ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަނުން ކުރިން ބޭއްވި ނިއުސް ބްރީފިންއެއްގައި މުސްތަފާ (މ) ބައިވެރިވެވަޑައިގަންނަވަނީ.
12 ޖުލައި 2017 - 11:10
ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ޕީޕީއެމުން ވަކިކޮށްދިނުމަށް އެ ޕާޓީން ދެކޮޅު ހަދައިފި އެވެ.
ޕީޕީއެމުން ވަކިކޮށްދިނުމަށް މުސްތަފާ މިދިޔަ ހޯމަދުވަހު އެދިވަޑައިގަތުމުން، ޕީޕީއެމުން އޭނާ އަށް އިއްޔެ ފޮނުވި ސިޓީގައި ބުނީ މުސްތަފާއާ ގުޅޭ ގޮތުން މި މަހުގެ ތިންވަނަ ދުވަހު ސުލޫކީ ކޮމެޓީ އަށް މައްސަލައެއް ހުށަހަޅާފައިވާތީ، އެކަން ބަލައި ނިމުމުން ޖަވާބެއް ދޭނެ ކަމަށެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ ސިޓީއާ އެކު މުސްތަފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އެ ޕާޓީން ވަކިވެވަޑައިގަތުމަށް ސިޓީއެއް ފޮނުއްވީ، ޕީޕީއެމުން ވަކިކޮށް ނުދީގެން ކަމަށެވެ.
"ދެން ކޮން ސުލޫކީ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 20 ވަނަ މާއްދާގެ ހ.ގެ ދޭއްގައި ބުނާފައިވާ ގޮތުން ޕާޓީން ވަކިވާން އެދިއްޖެ ނަމަ އެ މީހަކު ޕާޓީން ވަކިވާނެ އެވެ. އަދި މީގެ ކުރިން ޕީޕީއެމުން އަމަލްކޮށްފައި ވަނީ ވެސް އެގޮތަށެވެ. އެއީ ޕާޓީން ވަކިވާން އަމިއްލަ އަށް އެދިއްޖެ ނަމަ ވަކިކޮށްދިނުމެވެ.
މުސްތަފާ ވިދާޅުވީ ޕާޓީއެއްގައި ތިބެން ބޭނުން ނުވާ މެމްބަރުން އަމިއްލަ އަށް އެ ޕާޓީއަކުން ވަކިވުމުގެ އިޚުތިޔާރު ލިބިދޭނެ ކަމަށެވެ.
"އެއީ ގާނޫނީ އެއްވެސް ބަންދުވުމެއް އޮތް ކަމެއް ނޫން،" ކުރިއްސުރެ ފެށިގެން ޕީޕީއެމް އަދި ސަރުކާރުގެ ވިސްނުމާ އެއްކޮޅަށް މަސައްކަތް ކުރެއްވުން ހުއްޓާލައްވައި އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ރައްޔިތުންގެ މަޖިލިހުގައި މަސައްކަތް ކުރައްވާ މުސްތަފާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމުން ސޮއިކުރެއްވި 10 މެމްބަރުން ވަނީ އެ ޕާޓީން ވަކިވުމަށް ހުށަހަޅުއްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލުމީހާ
12 July 2017
ރައްޔިތުން އިންތިހާބް ކޮއްފަހުރި ރައީސަކު އަޒުލުކުރުމަށް ރާވައިގެން ހިންގޭ ޖަރީމާތައް ހުއްޓުވޭނެކަން މިދަނީ ފެންނަމުން، މަޖްލިސް މެމްބަރުން އިންތިހާބުކުރަނީ ޤާނޫންހަދަން އެކަމް މިބޭފުޅުންނަކީ އެފަދަ ދައުލީމީ ބަޔެއްނޫންވީމަ ޤާނޫން ހެދުމުގެ ބަދަލުގަ މިފެންނަނީ ވެރިކަން ވައްޓާލަން ތެޅި ބާލާތަން، ތިހާ ގަޓް ހުރިއްހާ ޤައުމާ ދީނައްޓަކައި މަޖިލިސް ގޮޑިން އިސްތިއުފާދޭން ވީނުން
ޝާނާ
12 July 2017
މުސްޠަފާ ތީ ހުއްނާނެ ޕާޓީ އެއްނޭގިގެން އުޅޭ މެމްބަރެއް
ހުދު ތިމަރަ
12 July 2017
އެއްގޮތަކަސް ވަކިކޮއްގެން ނުވާނެ ޕީޕީއެމުން ވަރައްގިނަ ރުފިޔާ ދީގެން ސޮއިކުރި އެލާރިގަންޑު ދިނީމަ ޕާޓީ ވަކިކުރެވެންޖިހޭނި
ސަލާމްކުރާ އައްމަޗު
12 July 2017
މިހާރު ދަރަނި ސާބިތު ކުރިއަސް ގޮނޑި ގެއްލޭނެ. ކަށަވަރު.
އުސްމާނު
12 July 2017
ހުރުހާބޭ ފުޅުން އަވަހަށް ޕާޓިން ވަކިވާން ހެކިންނާއެކު އިލެކްޝަނަށް ސިޓީ ވައްދާ ، އަދި ސިޓީ ލިބުނުކަމުގެ ލިއުންވެސް ހޯދާ. ނޫނީ ފަހުން ބުނެފާނެ ސިޓީ ނުލިބެޔޭވެސް . އިސްޕިރިން ކޯޓަކީ ގާނޫނޫ ހަދާ ތަނެއްނޫން . ނަމަވެސް ކޮންމެ ފަދަ ކަމެއްވެސް ނުކުރާނެ ކަމަށް ބަލަޢިގެން ނުވާނެ.
ބޭބެ
12 July 2017
މިފަހުން ވަކިވާން ލާފަހުރި ހުރިހާ ސިޓީ ތަކުގެ ޖަވާބަކީ މިއީ ... ކޮންމެގޮތެއް ހަދާފަވެސް އެބަޖެހޭ ސްޕްރީމް ކޯޓަށް ލާފަ އޮތް ދުސްތޫރީ މައްސަލަ ޕ.ޕ ބޭނުން ވަގޮތައް ނިންމާލަން. އެއައް ފަހު ކެނޑެން ބޭނުންވި މެމްބަރުން ނަށް ޕާޓީގައި ހުރުމުގެ (މެމްބަރު ކާމާއީ އެކީ) ފުރުސަތެއް ދެވޭނެ ... ނުނީ ޖެހޭނީ ކޯޓުގެ ހުކުމާއި އެއްގޮތްއް މެމްބަރުކަންވެސް ދޫކޮއްލަން. ދެންމަ ހީހީ ހަލާކު ވެއްޖެ. ޕޕމ ގައި މިތިބީ އިންސާނުންތަ ؟؟؟؟
ޚުދާ
12 July 2017
މުސަތަފާ އައި ޑީ ނަން ބަދަލުކޮއްލާ.
ހަހަހަ
12 July 2017
"ދެން ކޮން ސުލޫކީ މައްސަލައެއް؟"
ބޯހަލާކު
12 July 2017
ސާބަހޭ އިނގޭ ކަލޭމެންނަށް. ގަދަކަމުން އޮއްޓު އަޅައިގެން މެންބަރުން ހިފެހެއްޓޭތޯ ބަލާތި. ތިނޫންގޮތެއް ކަލޭމެންނަކަށް ނެތް. ޕާޓީގަތިބި ގިނަ މީހުންނަކީ މައުމޫނަށްޓަކާ ޕާޓީއާ ގުޅުނުމީހުން. މިހާރު ބާކީތިބި މީހުންނަކީ ބިރުދެއްކުމުގެ ތެރެއިން އިތުރުގޮތެއް ނެތިފަ ތިބިބައެއް. ބޯހަލާކު.
އަލީ
12 July 2017
މީހަކު ވަކިވާން އެދުނީމާ ވަކިނުކޮށް ބެހެއްޓުމުގެ ހައްގެއް ނޯންނާނެ. އެކަމަށް ބާރު ލިބޭ ގާނޫނީ ހަމައެއްވެސް ނެތް. މިއީ މުސްތަފާގެ ގޮޑި ގެއްލުވާލަން ކުރާ ކަމެއް.