ސިިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: ގަަތަރު ރައްޔިތެއްގެ އަތުން ދެ ދިވެއްސަކު ފައިސާ ނެގީ ހުޅުމާލޭގައި ގެސްޓްހައުސެއް ހިންގުމަށް -ފޮޓޯ/މިހާރު
14 ޖޫން 2017 - 15:07
ހުޅުމާލޭގައި ގެސްޓް ހައުސްއެއް ހިންގުމަށްޓަކައި ގަތަރުގެ ރައްޔިތެއްގެ އަތުން ދެ ދިވެއްސަކު ނެގި 215،000 ޑޮލަރު (3.3 މިލިއަން ރުފިޔާ) އަނބުރާ އެ މީހާ އަށް ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ގަތަރު ރައްޔިތެއް ކަމަށްވާ އައްޝައިޚް އަބްދުލްއަޒީޒް ބިން އަބްދުއްރަހްމާން ހަސަން އަލީ އަލް ޘާނީ އަތުން ދެ ދިވެއްސަކު ނެގި 215،000 ޑޮލަރުގެ އިތުރުން އެ ފައިސާ ހޯދަން ދައުވާ ކުރުމުގެ ގާނޫނީ ޚަރަދުތަކާއި ގެއްލުމުގެ ބަދަލަށް 21،500 ޑޮލަރާ އެކު ޖުމްލަ 236،500 ޑޮލަރު(3.3 މިލިއަން ރުފިޔާ) ދައްކަން ކޯޓުން ހުކުމްކުރީ އެ ފައިސާ ހޯދަން އަބްދުލްއަޒީޒްގެ ފަރާތުން ދައުވާ ކުރުމުންނެވެ.
ދައުވާ ލިބޭ ދެ މީހުންގެ ތެރެއިން އެކަކު އެ ފައިސާ ދައްކަން ކޯޓުގައި އެއްބަސްވުމުން ކޯޓުން އެ މީހާ އަށް އެންގީ ދެ ފަރާތުން އެއްބަސްވެފައިވާ ތާވަލަކާ އެއްގޮތަށް ކޮންމެ މަހަކު ފައިސާ ދައްކަމުން ގެންދިއުމަށެވެ. އެގޮތުން އެއް އަހަރު ވަންދެން ކޮންމެ މަހަކު 5،000 ޑޮލަރަށް ވުރެ މަދު ނޫން އަދަދެއް ކޯޓަށް ދެއްކުމަށާއި އޭގެ ފަހުން ކޮންމެ މަހަކު 12،000 ޑޮލަރަށް ވުރެ މަދު ނޫން އަދަދެއް ކޯޓަށް ދެއްކުމަށް ހުކުމުގައި ވަނީ އަންގައިފަ އެވެ.
ދައުވާ ލިބުނު ދެވަނަ މީހާ އުޅޭ ތަނެއް ނޭނގޭތީ އޭނާގެ ބައި ކޯޓުން ކުރިއަކަށް ނުގެންދެ އެވެ. އެކަމަކު އަބްދުލްއަޒީޒަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް ލިބެންދެން އެ މީހާގެ މައްޗަށް ވަކިން ދައުވާ ކުރުމުގެ ހައްގު އަބްދުލްއަޒީޒަށް އޮންނާނެ ކަމަށް ގާޒީ އަބްދުﷲ ޖަމީލް މޫސާ ކުރެއްވި ހުކުމުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯގޯސް
15 June 2017
ކިހާވަރެއްގެ އަބުރެއްއޮތީމަބާ މިފަދަ މީސްމީހުންގެ ނަމާ ވަނަވަރު ހާމަނުކުރެވެނީ. ވައްކަން ކުރާމީހުން، ޑްރަގް އެތެރެކުރާ، ވިއްކާމީހުން، ގެވެށިއަނިޔާކުރާމީހުން މިމީސްމީހުންނަކީ ވީވަރަކުން ފޮރުވައިގެން ގެންގުޅޭމީހުން. ދުވަހަކުވެސް މީންމީހެއްގެ ފޮޓޮއެއް ނަމެއް ހާމައެއްނުކުރާނެ. ފޮޓޮޔާ އެއްޗެތި ދެއްކީމައެންނު ދެން އެހެންމީހުނަށްވެސް އެފަދަ މީހުންގެ ކިބައިން ސަލާމަތް ވެވޭނީ. އެކަމަކު ސިޔާސީކަމެއްގަ ކިތަންމެ ކުޑަ ޝައްކެއްވީމީހެއްނަމަވެސް މުޅި ގައުމުގަ ގަންހިންގާނެ. ބޮޑު އުދަގުލެއް.
ޜަބަރޭ
14 June 2017
ކޮންމެވެސް ގޮތަކުން ގަތަރު މީހާ 10 އަހަރު ދުވަހަށް ރާއްޖެ ނަދެވޭ ގޮތައް ޑިޕޯޓް ކޮށްލަން ފެނޭ.
އަހުމަދު
14 June 2017
ހުކުމް އޮންނަތަނުގއި އޮންނާނީ ފައިސާއެއް ނުދައްކާނެ. ކޯޓަކުން ހުކުމްކުރި މަހަކު 3000 ރުފިޔާ ދައްކަން ހުކުމް އޮތީ ފައިސާއެއް ނުލިބޭ.