުނާގޮތުގައި އެއީ ޔާމީންގެ މަރުގެ މައްސަލަ ބައިނަލްއަގްވާމީ މީޑިއާތަކުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުންނާއި އިންސާފުވެރި އަވަސް ތަހުގީގަކަށް ބާރު އެޅުމުގެ ގޮތުން ހިންގާ ހަރަކާތެކެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ، ބަޔަކު ތޫނު ހަތިޔާރުން ހަމަލާދީ މަރައިލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ބައިނަލްއަގްވާމީ މިނިވަން ތަހުގީގެއް ހިންގުމަށް ބައިނަލްއަގުވާމީ ބައެއް ފަރާތްތަކުން ވެސް ވަނީ ގޮވާލައިފަ އެވެ.

ޔާމީން ރަޝީދުގެ އާއިލާ އާއި އެކުވެެރިންނާއި ހެޔޮއެދޭ ބައެއް މީހުން މިއަދު ލަންކާގައި އަޑުއުފުލަނީ-- ފޮޓޯ/ ސޯޝަލް މީޑިއާ

ހައްގުތަކަށް ގޮވާލާ، ސްރީ ލަންކާގެ އެކްޓިވިސްޓުންނާއި ސޯޝަލް މީޑިއާގެ އެކި ފަރާތްތަކާއި ނޫސްވެރިންތަކެއް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި ޔާމީން އަކީ ސަރުކާރުގެ ކޮރަޕްޝަނާއި ހައްދު ފަހަނައަޅައި ދިއުމާ ދެކޮޅަށް ރާއްޖޭގައި އެންމެ ގަދައަށް ވާހަކަ ދެއްކި އެކަކެވެ. އެހެންވެ، ޔާމީން މަރައިލުން އެ މީހުން ސިފަކުރީ ދީނީ ހަރުކަށި ވިސްނުމާއި ހައްދު ފަހަނައަޅައި ދިއުމާއި ސަރުކާރަށް ކިޔާ ފާޑުކިޔުންތަކުގެ އަޑު ކަނޑުވައިލުމަށް ރާވައިގެން ހިންގި އަމަލެއްގެ ގޮތުގަ އެވެ.

އަދި އެ މީހުން ވަނީ ޔާމީން މަރައިލި މައްސަލަ ބޭރުގެ ފަރާތްތަކުގެ އެހީގައި މިނިވަން ކަމާއެކު ތަހުގީގު ކުރުމަށް، ގާނޫނު ތަންފީޒު ކުރާ ފަރާތްތަކާއި ދިވެހި ސަރުކާރަށް ގޮވާލައިފަ އެވެ.

ޔާމީންގެ މަރަށް ދެ ހަފުތާވެފައިވާ އިރު އެ މައްސަލައިގައި ދެ މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ.

ސ. ފޭދޫ ޗަނބޭލީގޭ ޔާމީން، 29، ގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލާފައި އޮތީ މާފަންނު ބިސްބުރު ކައިރީގައި ހުންނަ އޭނާ ދިރިއުޅޭ ގެ، މ. ސުޕެޓިއުލާގެ ތިރީބުރީގައި ސިޑި ކައިރީގަ އެވެ. އޭނާގެ ހަށިގަނޑުގެ 32 އަށް ވުރެ ގިނަ ތަނަށް ވަޅި ހަރާފައިވެ އެވެ.

6 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 55%
icon sad icon sad 18%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަރީ

09 May 2017

ހާދަ މީހުންނެއް އެއްވެފަ.

The name is already taken The name is available. Register?

677

09 May 2017

ގޭގަ އޮތް ނަމައޭ އަދިވެސް ބުނާތި!

The name is already taken The name is available. Register?

ޖަރުމަނު، އިޓަލީ،

09 May 2017

އާދެ ބަލަ މިތަނަށްވެސް.

The name is already taken The name is available. Register?

ކަރުންމަތީގެ ޑޮކްޓަރު

09 May 2017

ތޮއްޖެހިފައި މިވާ މާލޭގައި އަދިހަމަ އެހެންމެ ކާރޫބާރޫ ބޮޑުވެފައިވާ މާލޭގެ މަގުތަކުގައި މުޒާހަރާ ކުރުމުގެ ބަދަލުގައި ޤާނޫނުވެސް ތަންނުދިނުމާއެކު ލަންކާގައި މުޒާހަރާތައް ބޭއްވުމީ އެންމެ ބުއްދިވެރި ގޮތެވެ. ލަންކާއަށްފަހު އިނގިރޭސިވިލާތް މަތިން ހަނދާން ނައްތާނުލައްޗެވެ.

The name is already taken The name is available. Register?

އާމާލް ކުލޫނީ

08 May 2017

ތީ ފުކެއް ބޮޑު ވަރު...

The name is already taken The name is available. Register?

ދދދ

09 May 2017

ތިމާގެ ދަރި ކޮށާލީނަމަ ތިހެން ބުނާނަނަތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454