ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓޫރިސްޓުންތަކެއް ދަނީ: އެއާޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ތިޖޫރީ ވަނީ ވަގަށް ނަގައިފަ.-- މިހާރު ފޮޓޯ
22 ޖުލައި 2017 - 12:27
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ތިޖޫރީ ވަގަށް ނަގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިޖޫރީ ވަގަށް ގެންދިޔަ މައްސަލަ އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގުކުރަމުން އަންނާތީ އިތުރު ތަފުސީލެއް ދެވެން ނެތްކަމަށް ފުލުހުން ބުންޏެވެ.
ތިޖޫރީ ވަގަށް ގެންދިޔައީ ކޮން އިރަކު ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.
އެނގިފައިވާގޮތުގައި ތިޖޫރީ ވަގަށް ގެންދިޔައިރު އޭގެ ތެރޭގައި ދެ ލައްކައެއްހާ ރުފިޔާ ހުންނާނެ އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤައުމުގެދޫ
23 July 2017
މިޤައުމުގައި މިކުޅެނީ އޮމްރިޝަޕޫރީގެ ފިލްމުގެ ކޮޕީއެއް
މިތުރު
23 July 2017
ތިތަނުގެ ދިގު ތާރީހް ބައްލަވައިލައްވަ ބަލަ ތިކަހަލަ ކަމެއް ހިގީ ކޮން ދުވަހަކު ތޯ މިހާރު ތިތަނުގެ ސިކްރިޓީ މިހާރު ކުރަނީ ކޮންބައެއްތޯ އޭ ؟؟؟؟؟؟؟؟؟؟؟؟؟؟؟؟
13
23 July 2017
މީ މިހާރުއާކަމެއްނޫން އެއްދުވަހު ފެނަކަ އަނެއްދުވަހު އެންޕީއެލް އަނެއްދުވަހު ސްޓެލްކޯ އެމީހަކައް ނެގުނުވަރެއް އޯކޭ ބޮޑުއަދަދެއްވިއްޔާ ކާކުބަލާނީ
ވަރުގަދަމީހާ
23 July 2017
ތިތާގެ ސެކިއުރިޓީ ސިސްޓަމްގެ ޙާލަތު ތިތާދަށްނަމަ އެހެންކަތައްތައް ހުންނާނީ ކޮންހާލެއްގައިބާއޭ ހިތަށް އަރާ އަދި ތިތާގެނަން ސުޕަރ އިންޓަރނޭޝަނަލް އަށް ބަދަލުކުރަން ފެނޭ
ވިސްނާ
23 July 2017
ލަޑަޔާއި ވާނީ ލަޑަޔާ ވީމާ، ގެއްލޭނެ މައްސަލައެއް ނޫން!!!!!!!
ޝުގާ
22 July 2017
ޑިސަޕޮއިންޓެޑް. ލަގޮނޑި ވެސް ވަގަށް ނަގާ ހިސާބުގަ ސެކިޔުރިޓީ ތިއޮތީ. އެހެންނު؟
މަރޭމިތުރާ
22 July 2017
ތިތަންތަނުގެ ސެކިއުރިޓީންނަށް ބަންގާޅުންލީމަވާނީ ތިހެން.
ޙަލަބު
22 July 2017
ސެކިރިޓީ އެމެރާ ގޮސް އިނީ ޑިގުކުޅެން.
ދިވެހި މީހާ
22 July 2017
ގަރުނުގެ ބޮޑު ޖޯކު.... ޙިނި އަންނަނ
ސްމިތް އަންޑާ ގްރޭވް
22 July 2017
މައި ދޮރޯށި ބަލަހަށްޓަން ޖީއެމްރ ބެހެއްޓީމަ މާރަގަޅުވާނެ
ރައުތިއައިނެން
22 July 2017
ފުލައިޓެއް ގެއްލުވާނުލާތި.