ޓެކްނޮލޮޖީ / ވީޑިއޯ ގޭމް

އީ-3 ގޭންމިން އެކްސްޕޯގައި އާ ގޭމުތަކަށް ބޮޑު ތަރުހީބެއް

މި އަހަރަކީ އީ3 އެކްޕޯ ބާއްވާ 23 ވަނަ އަހަރު؛ ދުނިޔޭގެ އެކި ކަންކޮޅު ތަކުން ގޭމަށް ޝައުގުވެރިވާ މީހުން ބައިވެރިވޭ

މި އަހަރުގެ އިލެކްޓްރޯނިކް އެންޓާޓެއިންމަންޓް އެކްސްޕޯ (އީ-3) ބުދަ ދުވަހު ފަށާފައި ވާއިރު ގޭމް އުފައްދާ ކުންފުނިތަކުގެ އާ އުފެއްދުންތައް އަންނަނީ ދައްކާލަމުންނެވެ. އީ3 ގެ ބައިވެރިންގެ މެދުގައި އެންމެ ބޮޑަށް ތަރުހީބު ލިބުނު ގޭމުތަކަކީ ވީޑިޔޯ ގޭމް ބާޒާރުގައި ރަސްކަންކުރާ ތިން ކުންފުންޏެއްގެ އުފެއްދުންތަކެވެ. އެއީ ނިންޓެންޑޯ، އުބިސޮފްޓް، އަދި ބެތެސްޑާ އެވެ.

އުބިސޮފްޓްގެ މަޝްހޫރު އެސަސިންސް ކްރީޑް ޓައިޓަލްގެ "އޮރިޖިންސް" އެޑިޝަނަކާއި އެކްޝަން-އެޑްވެޗާ ގޭމް "ބިޔޮންޑް ގުޑް އެންޑް އީވިލް 2"، އަދި ރޭސް ގޭމެއް ކަމަށްވާ "ދަ ކްރޫ 2" ހިމެނެ އެވެ. އުބީސޮފްޓުން މުޅިން އަލަށް ރިލީޒް ކުރާ ޓައިޓަލް "ސްކަލް އެންޑް ބޯންސް" އަކީ ޕައިރޭޓު މަނަވަރު ބޭނުންކޮށް ހަނގުރާމަ ކުރާ ގޭމެކެވެ.

"އެސަސިންސް ކްރީޑް އޮރިޖިންސް" އަކީ މި ސިލްސިލާ ގޭމްތަކުގެ ތެރެއަށް އިތުރުވާ މޮޅު ގޭމަކަށް ވާނެ ކަމަށް ބެލެވޭ

ބެތެސްޑާ ސްޓޫޑިއޯގެ އެންމެ މަގްބޫލުވެފައިވާ ގޭމުތަކުގެ އާ ބައި ތައް ވެސް މި އަހަރު ނެރެނޭ އެވެ. އޭގެ ތެރޭ "ރެސިޑަންޓް އީވިލް" ހެދި މީހާ ޝިންޖީ މިކާމީގެ އާ ގޭމު "ދި އީވިލް ވިތިން 2" ހިމެނެ އެވެ. ބެތެސްޑާ ސްޓޫޑިއޯގެ ސަޕޯޓަރުން އެންމެ ބޮޑަށް ބޭނުންވެފައި ތިބި އެއް ގޭމު ކަމަށްވާ ވުލްފެންސްޓައިންގެ ދެވަނަ ބައި "ދި ނިއޫ ކޮލޮސަސް" މި އަހަރު ނެރޭނެ ކަމަށް ވެސް އިއުލާން ކުރި އެވެ.

އެ ސްޓޫޑިއޯގެ "ޑިސްއޮނާޑް 2" ގޭމުގެ ވާހަކަ އަށް އިތުރުވާ ބައެއްގެ ގޮތުގައި "ޑިސްއޮނާޑް: ޑެތު އޮފް ދި އައުޓްސައިޑާ" ގެ ނަމުގައި ފޯރިގަދަ ގޭމެއް ވެސް މި އަހަރު ފެނިގެން ދާނެ އެވެ. އީ-3 ގައި ދައްކާލި ގޭމުތަކުގެ ތެރެއިން ހަގު ކުޅުންތެރިންނަށް ހާއްސަ ގޭމް ތަކުގެ ތެރޭގައި ނިންޓެންޑޯ ސްޓޫޑިޔޯ ގެ "ކާބީ" އެނބުރި މި އަންނަނީ ޕަޒަލް ގޭމަކާ އެކު އެވެ. ސްވިޗް ޖޮއި ކޮން ސެޓަޕް ބޭނުން ކޮށްގެން ހަތަރު ކުޅުން ތެރިންނަށް މި ގޭމު ކުޅެވޭނެ އެވެ. ހަމަ އެ ސްޓޫޑިއޯ އިން ނެރޭ "ސުފަ މާރިޔޯ އޮޑިސޭ" އަކީ މާރިޔޯ އުޅޭ ދުނިޔެ އިތުރަށް ފުރިހަމަ ކޮށްދޭ އެކްސްޕްލޮރޭޝަން ގޭމެކެވެ. މި އަހަރު މާރިޔޯގެ ވަރަށް ތަފާތު ދެވަނަ ގޭމެއް ވެސް ނިކުންނާނެ އެވެ. އެއީ "މާރިޔޯ + ރެބިޑްސް: ކިންގްޑަމް ބެޓަލް" އެވެ. ސްޓްރެޓަޖީ ގޭމެއް ގޮތަށް ފަރުމާ ކޮށްފައިވާ މި ގޭމް ބަލައިލަން އެހައި ރީތި ނޫނަސް، ސްޓްރެޓަޖީ ގޭމު ކުޅޭ ކުދިންނާއި މީހުންނަށް ކަމުދާނޭ ކަމަށް ބެލެވެ އެވެ.

އެންމެ ބޮޑު ތަރުހީބެއް ލިބިގެން ދިޔައީ ނިންޓެންޑޯ މެޓްރޮއިޑް ސިލްސިލާގެ ދެ ގޭމު ރިލީޒް ކުރާނެ ކަމަށް އެ ސްޓޫޑިޔޯ އިން އިއުލާންކުރުމާ އެކުގަ އެވެ. އެއީ "މެޓްރޮއިޑް 4" އާއި 1991 ވަނަ އަހަރު ރިލީޒް ކުރި އެ ސިލްސިލާގެ ދެ ވަނަ ގޭމު ގެ ތްރީޑީ ރިމޭކް "މެޓްރޮއިޑް 2: ސަމުސް ރިޓާންސް" އެވެ. އެއީ ސައިޑް ސްކްރޯލިންގް ގޭމެއް ކަމަށްވެ އެވެ.

ނިންޑެންޑޯ އިން "މެޓްރޮއިޑް" ސިލްސިލާ ގެ އާ ދެ ގޭމު ރިލީސް ކުރާނެ ކަމަށް ވަނީ ބުނެފައި

އީއޭ ބަޔޯވެއާ އިން މި އަހަރު ނެރޭނެ ކަމަށް ބުނާ "އެންތެމް" އަކީ 2017 ގެ ވަރުގަދަ ގޭމަކަށް ވެގެން ދާނެ ކަމަށް މާހިރުން ލަފާ ކުރެ އެވެ. "މާސް އިފެކްޓް" އަދި "ޑްރެގަން އޭޖް" ހެދި އީއޭ ބަޔޯވެއާ އިން ނެރޭ މި ގޭމަކީ އޮންލައިން ކޮށް ޓީމު ހަދައިގެން ޖައްވުގައި ހަނގުރާމަ ކުރެވޭނެ ޝޫޓާ ގޭމެކެވެ.

އީ3 މަހާސިންތާ ބާއްވަނީ ވީޑިޔޯ ގޭމް ކުންފުނިތައް ގުޅިގެން އުފައްދާފައިވާ އެންޓާޓެއިންމަންޓް ސޮފްޓްވެއާ އެސޯސިއޭޝަން (އީއެސްއޭ) އިން ނެވެ. އީ3 ގައި އަލަށް ރިލީޒް ކުރާ ގޭމުތައް އިއުލާނު ކޮށް، އެއާ ބެހޭ މައުލޫމާތު ދީ، އަދި އުފެއްދުމުގެ މަރުހަލާ ގައި އުޅޭ ބައެއް ގޭމުތަކުގެ ގޭމް ޕްލޭ ތަޖުރިބާ ކޮށްލައި ފާޑު ކިޔުމުގެ ފުރުސަތު ހުޅުވާލަ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454