"ޕްލޭ ލިންކް" އެޅީމާ ޑުއަލް ޝޮކް ކޮންޓްރޯލާ ގެ ބަދަލުގައި ފޯނު ބޭނުން ކުރެވޭނެ އެވެ
18 ޖޫން 2017 - 08:32
ސޮނީގެ ޕްލޭސް ސްޓޭޝަން 4 ކޮންސޯލަށް، ފޯނުން ކޮންޓްރޯލްކުރެވޭ ހާއްސަ ގޭމް ތަކަކާއި އެކަން ކުރަން ބޭނުންވާ ފީޗާ ކަމަށްވާ "ޕްލޭ ލިންކް" އެ ކުންފުނިން ތައާރަފްކޮށްފި އެވެ.
އައިއޯއެސް އާއި އެންޑްރޮއިޑްގައި މި ފީޗާ ބޭނުން ކުރެވޭނެ އެވެ. ފޯނުން ޕީއެސް ގޭމް ކުޅުމަކީ އާ ކަމެއް ނޫނަސް، ޑުއަލް ޝޮކް ކޮންޓްރޯލާގެ ބަދަލުގައި ފޯނު ބޭނުންކުރަން ހާއްސަ ގޭމް ފަރުމާ ކުރުމަކީ މުޅިން އާ ކަމެކެވެ.
ޕްލޭ ސްޓޭޝަން ސްޓޯރުން "ޕްލޭ ލިންކް" މިހާރު ގަންނަން ލިބޭނެ އެވެ. ފޯނަށް ވެސް "ޕްލޭ ލިންކް" އެޕް އަޅާފައި ދޭތި ގުޅާލުމުން ފޯނުން ޕީއެސް އާ ކުޅެވޭނެ އެވެ. ސޮނީން ބުނީ މި ވަގުތު މި ފީޗާ ހާއްސަ ކުރަން ބޭނުން ވަނީ ގޭމު ކުޅުމުގައި ވަގުތު ހޭދަކުރަން ބޭނުންވާ ކުދި އާއިލާތަކަށް ކަމަށެވެ.
އެހެންވެ "ޕްލޭ ލިންކް" ބޭނުން ކުރެވޭ ގޭމުތަކަކީ އާއިލީ ގޭމުތަކެވެ. ވާހަކަ ކިޔައި ދިނުމަށް ބަރޯސާވާ "ހިޑަން އެޖެންޑާ" ގެ އިތުރުން އާއިލީ ޕާޓީތަކަށް ހާއްސަ "ނޮލެޖް އިޒް ޕަވާ"، ""ފްރޭންޓިކްސް" އަދި ކެރޯކޭ ގޭމް "ސިންގް ސްޓާ ސެލެބްރޭޝަން" އެ ގޭމް ތަކުގެ ތެރޭ ހިމެނެ އެވެ. އޭގެ ތެރޭން "ދެޓްސް ޔޫ" ކިޔާ ގޭމެއް ޕްލޭ ސްޓޭޝަން ޕްލަސް އަށް ސަބްސްކްރައިބް ކޮށްފައިވާ މީހުންނަށް ހިލޭ ޑައުންލޯޑް ކުރެވޭނެ ކަމަށް ސޮނީން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޯން
18 June 2017
ކަލޯމެންނައް އަދިކިރިޔާތަ ތިއެގުނީ