އެމްޑީޕީގެ ޖަލްސާއެއްގައި މޫސަ ވާހަކަ ދައްކަވަނީ: އެ ޕާޓީ ވަނީ ޑިމޮކްރަސީގެ މަގުން ކައްސާލާފައި ކަމަށް މޫސަ ވިދާޅުވި. -- އެމްޑީޕީ ފޮޓޯ: މައުރޫފް ހަލީލް
27 ޖޫން 2017 - 11:38
އިދިކޮޅު އެމްޑީޕީ އުފެއްދިތާ 12 އަހަރު އިއްޔެ ފުރުނުއިރު، އެކަކުގެ ބުއްދި އަށް ތަބާވާން ޖެހޭ ގޮތަށް އެ ޕާޓީގެ މިސްރާބު ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
މޫސަ ކުރެއްވި ޓުވީޓްތަކުގައި ވިދާޅުވީ ބުރަކަމާއި ނާމާންކަމާއި އަނިޔާ އާއި ފިއްތުންތަކުގައި މިނިވަންކަމަށް މަސައްކަތް ކުރި އެތައް ބަޔަކު ހަނާކޮށްލާފައި 12 އަހަރުވިއިރު ވެސް އެ ޕާޓީގެ ކޮންޓްރޯލް އޮތީ އެކަކުގެ އަތުގައި ކަމަށެވެ.
ނަން ވިދާޅުނުވި ނަމަވެސް މޫސަ ބަހުގެ ހަމަލާތައް މި އަމާޒުކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ބެލެވެ އެވެ. ނަޝީދު އުޅުއްވަނީ އެމްޑީޕީ "ހައިޖެކްކުރައްވައިގެން" ކަމަށް ވިދާޅުވެ މީގެ ކުރިން ވެސް މޫސަ ފާޑުވިދާޅުވި އެވެ.
މޫސަ ވިދާޅުވި ގޮތުގައި އެމްޑީޕީ އަށް 12 އަހަރު ފުރުނުއިރު އެ ޕާޓީ އަކީ ވަކި މީހަކު ވަށައިގެން އެނބުރޭ ޕާޓީ އަކަށް ބަދަލުކޮށް، ވެރިކަމަށް އަދިވެސް ގެންދަވަނީ މަރުފަލި ޖައްސަވަމުންނެވެ. އެއްވެސް ސިޔާސީ ފިކުރަކީ ވަކި މީހަކަށް މިސްރާބު ހިފައިގެން ގެންދާ ފިކުރަކަށް ވާނަމަ، ޑިމޮކްރަސީގެ އުސޫލުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އަދި އިސް މަގާމުތައް ފުރުއްވި މޫސަ އެމްޑީޕީ އަށް ފާޅުގައި ފާޑުވިދާޅުވާން ފެއްޓެވީ ރައްޔިތުންގެ މަޖިލީހުގައި ޕާޓީގެ ވިޕްލައިނާ ޚިލާފަށް ވޯޓު ދެއްވާތީ، އެމްޑީޕީން ވަކިކުރުމުންނެވެ. ފަހަކަށް އައިސް ސަރުކާރަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާ މޫސަ ގެންދަވަނީ އެމްޑީޕީގެ ގިނަ ކަންކަމާ މެދު ހިތްހަމަނުޖެހުންފާޅުކުރައްވަމުންނެވެ.
ނަޝީދުގެ ނުފޫޒު އެމްޑީޕީ ތެރެއަށް ގަދަކުރައްވައި ޕާޓީ ހައިޖެކްކޮށްފައިވާ ކަމަށް ވިދާޅުވެ ޕާޓީ އިސްލާހު ކުރުމުގެ މަސައްކަތްތަކެއް ފައްޓަވާފައިވާ ކަން ވެސް މޫސަ އިއުލާން ކުރެއްވި އެވެ. އެމްޑީޕީގައި ބޮއްސުންލާފައިވާ ކަންކަން ގާނޫނީ އިމުގެ ތެރެއިން ހައްލުކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެ މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެލޯ
08 July 2017
މޫސައަށް ތިޔަވާހަކަ ދެއްކޭކަށް ނެތް.. ރައީސް ނަސިދު ވެރިކަމުގައި މޫސަ ބޭނުން ވިގޮތަށް އަނިޔާވެރިކަން ރައީސް ނަސީދު އިސްނުކުރުމުން މޫސައާއި މައްސަލަ ޖެހުނީ.. އިހައްދުވަހު ވީކަމެއްނޫންތީ ރައީސް ނަސީދު ދައުރުގައި މުޅި ޕާރޓީގެ ރޫހާ ޙިލާފަށް މޫސަ އަމިއްލައަށް ކޯޓު ހަދާގެން މީހުންނަށް ހުކުންކުރަމުން 300 އަހަރު ވެރިކަން ކުރާނަމޭ ގޮވަމުން ދުވީ.. މިފަދަ ކަންކަމަށް މޫސައަށް ޕާރޓީން ތާއީދު ނުކުރުމުން މިހާރު ދެން ކޮން އަގައެއްތީ ތިޔަ ހުޅުވަނީ...
ހުސައިން
29 June 2017
ސިޔާސީ ޕާޓީ ތަކަަކީ ރައްޔިތުންގެ ޑިމޮކްރެޓިކް އިންސްޓިޢުޝަން ތަކެއް. ކޮންމެ މެމްބަރަކަށްވެސް ޕާޓީގެ އެންމެ އިސްވެރިކަމާއި ހަމައަށް އާދެވުމުގެ ފުރުސަތު އޮންނަންވާނެ. މޫސަ ޒާތީވިޔަސް އެދެއްކީ ރަނގަޅުވާހަކައެއް.
ބުޒުތާ
29 June 2017
ޕާޓީ ކައްވާލަން މީނާ އުޅެ އުޅެ އެކަމެއް ނުވެ ޕާޓިން ބޭރުކޮށްލީމާ އަދިވެސް ހިތުން ނުފިލައިގެން އުޅެނީ! ބުނެލަން އޮތީ (ފައިސާ) އަދިވެސް ބޭނުންވާވަރަށް ނުލިބޭތޯއޭ! ޢެމްޑިޕީއަށް ގޮތެއް ހެދުނީމަތޯއޭ ބާކީ އެތިކޮޅު ލިބެނީ!
އަޙްމަދު
29 June 2017
މީނަ ހެދޮި ކޯޓުކޮބާ؟އެކަން ބެލެން ޖެހޭނެ.
އަސޭލާ
29 June 2017
ޢުމަރު،ރީކޯ،އަލްހާންގެ ބޭނުމަކީ ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރުން.މިމީހުން ނަޝީދުގެ ވާހަކަ ދައްކާއިރު ރައްދު ނުދިނުން އެއީ ނަޝީދުގައިގާ ހުންނަ ވަރަށް މަތް ސިފައެއް.ޢުމަރު އުޅުނުނޫންތޯ ބޭހަށް ނަޝީދު ނުފުރުވަން.ޢުމަރު ހިތުން އެއެޅެނީ ކާފަ ކިލެގެފާނު އުޅުއްވި ގޮތަށް.
ފިރާޝާ
29 June 2017
ތިބުނި ތިން ޅީޑަރުންގެ ވެސް ސަޕޯޓަރުން ތިބޭނެ އެވެ.އެ ބޭފުޅުން ދެކެ ލޯބިވާ މީހުން ވެސް ތިބޭނެ އެވެ. އަންނި ދެކެ ލޯބި ވުމަށް ވުރެ "އިގެރޭސި ވިލާތުގެ ބޮޑުގަޑި" ދެކެ ލޯބި ވުން ވެސް މާ ރަގަޅު ނޫންރޭ؟ 2018 ގެ ފަހުން އަންނި ގެ ސިޔާސީ ހަޔާތް އަބަދަށް ޓަކައި ނިމޭނެ އެވެ.2018 ގައި ވެސް ވެރިކަމަށް އަންނި އަކަށް ނާދެވޭނެ އެވެ.ނަތީޖާ އަކަށް ވާނީ އޭނާގެ ސަޕޯޓަރުން ވިއްސި ވިހާލިވެ ދިއުނެވެމ
ހަނު ހުންނަ މީހާ
28 June 2017
މަ ބެލިން ޖިންނި ޖިނާ އުޅޭ ފިލްމެއް. އެ ޖިންނި އަކީ ވަރަށް ވިޔާނުދާ އެއްޗެއް.
މުހައްމާ ކަލޯ
28 June 2017
ތާއީދު ވާހަކަ ނުދައްކާ ނިކަން ވޯޓެއް ހޯދާލަން އާދެބަލަ އަހަރެމެން ކައިރިއަށް.. ތި މޫސަ މޫސައަކަށް ހަދައިދިނީ ނަޝީދު. އެހެން ނޫންނަމަ މިއަދުވެސް ހުންނާނީ އޮލިމްޕަސް ދޮށުގަ ފިލްމު ޓިކެޓް ވިއްކަން.
ޚަކަކަ
28 June 2017
ނަޝީދު މީހަކަށް ހެދީ ކާކު؟
އލހ
29 June 2017
ނަޝީދު މީހަކަށް ހެދީ އަހަރެމެން ރައްޔިތުން... މޫސަވެސް އެކަންވޭތޯ ބަލަންވީ!
ދަން
28 June 2017
އެކަކުގެ ބުއްދި އެންމެންގެ ބުއްދިއަށް ވެދާނެތަ؟
ފަހުލަވާނު
28 June 2017
ތިޔަބުނީ ރަނގަޅުވާހަކައެއް. މޑޕ އަކު ނެތް ލައިލާ ފެކްޝަނަކާއި ކެނެރީ ފެކްޝަނަކައި ރީކޯ ފެކްޝަނެއް. ނަޝީދުގެ ލީޑރޝިޕް ދަށުގަ މުޅި މޑޕ އޮތީ
ލަވްލީ
28 June 2017
12 އަހަރު އެހެން މީހަކަށް ފުރުސަތު ނުދީ ހުދުމުހުތާރު ކަން މަތީ ޕާޓީގެ ލީޑަރު ކަމުގައ ބައްދައިގެން. ވަރަށް ޑިމޮކްރެޓިކް ޕާޓީ އެއް ތީ. ހަމަ އަސްލުވެސް ކަލްޓެއް