ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ފާރިސް މައުމޫން ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ
18 ޖުލައި 2017 - 12:44
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދޮށީ ދަރިކަލުން، ފާރިސް މައުމޫނަކީ ހިތްވަރު ގަދަ ބޭފުޅެއް ކަމަށާއި ބިރެއް ނުގަންނާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅި ކަމަށް ފާރިސްގެ މައްޗަށް ތުހުމަތުކޮށް، އެކަމާ ގުޅޭ ހެއްކާއި ގަރީނާ ހޯދަން ފުލުހުން މިއަދު އަންނަނީ އޭނާ ދިރިއުޅުއްވާ ގެ ފާސްކުރަމުންނެވެ.
MP @afarismaumoon is strong,smart,tenacious and won't be intimidated.Prez Yameen highlighting his desperation by going after his own nephew
— Mohamed Nasheed (@MohamedNasheed) July 18, 2017
އެކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާރިސްއަކީ "ހިތްވަރު ގަދަ، ސްމާޓް، އަދި ގޮތުގައި ހުންނަވާ ބޭފުޅެއް" ކަމަށެވެ. އަދި ބޮޑުބޭބެ ވިދާޅުވާ ކޮއްކޮގެ ފަހަތްޕުޅުން ރައީސް އަބްދުﷲ ޔާމީން މިހާރު އެ ވަޑައިގަންނަވަނީ ގޮތް ހުސްވެގެން ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދުގެ މި ބަސްފުޅަށް މައުމޫން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
މައުމޫން ވިދާޅުވީ ފާރިސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށްޓަކައި ކަމަށާއި ސާބިތުކަން މަތީ ދެމިހުންނަވާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމަލުތަކާ މެދު ރައްޔިތުން ބިރު ނުގަތުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
"ބާތިލް ދެމިއެއް ނޯންނާނެ. ގުރުއާނުގައި މާތް ﷲ ވަހީކުރެއްވީ ބާތިލަކީ ނެތިވެ، ފިލައިދަނިވި އެއްޗެއް ކަމުގައި،" މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
އެމަނިކުފާނު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ހުރިހާ ޑިކްޓޭޓަރުންގެ ނިމުން ވެސް ވަރަށް ހިތިވާނެ ކަމަށާއި ތާރީޚުން އެކަން އެނގޭ ކަމަށެވެ.
ފާރިސް ދިރިއުޅުއްވާ ގެ ބަލައި ފާސްކުރަން ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ސޮއިކުރައްވައި ރޭ 8:30 ގައި ނެރުއްވި އަމުރުގައި ބުނެފައި ވަނީ ފާރިސްއާ ދެކޮޅަށް އިންޓެލިޖެންސްގެ ސިއްރު މައުލޫމާތާއި ހެއްކެއްގެ ހެކި ބަހާއި ފޯނުން ފެނިފައިވާ މެސެޖްތަކުގެ ތަފްސީލާއި މައްސަލައާ ގުޅުން ހުރި ވީޑިއޯއެއްގެ އޯޑިއޯ ސްކްރިޕްޓް ލިބިފައިވާ ކަމަށެވެ.
Baathil dhemieh noannaane. Qur'an gai Maaiy Allah wahi kurevvi. "Hama kashavarun baathilakee nethive filaidhanivi echcheh kamugai vieve."
— Maumoon Abdul Gayoom (@maumoonagayoom) July 18, 2017
ފާސްކުރަން ބޭނުންވާ ތަކެތީގެ ތެރޭގައި ފާރިސްގެ ލެޕްޓޮޕާއި ޗެކު ފޮތްތަކާއި ބޭންކްތަކަށް ހުށަހަޅާ ލިޔުންތަކާއި ސްޓޯރޭޖް ޑިވައިސް އާއި ރިޝްވަތުގެ މައްސަލައާ ގުޅޭ އެހެނިހެން ތަކެތި ހިމެނޭ ކަމަށް އަމުރުގައިވެ އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޕީޕީއެމްގެ 10 މެމްބަރަކު ސޮއިކުރައްވައި އެ ޕާޓީން ވަނީ ވަކިވެވަޑައިގެންފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮގެއްތަ؟
19 July 2017
ފާރިސް ވަރުގަދައޭ ބިރެއް ނުގަންނާނެއޭ. ބިރުން އިސްތިޢުފާ އެއް ނުދޭނޭ.
ސިދުގީ
18 July 2017
ނަސީދު ތިހެން ބުނެފިތަ ފާރިސްގެ ޒަމާން ތިޔަދިޔައީ
ޚޔ
18 July 2017
ކިހިނެއްތަ މީހެއްގެ އެޕާޓްމަންޓެއް އެމީހާގެ ޢައިރުހާޒިރުގަ ބަލާފާސް ކުރެވެނީ؟ މީ އަރަތެއްތަ؟
ނައުބެ
18 July 2017
ނަޝިދު އެވިދާޅުވީ ތެދުފުޅެއް... ފާރިޝްއަކީ ވަރަށް ހިތްވަރުގަދަ ވިސްނުން ތޫނުފުޅު ބޭފުޅެއް... ސިޔާސީ ރަގަޅު މުސްތަގުބަލެއް އޮތް ބޭފުޅެއް... އަހްލާގު ރަގަޅު ކެރޭ ބޭފުޅެއް... ހިޔާލު ތަފާތުވުންތައް ހުއްޓަސް އެކަންތައްތައް އެއްކިބާ ކުރުމަށް ފަހު ގައުމީ ވިސްނިމުގައި ކޮންމެ ފަދަ މީހަކާއި ވާހަކަ ދެއްކޭނެ ފަދަ ޝަހުސިއްޔަތެއް ހުރި ބޭފުޅެއް އެއީ... އެހެންވެ ދަރުބާރުގެ ފެކްޝަން ފާރިޝް ފަހަތުން އެއުޅެނީ...
މަނިކު
18 July 2017
ދަރުބާރުގެ ފެކްޝަން ފުޑެނީ.... ލާރި ގޯނިތައް ބޮލު ޖަހައިގެން ފިލަން ދުވަން ތައްޔާރުވޭ
މަގޫ ހުސައިން
18 July 2017
ވައްކަމާއި ކަރެޕްޝަން ނައްތާލެވޭނީ ހިތްވަރު ހުރެގެން... ފާރިޝް ތިމަސައްކަތުގައި ސާބިތުވެ ހުންނަވާތި... އަޅުގަނޑުމެން މިތިބީ ކޯލިޝަންއާއި އެކު... ސާބަސް ފާރިސް
ކެޔޮޅު އަލިބެ
18 July 2017
ދެން ތިފެނެށެނީ ފަހު ތަޅާލުން ގަޑު... ދަރުބާރުގެ ފެކްޝަން ޖެހޭނީ ހަމަ މަހަށް ދާން... ފާރިޝްއަކީ ހިވަރުގަދަ އެމް.ޕީ އެއް... ދިވެހި ގައުމު ފާރިޝްއަށް ތައުރީފް ކުރޭ... ސާބަހޭ ފާރިޝް ތިކުރާ ހިތްވަރަށް
ސިންގާ ދިދީ
18 July 2017
ފާރިޝް އަކީ ހިތްވަރު ހުރި ޒުވާންކަމުގެ ޖޯޝުހުރި އެމް.ޕީ އެއް.... އަދި ތިލާ ގޮޅިއަކުން ހިތަށް ނާރާނެ ރާނގޮޑިއެކޭ ވެސް... ދަރުބާރުގެ ފެކްޝަން ޖެހޭނީ ހަމަ ފަހަތަށް ޖެހި، ފިލަން ހޮހަޅައެއް ފެނޭތޯ ބަލަން... އެދުވަސް ވަރަށް ކައިރި ވެއްޖެ... އަދުރޭ އަށް ވަރަށް ސަލާމް
އިބްރާހިމް
18 July 2017
ތިޔަ ޑްރާމާ ކުޅެނީ ނަޝީދު، ޔާމީން އަދި މައުމޫނު ގުޅިގެން! ބޭނުމަކީ އައިލީ ވެރިކަމެއް ފެށުން! އަދި ނަޝީދު ސަލާމަތް ވުން!
ޙުސޭނު
18 July 2017
އެކަމަކު މަނިކުފާނަކީ ފިނޑި ބޭފުޅެއް. މިހާރުވެސް ތި ހުންނެވީ ފިލާ،