ފުވައްމުލަކު އަތިރިމަތީގައި މީހުން ތަކެއް: އެ ރަށުގެ ކައުންސިލް އިދާރާތައް އުވާލުމުން ގިނަ ބައެއްގެ ވަޒީފާ ގެއްލިގެންދާނެ.
06 ޖޫން 2017 - 13:40
ފުވައްމުލަކުގެ އަވަށު ކައުންސިލް އިދާރާތައް އުވާލައި ސިޓީ ކައުންސިލެއް އުފެއްދުމާ ގުޅިގެން ގާތްގަނޑަކަށް 75 މީހުންގެ ވަޒީފާއާ މެދު ސުވާލު އުފެއްދިއްޖެ އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އަވަށު ކައުންސިލްތައް އުވާލުމުން އެތަނުގައި ތިބި މުވައްޒަފުން ވަގުތީގޮތުން ސޮއިކުރެވޭނެ ގޮތް ހަމަޖައްސަން ސިޓީ ކައުންސިލް އިދާރާއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ވަޒީފާ އަލުން ދޭނީ ކިތައް މީހުންނަށް ކަން އަދި ނުނިމޭ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނިންމާފައި ވަނީ ގާނޫނާ އެއްގޮތަށް އުފެއްދެވި އިދާރާތަކަށް މުވައްޒަފުން ބަދަލުކުރަން. ނަމަވެސް އޭގެ ތެރެއިން ބަދަލުކުރަނީ ކިތައް މީހުން ކަމެއް އަދި ނުނިމޭ. އަދި އެއްވެސް މުވައްޒަފަކަށް ނޯޓިސްއެއް ވެސް ނުދެން،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ އެ ރަށުގައި އަލަށް އުފެއްދި ސިޓީ ކައުންސިލް އިދާރާއަށާއި ސަރުކާރުގެ އެހެން އިދާރާތަކުގެ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެ އިދާރާތަކަށް ނަގާނެ މުވައްޒަފުން ކަނޑައަޅާނީ އެ އޮނިގަނޑު އެކުލަވާލައި ނިމުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގިނަ ބައެއްގެ ވަޒީފާ ގެއްލިގެންނުދާނެ. ނަމަވެސް މި ވަގުތު ދަންނަވަން ދަތި ކިތައް މީހުން ކަން އެ އިދާރާތަކަށް ނަގާނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އާ ދައުރަކަށް އިންތިހާބު ކުރިއިރު އެ ރަށުގައި އޮންނަނީ ތިން ދާއިރާއިން އިންތިހާބުކުރާ ތިން ކައުންސިލަރުން ހިމެނޭ ސިޓީ ކައުންސިލެކެވެ. އެހެންވެ އެ ރަށުގެ އަށް އަވަށުގައި އުފައްދާފައިވާ އަށް ކައުންސިލް އިދާރާ ވަނީ އުވާލައިފަ އެވެ. ފުވައްމުލަކު އަށް އަވަށު ކައުންސިލް އިދާރާގައި ކައުންސިލަރުން ނުހިމަނައި 75 ސިވިލް ސާވިސް މުވައްޒަފުން މަސައްކަތްކުރެ އެވެ. ސިޓީ ކައުންސިލް އިންތިހާބާ ގުޅިގެން އެ ރަށުގެ އަށް އަވަށުން އިންތިހާބުކޮށްފައިވާ 24 ކައުންސިލަރުންގެ މަގާމު ވެސް ވަނީ އުވިގެން ގޮސްފަ އެވެ.
ފުވައްމުލަކު ސިޓީގެ މޭޔަރު ފަލާހު ޝަރީފް "މިހާރު"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ ކުރީގެ ކައުންސިލް އިދާރާތަކުގައި މަސައްކަތްކުރި މުވައްޒަފުންނާ މެދު އަމަލުކުރާނެ ގޮތެއް އަންގާފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެން މިގެންދަނީ މި އިދާރާގެ މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތުގެ އޮނިގަނޑު އެކުލަވާލަމުން. މި ރަށުގައި ސަރުކާރުގެ އެހެން އިދާރާތަކެއް ވެސް އެބަހުރި އުފައްދާފައި. އެތަން ތަނަށް ގެންދިޔައީ ކޮން ބައެއް ކަމެއް އަދި ނޭނގެ،" ފަލާހު ވިދާޅުވި އެވެ.
އަށް އަވަށުގެ މައްޗަށް އެކުލެވިގެންވާ ރަށުގައި އެންމެ ގިނަ މުވައްޒަފުން މަސައްކަތް ކުރަނީ ދަޑިމަގު ކައުންސިލް އިދާރާގަ އެވެ. އެތަނުގައި 11 މުވައްޒަފުން މަސައްކަތްކުރާއިރު ހޯދަޑު އަދި މާދަޑު ކައުންސިލް އިދާރާގައި ދިހަ މުވައްޒަފުން އަދި ދިގުވާނޑު، ދޫނޑިގަން، ފުނާޑު، މިސްކިތްމަގު ކައުންސިލް އިދާރާގައި ނުވަ މުވައްޒަފުން މަސައްކަތްކުރެ އެވެ. އޭގެ އިތުރުން މާލެގަން ކައުންސިލްގައި އަށް މުވައްޒަފުން މަސައްކަތްކުރެ އެވެ.
ފުވައްމުލަކަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ރައީސް އަބްދުﷲ ޔާމީން ކަނޑައެޅުއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ ވެސް މިހާރު ވަނީ ރައީސްގެ ގަރާރަކުން އުފައްދަވައިފަ އެވެ.
ފުވައްމުލަކަށް ސިޓީއެއް ދަރަޖަ ދިންއިރު ސިޓީއެއްގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަވެފައެއް ނެތެވެ. އެ ރަށުގެ ބައެއް މީހުން ދެކޭ ގޮތުގައި އެއީ ނަމުގައި ހެދި ސިޓީ އެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭޓު
07 June 2017
ތިއޮތީ ވޯޓު ނުދިނީމަ އޭގެ ހަސްކާ، ވަރެއްވެފަ މި ސަރުކާރު މިއޮތީ
ދެޓް ވޭ
07 June 2017
ދިސްވޭ އަށް ދަންނަވާލަން އޮތީ ޚިދުމަތަކަުން މާލޭ ސަރަހައްދުގައި އުޅޭ މީހުން ވަކި އިތުރަކަށް ޓެކްސް ދައްކާކަށް ނުޖެހެޔޭ ރާއްޖޭގެ ޓެކްސްގެ ނިޒާމު އޮތީ އެންމެން އެއްވަރަކަށް ދައްކާ ގޮތަށޭ ޚިދުމަތުގެ ނިސްބަތުން އަތޮޅުތެރޭގެ މީހުން ދައްކަންޖެހޭ މިންވަރު ހަގީގަތުގައި މާ ބޮޑޭ މީގެ މިސާލެއްގެ ގޮތުން ކަރަންޓު ޔުނިޓަކަށް މާލޭ ސަރަހައްދަށް ވުރެ އަތޮޅުތަކުގައި ދައްކަން ޖެހޭ މިންވަރު ބޮޑު
ބޫ
06 June 2017
މިސަރުކާރަށް ވަރަށް އުފާވެރިކަމެއް ތީ. 75 ވަޒީފާ 10ވަރަކަށް ވަޒީފާޔަށް މަދުވުމަކީ. އަނެއްކާ ސިޓީކައުންސިލްގެ މޭޔަރަށްވެސް ލިބޭނީ ރަށު ކައުންސިލަރެއްގެ މުސާރަ. ބުޓިފުލް. އޯސަމް. މިހަމަ ފްލޯލެސް ސަރުކާރަކީ.
ރަށުމީހާ
06 June 2017
ސިޓީއެއްގެ ދަރަޖަ ނަމުން ދިނުމަށްފަހު މިހާރު ކުރިޔަށް ދަނީ އެބުނާ ގިނަ އަދަދެއްގެ މުއައްޒިފުންގެ ތެރެއިން ވަކި ސިޔާސީ ފިކުރެއްގެ ބަޔަކު ވަޒީފާތަކަށް ނެގުމަށްފަހު ދެންތިބި މީހުނަށް 3 މަސްދުވަހުގެ ނޯޓިސްދީ ވަޒީފާއިން ވަކިކުރަން. މިއީ މިކަން ރޭވި ނިމިފައިވާގޮތް. އެއިގެ ތެރޭގައި އެބަތިބި ގިނަ ޒަމާންތަކެއް ވަންދެން އެވަޒީފާ ތަކުގައި އިޚުލާސްތެރި މަސައްކަތްތަކެއް ކުރި މީހުންވެސް، ކީއްބާ ވާނީ އެގޮތަށް ހެދުމުގެ ބަދަލުގައި އިހަށްދުވަހު ވޯޓާއި ދިމާކޮށް މަގުމަތިން ހޮވާފައި އެކި ނަންނަމުގައި ވަޒީފާ ދިން މީހުން ގެއަށް ފޮނުވުމަށްފަހު މިމީހުނަށް އެވަޒީފާތައް ހަމަޖައްސައިދިންނަމަ. އިހަކަށްދުވަހު އިސްލާމިކް މިނިސްޓްރީގެ ވަފުދަކުން މިސްކިތްތަކުގެ މުދިމުންނާއި މަސައްކަތު މީހުނާއި އެކު ބޭއްވެވި ބައްދަލު ވުމުގައިވެސް މަސީހުގެ ބޮޑުބޭބެ އިންކަމަށްވެސްވޭ. އެކަމު އެއީ ސަރުކާރުގެ އަދި ދައުލަތުގެ އެއްވެސް މަގާމެއް ހައިސިއްޔަތެއްވިޔަސް އޮތް މީހެއް ނޫން. މިއީ ފުވައްމުލަކުގެ ހާލަތު ހުރިގޮތް.
ކާލާ ގުލާމް
06 June 2017
މިކަހަލަ ބޮޑެތި ރައްތަކުގެ މީހުން ކީއްބާ ކުރަނީ. އެޔޮއްބޮޑު އައްޑޫ ވެސް ނިކަން ބަލާބަލަ. ދަންޑުވެރިކަން މަސްވެރިކަން މީހަޑިކަމެއްތަ.....ދެވީ ދިރާގު އޫރިދޫ މީހުން ފޮނުވަން މިރައްރަށު ގެ ބީންތައް ގަނެގެން މަސްވެރިކަމާ ދަންޑުވެރިކަން ކުރަން. ޢޭރުން އެ ބޮޑުތާ ޖެހުނީ. ދަންޑުވެރިކަމާ މަސްވެރިކަން ވެއްޖެނުން ޓުރެންޑީ ކޫލް އެއްޗަކައް ހަދަން. ހަމެއެކަނި ލަވަމުބާރާތް ގުޜްއާން ބުބާރާތެއްނޫން ބާއްވަން ވީކީ. ނިކަން މިސިނާޔަތްތައް ނިދިން ހޭލައްވަބަލަ.
ދީދީ
06 June 2017
ފުވައްމުލަކު މީހުން މީ ވަޒީ ބޭނުންބަޔެއްނޫން. މާތަނަވަސް ބަޔެއް. ރައީސް މައުމޫން ދައުރުގަ، އެކްޓިން ޑްރާމާ، ޕާފޯމަންސް އާޓްސް ސްކޫލެއް އަޅާދޭން ބުނީމަ ފުވައް މުލަކު ރައްޔިތުން ބޭނުމެއްނުވި ހުއްޖަތަކައް ވީ ދީން ގެއްލިދާނެތީ. ރައީސް ނަޝީދު ދައުރުގަ 7 ތަރީގެ ސިޓީ ހޮޓަލެއް އަޅާދޭން ބުނީމަ ވެސް ފުވައް މުލަކު ރައްޔިތުން ބޭނުމެއްނުވި ހުއްޖަތަކައް ވީ ދީން ގެއްލިދާނެތީ.
ޝަހާމު އިދްރީސް
06 June 2017
ދެ އެންމެންގެ ބަލަދު އަރާންވީ ސަރުކާރައްތަ. ރައްޔިތުން ބޭނުންވެގެން އެއޮތީ ސިޓީއަކަށް ހަދާދީފައި. މިހެން ހެދުމުން އިދާރާތައް އެއްވެގެން ދިއުމާއެކު މުވައްޒަފުންގެ އަދަދުވެސް ދައްވެގެން ދާނެ ނޫންބާ...!
މުރާދު
06 June 2017
ބަލަދު އަރަނީ ކާކަށް ކަން ޝަހާމު އިދްރީސް އަށް ނޭނގޭ ކަމީ ލަދުވެތި ކަމެއް. އަދި ރައްޔިތުން ބޭނުމެއް ނުވޭ ސިޓީ އެއް. ރައްޔިތުން ބޭނުންވަނީ ވަޒީފާ ! ވަޒީފާ !
ޖަފަނު މީހާގެ ލޮލީ
06 June 2017
ފުވައްމުލަކަށް ވަރުގަދަ ކެއްސެއްތާ މި ލިބުނީ. ސީޓީ ގެ ނަމުގައި 10 އަހަރު ފަހަތަށް ފުވައްމުލަކު ސޮއްސާލާނެ ކަމީ ޔަޤީން ކަމެއް. 75 ވަރަކަށް މީހުންނާއި ކުރީގެ 30 ކައުސިލަރުން އެއްކޮށް މުސާރާގައި ގޮތުގައި ފުވައްމުލަކަށް އަހަރަކަށް ވަންނަ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި މި ފައިސާ ތިޔަ ރަށުގައި ދައުރުވެ އެހެން ވިޔަފާރިތަކަށް ވަނުމުން މަލްޓިޕްލައި އިފެކްޓް ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އިތުރު 10 މިލިއަން ވަރަކަށް ރުފިޔާ ހުއްޓޭނެ. މާނަ އަކީ އަހަރަކަށް ގާތްގަޑަކަށް ވިއްސަކަށް މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވުން. ގަބޫލު ކުރަން ދަވިވިޔަސް އެއްބަސްވާން ޖެހޭ ހަޤީޤަތަކީ މީގެ 6 އެއްކަ އަހަރު ކުރިން އުފުދެނު ފުވައްމުލަކު 9 ކައުންސިލާއި އުފެދުނު އެއާޕޯޓު ފަދަ މަޝްރޫއުތަކުގެ ސަބަބުން، ފައިސާގެ ތިޔާޤިކަން ވަރަށް ބޮޑަށް ފުވައްމުލަކުގައި އިތުރުވެގެން ދިޔަ. މިދިޔަ 6 އަހަރު ތެރޭގައި ހުޅުވި ގިނަ ފިހާރަތަކާއި އިތުރުވި ރެސްޓޯރަންޓް ހޮޓާ ތަކަކީ މީގެ ހެއްކެއް. ނަމަވެސް ވަޒީފާ އިތުރުވާނެ އެއްވެސް މަގެއް ނުހޯދައި ، މި ގެނައި ބަދަލުގެ ހިތި އަސަރުތަކާ ފުވައްމުލަކު ރައްޔިތުން ވަރަށް އަވަހަށް ކުރިމަތިލާން ފަށާނެ. ވިޔަފާރި ތަކަށް އަސަރު ކުރާނެ. ރެސްޓޯރަންޓް ހޮޓާ ފަދަ ތަންތަން ކުރިއަން އޮތް މަސްތަކުގައި ބަންދު ކުރެވެމުން ދާނެ. މިހާރު ފަސޭހަ ކަމާއެކު ލިބޭ ބައެއް ބްރޭންޑް ތަކުގެ މުދާތަކާއި ތަރުކާރީގެ ބާވައްތަކަށް މިހާރު އޮތް ޑިމާންޑް ދަށްވެ ވިއްކުން ހުއްޓާލަން ޖެހޭނެ! ވަޒީފާތަކެއް ނެތް ރިޔަ ރަށުގައި މިހާރުވެސް މަގުމަތަކުން ގިނައިން ފެންނަނީ އަންހެނުންނަށް ކަމަށްވާއިރު، މިހާރު އުޅޭ މަދު ފިރިހެނުންގެ ތެރިން ބޮޑު ޕަސަންޓަކަށް ރަށް ދޫކޮށް ދާން މަޖުބޫރުވާނެ. އިޖްތިމާއި މައްސަލަތައް އިތުރުވާނެ. ދަރިން އިތުރަށް ބިކަވާނެ. ނަމަވެސް މިހާރު ތިޔައީ ބާރެއް ލިބިފައި ނެތް އަދި ބާރެއް ހޯދޭނެ އުރައްޕެއް ހުރި އެންމެ މެމްބަރަކުގެ ނެތް ކައުންސިލެއް އޮތް ސިޓީ އެއް! މަރުހަބާ ފުވައްމުލަކު ސިޓީ !
ދިސްވޭ
06 June 2017
ސަރުކާރަށް މާލެ ސަރަހައްދުގައި ތިބި ބަޔަކު އުނގަނަޑު ބިންދައިގެން ހޯދާފައި ޓެކްސްގެ ގޮތުގައި ދޭ ފައިސާ އިން ރަށްފުށުގެ މީހުން ދެ ގަޑިއިރު މަސައްކަތް ކޮށްފައި އެފައިސާ އިން އެންޖޯއި ކުރާ ގޮތަށް ނުޖެހޭނެ ރިކަރަންޓް ޚަރަދަށް ދުއްވާލަން މަހަކު 10 މިލިއަން ރުފިޔާ. ސަރުކާރުގެ ވަޒީފާ ތައް މަދުކޮށްފައި އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް އާއި އަދި މާލެ ސަރަހައްދުގައި ބިން ހިއްކުމާއި އަދި ފްލެޓްސް ތައް އެޅުމުގެ މަސައްކަތް އެފައިސާ އިން ކޮށްފިނަމަ ރާއްޖޭގެ އެންމެންނަށް އަރާމު ދިރިއުޅުން ލިބި ގެން ދިޔާ އަދި ރާއްޖޭގެ ބަޖެޓް ވެސް އަރަނިވީއެވެ. ރާއްޖެތެރޭ މީހުން ބުނާނެ ތިމަންނާ މެން ބޭނުންވަނީ ރަށުގައި އުޅޭށޭ އެކަމަކު ދުވަހަކު ވެސް ރަށުގައި ނޫޅޭނެއޭ އެމެން އަންނާނީ ދުވެފައި މާލެ އަށޭ. އެއީ އޭ ހަގީގަތަކީ.
ދަވޭ
06 June 2017
ފުވައްމުލަކު ކައުންސިލްތަކުގައި ތިބި ގިނަ ބައެއްގެ ވަޒީފާއާ މެދު ސުވާލު އުފައްދަން ނުޖެހޭނެއެވެ. އެވަޒީފާ ގައި ތިބި ހުރިހާ މީހުން ފުވައްމުލަކުގައި ހުރި އޮޅު އަލަ ދަނޑު ތަކުގައި އޮޅު އަލަ ހައްދައިގެން މާލެ އަށް ގެނެސްގެން ވިއްކީމާ ނިމުނީ އެވެ. ދެން އެނޫން ނަމަ ފުވައްމުލަކަކީ އެއީ ދަނޑުވެރިކަން ރަނގަޅަށް ކުރެވޭ ރަށަކަށްވާތީވެ އެމެން ދަނޑުވެރިކަން ކުރަން ނިކުތީމާ ނިމުނީ އެވެ. އެއިން އެއްވެސް ކަމެއް އެމެން ގަބޫލު ނޫން ނަމަ ގާފު އަލިފު އަދި ގާފު ދާލު އަތޮޅުގައި ހުރި ރިސޯރޓްސް ތަކުގެ ވަޒީފާ އަށް ދިޔައިމާ ނިމުނީ އެވެ. ވަޒީފާ އަށް ތަނަކަށް ވަންނަ މީހާ ވަންނަ ދުވަހު ވެސް ހަނދާން ވާން ޖެހޭނެ މާދަމާ އެވަޒީފާ އިން ވަކިވެސް ވެދާނެ ކަމަށް. އެހެން އެކަން ދަނެގެން ކުރިމަގު ބައްޓަން ކުރީމާ ހުންނާނީ ރަނގަޅަށެވެ. އައި ކާންޓް ޓެލްޔޫ ވަޓްސް ނެކްސްޓް ޗެޕްޓަރ..
ފުވައްމުލައް
06 June 2017
ޑިގްރި ފެންވަރަށް ކިޔަވާފަ ދަނދުވެރިކަން ކުރަންވި؟؟
ތަކުރު
07 June 2017
ފުވައްމުލައް ނަމުގައި ލިޔުއްވި ބޭފުޅާގެ ވިސްނުމުގެ ކޮށިކަމާއެވެ. ޑިގްރީ ފެންވަރަށް ކިޔެވުމަކީ ދަނޑުވެރިކަން ކުރުމަށް ވެވޭ ތައްޔާރީއެވެ. މި ޒަމާނުގައި ދަނޑުވެރިކަންވެސް ކުރެވޭނީ ޑިގްރީއެއް އޮވެގެންނެވެ. ދުނިޔެއަށް ލޯހުޅުވައި ބަލާބަލާށެވެ.