އިސްލާމީ މަރުކަޒުގައި މިދިއަ އަހަރު ތަރާވީހު ނަމާދުކުރަނީ: އުމުރުން ވަރަށް ޅަ ކުދިން ވެސް މިހާރު އިމާމުވެ ނަމާދުކުރޭ
24 މެއި 2017 - 06:14
މީގެ ދެ އަހަރު ކުރިން އިންޑިއާ އަށް އެ އާއިލާގެ ދިރިއުޅުން ބަދަލުކުރީ ޤުރުއާން ކިޔެވުމުގެ ދާއިރާ އިިން ކުރިއަށް ދިއުމުގެ މަގުސަދު މުހައްމަދު މުސްތަފާގެ ހިތުގައި ބޮޑުވެގެންނެވެ. އަދި އެންމެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގުރުއާން ހިތުދަސްކުރި އިރު އޭނާގެ އުމުރަކީ އެންމެ 11 އަހަރެވެ.
ހައިރާންވުމުގެ ބޭނުމެއް ނެތެވެ. ކުރިއަށް އޮތް ރޯދަމަހު ބ. އޭދަފުށީ އެންމެ ބޮޑު މިސްކިތުގައި އިމާމުވެ ތަރާވީސް ނަމާދު ކުރާނީ މުސްތަފާ އެވެ. އެހާ ކުޑަ ކުއްޖަކު އެހާ ބޮޑު ކަމަކަށް ނުކުންނާތީ، ރަށު ރައްޔިތުންނަށް އެއީ ވަރަށް ބޮޑު އުފަލެކެވެ.
ބައްޕަ މުހައްމަދު ނަޝީދު ބުނީ އެންމެ ކުޑައިރު ވެސް މުސްތަފާ އަންނަނީ ގުރުއާނަށް ވަރަށް ބޮޑަށް ލޯބިކުރަމުން ކަމަށެވެ. އެ އާއިލާގެ ދިރިއުޅުން އިންޑިޔާއަށް ބަދަލުކުރީ ވެސް ގުރުއާން ހިތުދަސްކުރަން އޭނާ ބޭނުންވެގެން ކަމަށް ނަޝީދު ބުންޏެވެ.
އޭދަފުށީ ބޮޑު މިސްކިތުގައި މިއަހަރު ތަރާވީސް ނަމާދުކުރާ މުސްތަފާ: އޭނާއަކީ އަބަދު ވެސް ދީނަށް ލޯބިކުރާ ކުއްޖެއް ކަމަށް އާއިލާއިން ބުނޭ.-- ފޮޓޯ: އާއިލާ
"ރަށު ސްކޫލުގައި ގްރޭޑް ތިނަކާ ހަމައަށް ކިޔެވީ. ދެން އޭނާ އަމިއްލައަށް މިބުނީ އިންޑިޔާއަށް ގެންދާށޭ، މިކޮޅުގައި ހުރެގެން ގުރުއާން ހިތުދަސްކުރަން އެހާ ފަސޭހައެއް ނޫނޭ،" ދަރިފުޅު އިމާމްވެ ތަރާވީހު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސަން މި ވަގުތު ރާއްޖެ އައިސް ހުރި ނަޝީދު ބުންޏެވެ.
"އިސްލާމް ދީނަށް ވަރަށް ލޯބިކުރާ ކުއްޖެއް އެއީ. ބަރާބަރަށް ނަމާދުކުރާނެ. ދަރުސްތައް އަޑުއަހައި އެ އެއްޗެހިތައް ހިތުދަސްކުރާނެ."
ޓްރިވެންޑްރަމަށް 2015 ގައި ބަދަލުވެ، މުސްތަފާ ގުރުއާން ހިތުދަސްކުރީ ދާރުއްސަލާމް ހިފްޒުލް ގުރުއާން ކޮލެޖުންނެވެ.
ނަޝީދު ބުނި ގޮތުގައި އޭނާގެ ދަރިފުޅު ހުރީ ގުރުއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމުގެ އަޒުމުގަ އެވެ. އޭނާ ކިޔަވަމުން އަންނަ ކޮލެޖުގައި މިހާރު ވެސް އެހެން ބައެއް ދަރިވަރުންނަށް ފިލާވަޅު ނަގައިދީ، އެއްޗެހި އޮޅުންފިލުވައިދީ ހަދާކަން ބައްޕަ ފާހަގަކުރި އެވެ.
"އެހެން ދަރިވަރުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުމާއި އެ ދަރިވަރުންނަށް މިހާރު ވެސް މުސްތަފާ ކިޔަވައިދޭ،" ނަޝީދު ބުންޏެވެ.
މުސްތަފާގެ ކޮއްކޮއަކު ވެސް މިހާރު އަންނަނީ ގުރުއާން ހިތުދަސްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންމަދު
25 May 2017
ވަރަށް އުފާވެރި ހަބަރެއް.
ބޭބެ
25 May 2017
ބޭބެގެ ހެޔޮ ދުޢާ ماشاءالله
ހީހީ ހަލާކު
25 May 2017
ހަމަގައިމުވެސް ތިކުއްޖާގެ ފަހަތުގައި އަހަރެން ނަމާދުކުރާނަން. އެކަމަކު މަގޭ ހިތުގަ އުފެދޭ ސުވާލަކީ އެންމެނަށް ތިކުއްޖާ ކަމުދާނެ ބާއޭ. ކުއްޖާ ކިތަންމެ މޮޅަސް ކުޑަކުއްޖެއްވީމަ ބައެއްމީހުން ތިބޭނެ އެކަން ހަޖަމްކުރަން އުނދަގޫ.
އަލީ
25 May 2017
ދިވެއްސަކައް ވީތީ ފަހުރުވެރިވަން
އަލީ
24 May 2017
މާޝާ ﷲ
ހުސައިން
24 May 2017
ދިވެހި ގައުމުގައި ހަމަ އެކަނި ތިބީކީ ލަވަކިޔާ ބެރުގެ ހަމައަށް ނަށަން ދަންނަ ދަރިންނޫންކަން ސާބިތުކޮށްދިނީތީ ޝުކުރިއްޔާ. އަދު ގައުމުގައި ބޮޑަށް ފުރުސަތު ހުޅުވިފައިވަނީ ލަވަޔާ މިއުޒިކުގެ ދާއިރާއަށް ބޮޑަށް ޚަރަދުކުރެވެނީވެސް އެދާއިރާ ތަރައްގީކުރަން. އެހެނަސް އަހަރުމެން މުސްލިމުން އުޅެންވީ ގޮތް ވަރަށް ސާފު ދަސްކުރަންވީ ފޮތްވެސް ވަރަސް ސާފު. އުންމީދަކީ ތިބާ ތިޔަ ހާސިލްކުރި ކާމިޔާބީ ދެމެހެއްޓުން އަދި އެހެނިހެން ދާއިރާގެ އިލްމަށްވެސް ފަހި ކުއްޖަކަށްވުން. ﷲ ތިބާ އަށާ އާއިލާއަށް ހެޔޮގޮތް މިންވަރު ކުރައްވާށީ.
ފަހުރު
24 May 2017
ކިޔެވުމުގަ ބަރަކާތް ހުރުމަކީ އަދި އެހެން ކަމެއް.
ޭއަބްދުﷲ
24 May 2017
މާޝާ ﷲ
ނަދީމް
24 May 2017
ހަމަ ހިތައްއަރާ މި އުޅެވެނީ 21ވަނަ ގަރުނުގަބާއޭ
ވިލޭއަލި
24 May 2017
11 އަހަރުގައި އެހާ ބޮޑު ޖަމާޢަތެއްގެ އިމާމުކަން ލިބުމަކީ އިސްލާމީ ތާރީޚަށް ބަލާލިއަސް ވަރަށް ޚާއްޞަ ކަމެއް. އިސްލާމީ ތާރީޚުން ނަން ނުފިލާނެ ކަމެއް. ވަރަށް ބޮޑަށް އުފާކުރަން. ﷲ އަށް ޝުކުރު ކުރާ ޙާލުގައި، އެންމެ ބޮޑު ޝުކުރެއް މައިން ބަފައިންނަށް. މާކުންބެގެ ވިސްނުން ތިޔަ ހުރީ ހަމަ މާކުންބެއެއްގެ ވިސްނުން ހުންނަން ވެސް ވާނެ ގޮތަށް.