ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: ޕެރިސް އެގްރީމެންޓުން އެމެރިކާ ވަކިވުމުން ކަންބޮޑުވުން ފާޅުކުރެއްވި ---މިހާރު ފޮޓޯ: ނިޝާން އަލީ
02 ޖޫން 2017 - 21:11
ޖައްވަށް ބޭރު ކުރާ ނުރައްކާތެރި ގޭސް ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން ގިނަ ގައުމުތަކެއް ބައިވެރިވާ "ޕެރިސް އެގްރީމެންޓް" އިން އެމެރިކާ ވަކިވުމަކީ ރާއްޖެއިން ކަންބޮޑުވާ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މީގެ ދެ އަހަރު ކުރިން، 2015 އަހަރު ދުނިޔޭގެ 195 ގައުމަކުން ސޮއިކުރި މި އެއްބަސްވުމުން އެމެރިކާ މިއަދު ވަކިވީ، އެއީ އެގައުމުގެ އިގްތިސޯދާއި އަމިއްލަވަންތަ ކަމަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އެވެ.
މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ރައީސް ޔާމީން ވިދާޅުވީ، އެމެރިކާގެ މި އަމަލާ މެދު، ކުދި ގައުމުތަކުގެ އިއްތިހާދު، (އޭއޯއެސްއައިއެސް)ގެ ޗެއާގެ ހައިސިއްޔަތުން ރާއްޖެ އިން ހިތާމަކުރާ ކަމަށެވެ. އަދި މިއީ ތިމާވެއްޓަށް އަންނަ ބަދަލުތަކާ ދެކޮޅަށް ގައުމުތަކުން ކުރަމުން އަންނަ މަސައްކަތް ވިއްސިވިހާލުމުގެ އިތުރުން، މިކަމާ ގުޅޭގޮތުން ގައުމުތަކުން އެއްބަސްވެފައިވާ އެކި އެއްބަސްވުންތައް މަޑުޖެހޭނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 37 ގައުމު ހިމެނޭ އިއްތިހާދުގެ ލީޑަރުގެ ހައިސިއްޔަތުންނާއި މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމަކަށް ރާއްޖެ ވެފައިވާއިރު، އެހާ މުހިއްމު ކަމަކާ ގުޅޭގޮތުން ދުނިޔޭގެ އެންމެ ބޮޑު އިގްތިސޯދު ހިމެނޭ އެމެރިކާ އިން އަމަލު ކުުރި ގޮތުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ޕެރިހުގައި ގާއިމްކުރި ތިމާވެށި އެއްބަސްވުމުން އެމެރިކާ ވަކިވިކަން، އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު އިއުލާން ކުރެއްވުމާއެކު، ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމަކު އެއްބަސްވުން ދެމި އޮންނާނެކަމުގެ ޔަގީންކަން އެ ގައުމުތަކުން ވަނީ ދީފަ އެވެ.
އެގޮތުން ޔޫރަޕިއަން ޔޫނިއަން އާއި ޗައިނާ އިން ވަނީ ތިމާވެއްޓާ ގުޅޭ ހާއްސަ ސަމިޓެއް، އަންނަ ސެޕްޓެމްބަރުމަހު ބާއްވަން އިއުލާންކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީޖޯ
03 June 2017
މަނިކުފާނު ދިވެހި ރައްޔިތުންނާމެދު ބަހައްޓަވާ އޯގާތެރިކަމާ ހިތާމަކުރަން.
ނާސަރީ ދަރިވަރު
03 June 2017
ހަބަރަށްވުރެ ކުުރުކޮށް ކޮމެންޓް ލިޔަން ނެގޭ ކުދިން އެބަޖެހޭ ކުރުކޮށް ފޮނިކޮށް އެކަން ކުރަން ދަސްކުރަން. ބުނަން އުޅޭ އެތި ބުނަން ފަށަން އެގެނީވެސް އެއްއަހަރު ކުރިން ފަށައިގެން، ބޭބީ ނާސަރީ ދަރިވަރުންވެސް ތިއަށްވުރެ މޮޅުވާނެހެން ހީވަނީ، މިވަރު މީހުން ބަޔަކު ޕްރޮމޯޓު ކުރާނަމޭހިތާ މި ތެޅިބާލަނީ،
މަރީނާ
03 June 2017
ތިކަހަލަ ބޭފުޅަކު ވެރިކަމުގަ ހުރީމަ އަޅުގަނޑު ވަރަަށް ހިތާމަ ކުރަން.
ޤަމާރު
03 June 2017
ސީމެގުން ދިވެހިރާއްޖެ ވަކިވީމަ ހިތާމަކުރަން! ދިވެހިރައްޔިތެއް.
ޓޮމް
03 June 2017
ތިބޭފުޅާ ދިވެހިރާއްޖޭގެ ރައީސަކަށް ހޮވަން ވޯޓުދެވުނުކަމަށްޓަކައި އެކަމާ އަޅުގަނޑު ވަރަށް ހިތާމަކުރަން
މާހީ
03 June 2017
މީ މި ރައީސް އާބެހޭ ކަމެއްތަ؟ އެއީ އެމެރިކާގެ އަމިއްލަ ކަމެއް. ރާއްޖެ ކަންކަމާ ބޭރުމީހުނަށް ނުބެހެވޭނެޔޭ މިރައީސްމީހާ ބުނާއިރު އެމީހުންކަންކަމާ މިރައީސް އަށް ބެހެވޭތަ؟؟
ކުރަނީ
03 June 2017
ޕެރިސް އެއްބަސްވުމުން އެމެރިކާ ވަކިވުމުން ހިތާމަކުރައްވާ ކަމަށް މަމެންގެ ރައީސް ވިދާޅުވުން އެއީ މަމެންނަށް އުފާވެރިކަން ލިބިގެން ދާނެ ކަމެކެވެ. އެކަމަކު ޔޫއެސް ޕްރެޒިޑެންޓް ޕެރިސް އެގްރީމެންޓް އިން ވަކި ވާން ނިންމި ނިންމުމަކީ އެއީ މަމެން ވަރަށް ތާއީދު ކުރާ ކަމެކޭ. ރަންރީނދޫ ޓްވިޓަރޭ މެން ކަނޑުފައްތާ ފިލްމް ކުޅެގެން ކްލައިމެޓް ޗޭންޖް އޭ ކިޔައިގެން ޕްރޮޕެގެންޑާ އެމެން ފަތުރާއިރު ފުރަތަމަ އެމެންނަށް ނޭގެއޭ މޫސުމަށް ބަަދަލު އަންނާނީ އެއީ އިރު ނުވަތަ ހަނދަށް ބަދަލު އައިސް ގެން ނެވެ. އިރަށް ބަދަލެއް ނާދޭ އަދި އިރުން އުފައްދާ ދޭ ހަކަތަ އަކަށް ބަދަލެއް ނާދެއެވެ. އެހެންވެއްޖެނަމަ މޫސުމަށް އަންނަ ބަދަލަކުން ދުނިޔެ އަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ. އިންސާނުން ދުނިޔެ ބިނާ ކުރަން ތަރައްގީ ކުރާއިރު ވެދަރ އިމްޕެކްޓަށް ބަލާ އެކަން ނުކުރާތީވެ އެއީ އެންމެ ބޮޑު މައްސަލަ އަކީ. ކްލައިމެޓެއް ނޫން ޗޭންޖް ވަނީ މީހުން ދުނިޔޭގައި ތަރައްގީ އަށް ކުރާ ކަންކަން ސްޓޭންޑަރޑް އަށް ނުފެތޭ ގޮތަށް ކުރުމުން އެއީ ޗޭންޖް ވާ އެއްޗަކީ. އޭގެ ނެގެޓިވް އިމްޕެކްޓް މި ކުރަނީ.
އުއިރުއައިސްގެން އާސަންދަ ކަނޑާ ރުޅިގަދަ މޫސަބެ
03 June 2017
ފަޅުތައް ހިއްކާ ރިސޯހަދާ ފަރައްތަކުގެ ފަރުގަ ވޯޓަބަގަލާ ހެދީމަ ތިމާވައްޓައް ގެލުންވާނެ ކަންއެގޭއިރުވެސް އެކންކުރަނީ ކީއްވެ؟؟ ހަމަ ޓުރަންޕުވެސް އެނިއްމީ ތިކަހަލަ ނިންމުކޭ
ތުއްތުބޭބެ
03 June 2017
ޑްރަންޕާ އެއްގޮތްވަނީ ރާއްޖެގެ ހިންގާ ކަންތަށް ރޭގަޑުގެ ނިދީންހޭލާއިރު ދުވަސްވީބައިނަލްއަޤުވާމީ ފަރާތްތަކުން ވަކިވެދާނެ އާސަންދަ ކަނޑާލާނެ ގެއިންނުކުމެ ދުއްވާމަގު އަނެއްކޮޅަށް ވަންވޭ ވެދާނެ ކަރަންޓް ކަނޑާލާނެ ފެންކަނދާލާނެ ހަނޑޫ ހަކުރު ފުއް އަގުޑަބަލް ބޮޑުކޮށްފާނެ ޖުރުމާނާކޮށްގެން ފައިސާދައްކާފަ ގެއަށްވަންނައިރު ސަތޭކަގުނައިގެ އިތުރުޖުރުމާނާކޮށްފާނެ
ޓުރަަމްޕު
03 June 2017
މީހަކު ފޮޑިޔެއް ޖަހައިފި