ޚަބަރު / ސިވިލް ކޯޓް

ދަރަންޏެއް ނުދެއްކުމުން ފިހާރައެއްގައި ހުރި މުދާތަކެއް ނީލަމުގައި ވިއްކާލަނީ

ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިފި ނަމަ ދަރަނިވެރިޔާ އިލްފާސްކޮށް، މުދާ ވިއްކާލުމުގެ ބާރު ކޯޓަށް އޮވޭ --ފޮޓޯ/މިހާރު

ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކި މީހަކު އިފްލާސްކޮށް، އެ މީހާގެ ފިހާރައެއްގައި ހުރި މުދާތަކެއް ނީލަމުގައި ވިއްކާލަން ސިވިލް ކޯޓުން އިއުލާންކޮށްފި އެވެ.

މާލޭގައި ހިންގާ އާޝާ ޓެކްސްޓައިލް ފިހާރައިގައި ހުރި މުދާތަކާއި ފަރުނީޗަރުތައް ވިއްކާލަން ސިވިލް ކޯޓުން އިއުލާންކުރީ އަމިއްލަ ކުންފުންޏަކަށް ތިން ލައްކަ އަށް ވުރެ ގިނަ ޑޮލަރު ދައްކަން ސ. ހިތަދު އަށް ނިސްބަތްވާ މީހެއްގެ މައްޗަށް ހައި ކޯޓުން ކޮށްފައިވާ ހުކުމެއްގެ މައްސަލައިގަ އެވެ.

އެ ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން ވިއްކާލަން އިއުލާން ކޮށްފައިވާ މުދާތަކުގެ ތެރޭގައި ކާބޯތަކެއްޗާއި ކުޅޭ ސާމާނާއި ގޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި ބައެއް އިލެކްޓްރޯނިކް ސާމާނު ވެސް ހިމެނެ އެވެ. އަދި އެ ފިހާރައިގައި ހުރި ބައެއް ފަރުނީޗަރާއި އެތަނުގައި ގެންގުޅޭ ބައެއް އިލެކްޓްރޯނިކް ސާމާނުތައް ވެސް ވިއްކާލަން އިއުލާނުގައި ހިމަނާފައިވެ އެވެ.

އެ ފައިސާ ނުދެއްކި މައްސަލާގައި އެ މީހާ އަރުވާލަން ވެސް 2013 ގައި ސިވިލް ކޯޓުން ހުކުމްކުރި އެވެ.

މި ނީލަން ފެށޭ އަގަކީ ދެ ލައްކަ ރުފިޔާ އެވެ. ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ސިވިލް ކޯޓަށް ސިޓީ ހުށަހަޅަން ޖެހެ އެވެ.

ރަހުނު ނުހިމެނޭ ސާބިތު ދަރަނީ މުއާމަލާތްތަކުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދު ބުނާގޮތުން ހުކުމާ އެއްގޮތަށް ދަރަނި އަދާ ނުކޮށްގެން ފިޔަވަޅު އެޅުމުން ވެސް ދަރަނި އަދާ ނުކޮށްފި ނަމަ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ދަރަނިވެރިޔާ އިލްފާސް ކުރެވޭނެ އެވެ. އިފްލާސް ކުރާއިރު ދަރަނިވެރިޔާގެ މިލްކުގައި ހުރި ތަކެތީގެ ތެރެއިން ދަރަނި އަދާ ކުރެވޭ މިންވަރުގެ ތަކެތި ވިއްކާލުމުގެ ބާރު އެ ގަވާއިދުގެ ދަށުން ކޯޓަށް އޮވެ އެވެ.

ދަރަނީގެ އެހެން މައްސަލައެއްގައި ސަފާރީއެއް ވިއްކާލަން ވެސް ސިވިލް ކޯޓުން ކުރިން އިއުލާންކުރި އެވެ.

9 ކޮމެންޓް, 56 ރިއެކްޝަންސް

icon happy icon happy 61%
icon sad icon sad 36%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޕާ ހަސަންދީދީގެ އަލީ އިބްރާހީމް

18 July 2017

އެއް ޒަމާނެއްގަ ޗާންދަނީމަގުގެ ސިންގަޕޫރު ބާޒާރު ގެ ބޮސް.ވަރަށް ދެރަގޮތެއް މިދިމާވީ.

The name is already taken The name is available. Register?

ބުގެ ޖަލީލް

18 July 2017

4.6 މިލިއަން ރުފިޔާ ނުދެއްކިގެންތަ ތިޔަ ފިހާރަ ނީލަންކިޔަނީ.

The name is already taken The name is available. Register?

ބުގެ މުހުއްމާދީ

17 July 2017

ތިއާއިލާ އެންމެންނަކީވެސް އިނގިރޭސިން ފައިބައިގެންދިއުމުން މާލޭގަ ވިޔަފާރިފަށާ އެދުވަސްވަރުގެ މަހުޖަނުން. އެކަމަކު މިހާރު އެއީ މާޒީ.

The name is already taken The name is available. Register?

އަބްލާހި

17 July 2017

ދަރަންޏަށް ވަނީ މިލިއަނުން ތިރީގެ ޢަދަދުތައް ދޯ؟؟ މިސާލަކަށް ބަލާނަމަ ރިޔާޒް ރަޝީދު ދައްކަން ޖެހޭ އެތަށް މިލިއަން ޑޮލަރަކީ ކޮން ނަމެއް ކިޔާ އެއްޗެކޯ؟؟؟ ޤާސިމް އަށް ބިރު ދެއްކީ 100 މިލިއަން ޑޮލަރުގެ ދަރަނީގެ ވާހަކަ ސަރުކާރަށް ތާޢީދު ކުރީމަ ކިހިނެއް ވީ އޯ؟؟ ބޯ ހަލާކު

The name is already taken The name is available. Register?

ބުގެ އަހަންމާދީ

17 July 2017

މިދެން ވަރަށް ދެރަކަމެއް.

The name is already taken The name is available. Register?

އަހުމަދުބެ

17 July 2017

ޑްރަގް ވިޔަފާރި ކުރާމީހުން ގެ މުދާ އަދި ފައިސާ ނުހިފެހެއްޓެއެވެ.

The name is already taken The name is available. Register?

Gan Island

17 July 2017

މި މައްސަލައިގަ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ގެ ތަފުސީލް ނެތް ކަމުން ލިއުމުގައިވާ ގޮތަށް ބަލާނަމަ މިހުކުމަކީ ދައުވާ ކުރި ފަރާތަށް އޭނާގެ ހައްޤު ލިބުމަށް ފަހިވާ ގޮތަށް ކޮށްފައިވާ ހުކުމެއްކަމާއި މެދުގައި ސުވާލު އުފެދޭ. . . . އާޝާ ޓެކްސްޓައިލް ފިހާރައިގައި ހުރި މުދާތަކާއި ފަރުނީޗަރުތައް ވިއްކާލަން އިއުލާންކޮށް ''ނީލަން ފެށޭ އަގަކީ ދެ ލައްކަ ރުފިޔާ'' ކަމަށް ބުނެފައިވާތީ ''ފިހާރައިގަ ހުރި މުދަލުގެ އަގުން ދަރަނި އަދާ ނުކުރެވޭނެ'' ކަން ގާތްގަނޑަކށް ޔަޤީން ކުރެވޭ. . . އަޑުއިވޭ ގޮތުން ތިޔަ ފިހާރައަކީ ''ތިން ލައްކަ އަށް ވުރެ ގިނަ ޑޮލަރު ދައްކަން ސ. ހިތަދު އަށް ނިސްބަތްވާ މީހާ'' ގަ އަމިއްލަ އިމާރާތެއް. . . . އެހެން ކަމަށް ވާނަމަ ކޯޓުން ކީއްވެގެންތޯ އަދުލުވެރި ގޮތަކަށް ތިޔަ މައްސަލަ ނިންމުމަށް އޮތް ފުރުސަތުގެ ބޭނުން ނުކުރެއްވޯ ؟؟؟ !! . . މާލޭގެ ކުލި ވަކިން ހާއްސަކޮށް ޗާދަނީ މަގުގެ ފިހާރައެއްގެ ކުށްޔަށް ބަލާ އިރު 3 ލައްކަ ޑޮލަރު ތިތަން ކުއްޔަށް ދީގެން ހޯދުމަކީ ވަރަށް ފަސޭހަ ކަމެއް. . . . އެހެން ކަމުން 4 ނުވަތަ 5 އަހަރު ދުވަހަށް އެންމެ މަތީ ކުއްޔެއް ހުށަހަޅާ ފަރާތަކަށް ތިޔަ އިމާރާތް ކުއްޔަށް ދޭން ނިންމި ނަމަ ތިއަށްވުރެން އިންސާފުވެރި ނިންމުމެއްކަމަށް ޤަބޫލު ކުރެވޭނެ. އަދި މިދެންނެވި ގޮތަށް ކުއްޔަށް ހިފާ ފަރާތަކުން ތަނުގައި ހުރި މުދާ އަގު ކުރުމަށްފަހު ނަގާންޖެހޭ ގޮތަށް ޝަރުތު ކުރެވިދާނެ. . . . ''ރަހުނު ނުހިމެނޭ ސާބިތު ދަރަނީ މުއާމަލާތްތަކުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދު ބުނާގޮތުން ހުކުމާ އެއްގޮތަށް ދަރަނި އަދާ ނުކޮށްގެން ފިޔަވަޅު އެޅުމުން ވެސް ދަރަނި އަދާ ނުކޮށްފި ނަމަ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ދަރަނިވެރިޔާ އިލްފާސް ކުރެވޭނެ'' ކަމަށް އޮތް ޤަވާއިދު މިއަށްވުރެން ފުޅާކޮށް މާނަ ކުރެވެންޖެހޭނެ. . . . އަދި ''ތަކެތި ވިއްކާލުމުގެ ބާރު އެ ގަވާއިދުގެ ދަށުން ކޯޓަށް ލިބޭ ކަމުގައިވާނަމަ'' އޭނާގެ ޕްރޮޕަޓީ ބޭނުންކޮށް ދަރަނި އަދާ ކުރެވެން އޮތް ހުރިހާ ގޮތެއް ބެލުމުގެ ބާރު ކޯޓް ތަކަށް ލިބެދޭ.

The name is already taken The name is available. Register?

ރުޅިގަދަމީހާ

17 July 2017

އިމާރާތް ހުރީ ބެންކަށް މޯގޭޖު ކޮށްފައި ކަމަށްވެއްޖެނަމަ ތިބުނާ ގޮތެއް ނެހޭދޭނެތާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454